ވައި ނުސާފުވުމުގެ މައްސަލަ ބޮޑުވެފައިވާ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެ މައްސަލައަށް ހައްލު ހޯދަން އަޅާ ފިޔަވަޅެއްގެ ގޮތުން، ދުވަސްވީ ކާރުތަކަށް ތެޔޮ އަޅައިދިނުން މިއަދުން ފެށިގެން މަނާކޮށް އޭގެ ވެހިކަލެއް ފެނިއްޖެ ނަމަ ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
ވައި ނުސާފުވުމުގެ މައްސަލަ ބޮޑުވެފައިވާ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެ މައްސަލައަށް ހައްލު ހޯދަން އަޅާ ފިޔަވަޅެއްގެ ގޮތުން، ދުވަސްވީ ކާރުތަކަށް ތެޔޮ އަޅައިދިނުން މިއަދުން ފެށިގެން މަނާކޮށް އޭގެ ވެހިކަލެއް ފެނިއްޖެ ނަމަ ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
އެންމެ ބޮޑަށް ވައި ތަޣައްޔަރު ވެފައިވާ ވެރިރަށްތަކުގެ ލިސްޓުގައި ހިމެނޭ ދިއްލީގައި ކޮންމެ ފިނި މޫސުމެއްގައި މި މައްސަލަ ވަކިން ބޮޑުވެ އެވެ.
ފުއްޕާމޭގެ ޒަރިއްޔާއިން ލޭގެ ތެރެއަށް ވަދެ، ކެންސަރު ޖެހުމަށް މަގުފަހިކުރުވާ މައިކްރޯޕާޓިކަލްސް ކަމަށްވާ ޕީއެމް 2.5 ޕޮލިއުޓެންޓްސްގެ މިންވަރު ކިއުބިކް މީޓަރަކަށް 907 މައިކްރޯގްރާމަށް ދިއްލީގައި މިދިޔަ އަހަރު އެރި އެވެ. މިއީ ރައްކާތެރިކަމުގެ އެންމެ ދަށް މިންގަނޑަށްވުރެ 60 ގުނަ ގުނަ ގޯސް މިންވަރެކެވެ.
ދިހަ އަހަރުވީ ޑީސަލް ކާރާއި 15 އަހަރުވެފައިވާ ޕެޓްރޯލް ކާރު މަގުތަކުގައި ދުއްވުން މިހާރު ވެސް މަނަލެވެ. އެކަމަކު މި ގަވައިދާ ހިލާފަށް ވެހިކަލް ދުއްވުމަކީ އާންމު ކަމަކަށް ވަނީ ވެފަ އެވެ.
ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެފަދަ ހަ މިލިއަނަށް ވުރެ ގިނަ ވެހިކަލް އެ ސިޓީގެ މަގުތަކުގައި ދަނީ ދުއްވަމުންނެވެ. އެހެންވެ މި ވެހިކަލްތައް ދުއްވުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން، ފިއުލް ޝެޑްތަކުން މީގެ ވެހިކަލްތަކަށް ތެޔޮ އަޅައިދިނުން މަނާކުރަން މި އަހަރުގެ ކުރީކޮޅު އޮތީ އިއުލާނުކޮށްފަ އެވެ. އަދި އެ ނިންމުމަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
މިކަން ތަންފީޒުކުރުމުން ފިއުލް ޝެޑްތަކުގެ ކައިރީގައި ފުލުހުންނާއި މުނިސިޕަލް މަސައްކަތްތެރިން ހަރަކާތްތެރިވަމުން ދާނެ އެވެ. އަދި އޮޓޮމެޓިކުން ނަމްބަރު ޕްލޭޓް ރީޑުކޮށް އެ ވެހިކަލެއްގެ އުމުރު ސްޕީކަރުން ބާރަށް އިވޭނެ ގޮތް ވަނީ ހަދައިފަ އެވެ.
"މީގެ ވެހިކަލެއް ތެޔޮ އަޅަން އަތުވެއްޖެ ނަމަ ކާރު ނައްތާލުމުގެ މަސައްކަތްކުރާ މީހުންނަށް ގުޅައިގެން ގެނައުމަށް ވަނީ އަންގާފައި،" ފިއުލް ޝެޑެއްގައި ހުރި ޓްރެފިކް ފުލުހަކު ބުންޏެވެ.
މި އުސޫލު ނޮވެމްބަރު މަހުން ފެށިގެން، ދިއްލީގެ ވަށައިގެން ހުރި ސިޓީތަކުގައި ވެސް ހިނގާނެ އެވެ. މި ސިޓީތަކުގެ އާބާދީ 32 މިލިއަނަށް އަރަ އެވެ.
ލާންސިޓް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވަނީ 2019 ވަނަ އަހަރު އިންޑިއާގައި، ޒުވާން އުމުރުގައި މަރުވި މީހުންގެ ތެރެއިން 1.67 މިލިއަން މީހުންނަކީ ވައި ތަޣައްޔަރު ވުމާ ގުޅިފައިވާ މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށެވެ. -- އޭއެފްޕީ
ދިއްލީގައި 15 އަހަރުވީ ކާރަށް ތެޔޮ އަޅައިދިނުން މަނާ
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
ކޮރޯނާވައިރަހާ ހެދި ވައި ސާފުވަނީ؛ އެއްވަނަ ދިއްލީއަށް
ދިއްލީގެ ވައި ތަޣައްޔަރުވާތީ ލިއޮނާޑޯގެ ކަންބޮޑުވުން
ކުނި އެންދުން ނޫންގޮތެއް ނެތް: އިންޑިއާގެ ދަނޑުވެރިން
ދިއްލީއާ ކައިރި ހިސާބުތަކުގައި ކުނި އެންދުން މަނާ!
ދިއްލީ އަކީ ގޭސް ޗެމްބަރެއް، މިލިއަން މާސްކް ބަހައިފި