04 ސެޕްޓެމްބަރ 2021
ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވުމަކީ ކުޑަކުދިން އާދަޔާހިލާފަށް ފަލަވާން މެދުވެރިވާ ސަބަބެއް ކަމަށާއި އެކަމާ ހެދި ކުޑަކުދިންނަށް ނޭވާހިއްލުމުގެބައްޔާ ވެސް ކުރިމަތިލާން ޖެހޭ ކަމަށް އިންޑިއާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ
ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވުމަކީ ކުޑަކުދިން އާދަޔާހިލާފަށް ފަލަވާން މެދުވެރިވާ ސަބަބެއް ކަމަށާއި އެކަމާ ހެދި ކުޑަކުދިންނަށް ނޭވާހިއްލުމުގެބައްޔާ ވެސް ކުރިމަތިލާން ޖެހޭ ކަމަށް އިންޑިއާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ
ވައި އެންމެ ނުސާފު ސިޓީގެ ކަމަށްވާ ނިއު ދިއްލީ ހިމެނޭ އިންޑިއާގެ މި ދިރާސާގައި ބުނެފައިވާ ގޮތުގައި ދިގު މުއްދަތަކަށް، ނުސާފު ވައިގެ ތެރޭގައި ކުޑަކުދިން އުޅޭ ނަމަ އެ ކުދިންނަށް ނޭވާހިއްލުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު 97 ޕަސެންޓަށް ބޮޑުވެ އެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ނުސާފު ވައިގެ ތެރޭގައި ކުޑަކުދިން ދިރިއުޅެން ޖެހުމުން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ކުދިން އާދަޔާހިލާފަށް ފަލަވާން ފެށުމުވެ. އެހެންވެ ކުދިންނަށް ދުޅެހެޔޮ މުސްތަގުބަލެއް ހޯދައި ދެވޭނީ ކުދިން އުޅޭ މާހައުލަކީ ސާފު ވައި ލިބޭ ތަނަކަށްވެގެން ކަމަށް ބުންޏެވެ.
Children in Delhi are more vulnerable to #asthma and allergic symptoms due to the increasing #Airpollution. 1 in 3 Delhi adolescents reports airway obstruction due to air pollution. Read more: https://t.co/n7Ey5CZyIh pic.twitter.com/iewLDjNvIn
— Lung Care Foundation (@icareforlungs) September 3, 2021
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނުސާފު ވައިގެ ތެރޭގައި ދިގު މުއްދަތަކަށް އުޅުމަކީ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބެކެވެ. އަދި މިކަމުގެ ނުރައްކާ ކުޑަކުދިންނަށް ވަކިން ބޮޑެވެ.
އިންޑިއާގެ ލަންގް ކެއާ ފައުންޑޭޝަނާއި ޕަލްމޯކެއާ ރިސާޗް އެންޑް އެޑިއުކޭޝަން ގުޅިގެން ދިއްލީ އާއި ދެކުނުގެ ދެ ސިޓީއެއް ކަމަށްވާ ކޮއްޓަޔަމްގެ އިތުރުން މައިސޫރޫގެ ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންގެ ސިއްހީ ހާލަތު ވަޒަންކޮށްގެން ހަދާފައިވާ ދިރާސާ އިން ދައްކާ ގޮތުގައި ދެކުނުގެ ދެ ސިޓީގެ ދަރިވަރުންނަށް ވުރެ ދިއްލީގެ ދަރިވަރުންނަކީ އުމުރާއި އިސްކޮޅަށް ވުރެ ބަރު ކުދިންނެވެ. އެގޮތުން ދިއްލީގެ ނިސްބަތް އުޅެނީ 39.8 ޕަސެންޓްގަ އެވެ. ދިއްލީއާ އަޅާބަލާ އިރު ވައިގެ ސާފުކަން ބޮޑު އަނެއް ދެ ސިޓީގެ ކުދިން އާދަޔާހިލާފަށް ފަލަވުމުގެ ނިސްބަތް އުޅެނީ 16.4 ޕަސެންޓްގަ އެވެ.
An alarming 29.3% of Adolescent Delhi schoolchildren were found to have Asthma or Airflow obstruction. We need to act for clean air for better health now! @HCWHGlobal @DrMariaNeira @airqualityindia @MoHFW_INDIA @drharshvardhan #CleanAirForAll #AirPollution #IcareForLungs https://t.co/nuh6cJLFB2
— Lung Care Foundation (@icareforlungs) September 3, 2021
ދިރާސާ އިން އިތުރަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި އިންޑިއާގެ އެހެން ސިޓީތަކުގެ ކުދިންނަށް ވުރެ ދިއްލީގެ ކުދިންނަށް ނޭވާހިއްލުމާއި އެލަޖީ ފަދަ މައްސަލަތައް ވެސް ކުރިމަތިވާލެއް ބޮޑެވެ.
މި ދިރާސާ އަށް އިޝާރާތްކުރައްވައި ލަންގްކެއާ ފައުންޑޭޝަންގެ ފައުންޑަ ޓްރަސްޓީ ޑރ. އަރުވިންދު ކުމާރު ވިދާޅުވީ މިއީ ދިރިއުޅޭ މާހައުލުގެ ވައި ސާފުވުން ކިހާ މުހިއްމުކަން އަންގައިދޭ ކަމެއް ކަމަށެވެ.
"އެހެންވީމަ މިކަމަށް ލޯ ހުޅުވައި އެބަޖެހޭ ކުރިއަށް އޮތް ޖީލުގެ ދުޅަހެޔޮކަމަށްޓަކައި ކުޑަކުދިންނަށް ވައި ސާފު ވެއްޓެއް ހޯދައިދޭން." އޭނާ ވިދާޅުވި އެވެ.
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
އިސްކޮޅާ ފަލަވުމާ ގުޅުން ހުރި ކަމަށް ބުނާ ދިރާސާއެއް
ކޮރޯނާވައިރަހާ ހެދި ވައި ސާފުވަނީ؛ އެއްވަނަ ދިއްލީއަށް
އިންޑިއާ އެހީގައި، ފަހު 2 ދިވެހިން ވޫހާނުން ނެރެދީފި
ދިއްލީގެ ވައި ތަޣައްޔަރުވާތީ ލިއޮނާޑޯގެ ކަންބޮޑުވުން
ކުނި އެންދުން ނޫންގޮތެއް ނެތް: އިންޑިއާގެ ދަނޑުވެރިން
ދިއްލީއާ ކައިރި ހިސާބުތަކުގައި ކުނި އެންދުން މަނާ!
ދިއްލީ އަކީ ގޭސް ޗެމްބަރެއް، މިލިއަން މާސްކް ބަހައިފި