18 ނޮވެމްބަރ 2024
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައި އޮންނަ މިންގަނޑަށްވުރެ 60 ގުނަ އިތުރަށް ވައި ނުސާފުވެ ނުރައްކާ ހާލަތަކަށް ދިއުމުން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައި އޮންނަ މިންގަނޑަށްވުރެ 60 ގުނަ އިތުރަށް ވައި ނުސާފުވެ ނުރައްކާ ހާލަތަކަށް ދިއުމުން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށައިފި އެވެ.
ނުސާފު ވައިގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު މަރުވެ، އަދި ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ސިއްހަތަށް ނުރައްކާވަމުން ދާތީ އިންޑިއާ ސަރުކާރުން ވަނީ މައްސަލަ ހައްލުކުރުމަށް އެތައް ފިޔަވަޅެއް އަޅައިފަ އެވެ. އެކަމަކު މައްސަލަ ހައްލު ނުވެ މި އަހަރު ވެސް އިތުރަށް ގޯސްވީ އެވެ.
ފުއްޕާމޭގެ ޒަރިއްޔާއިން ލޭގެ ތެރެއަށް ވަދެ، ކެންސަރު ޖެހުމަށް މަގުފަހިކުރުވާ މައިކްރޯޕާޓިކަލްސް ކަމަށްވާ ޕީއެމް 2.5 ޕޮލިއުޓެންޓްސްގެ މިންވަރު މިއަދު ހެނދުނު ކިއުބިކް މީޓަރަކަށް 907 މައިކްރޯގްރާމަށް އަރާފައިވާ ކަމަށް އައިކިއުއެއާ ޕޮލިއުޝަން މޮނިޓަރުން ދައްކަ އެވެ. ނުރައްކާ މިންވަރު ކަމަށް ޑަބްލިއުއެޗްއޯއިން ބަލަނީ 24 ގަޑިއިރުގެ ތެރޭގައި 15 އިން މައްޗަށް އެރުމުންނެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ނުސާފުގެ ތަޣައްޔަރު ވެފައި. -- ފޮޓޯ: އޭއެފްޕީ
ވަކިވަކި މޮނިޓަރިން ސްޓޭޝަންތަކުން ޕީއެމް 2.5 ޕޮލިއުޓެންޓް 980 ގައި ރެކޯޑް ކުރެވިފައިވެ އެވެ. މިއީ ޑަބްލިއުއެޗްއޯގެ އެންމެ މަތީ މިންވަރަށް ވުރެ 65 ގުނަ އިތުރު މިންވަރެކެވެ.
ދަނޑުވެރިން އެކި ބޭނުންތަކަށް އަލިފާން ރޯކުރުމުންނާއި ފެކްޓްރީތަކާއި ޓްރެފިކް ދުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ވިހަ ދުމުގެ މައްސަލަ މި ދުވަސްވަރު ނިއު ދިއްލީގައި ވަރަށް ބޮޑުވެ އެވެ.
އިންޑިއާ ގޭޓް ކައިރީގައި، މިދިޔަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ނަގާފައިވާ ފޮޓޯ (ތިރީގައި) އަދި ހަމަ އެތަނުގައި މިއަދު ނަގާފައިވާ ފޮޓޯއެއް. -- އޭއެފްޕީ
ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ލަފާ ދެމުން ދާއިރު ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ. މިހެން ހެދުމުން ދަތުރުތައް މަދުވުމާ އެކު ވައިގެ ނުސާފުކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހަލެއް އަންނާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެ އެވެ.
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
ކޮރޯނާވައިރަހާ ހެދި ވައި ސާފުވަނީ؛ އެއްވަނަ ދިއްލީއަށް
ދިއްލީގެ ވައި ތަޣައްޔަރުވާތީ ލިއޮނާޑޯގެ ކަންބޮޑުވުން
ކުނި އެންދުން ނޫންގޮތެއް ނެތް: އިންޑިއާގެ ދަނޑުވެރިން
ދިއްލީއާ ކައިރި ހިސާބުތަކުގައި ކުނި އެންދުން މަނާ!
ދިއްލީ އަކީ ގޭސް ޗެމްބަރެއް، މިލިއަން މާސްކް ބަހައިފި
އިންޑިއާގެ ތަޣައްޔަރު ވައިން ރާއްޖެ ފުސްވެއްޖެ
ދިއްލީގެ ވައި ތަޣައްޔަރުވެ ނުރައްކާ ހާލަތަކަށް