05 ނޮވެމްބަރ 2019
ނިއު ދިއްލީ (ނޮވެމްބަރު 5) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، އާއްމުންގެ ދިރިއުޅުމަށް އުނދަގޫވުމާ ގުޅިގެން، ދިއްލީއާ ކައިރި ސަރަހައްދުތަކުގެ ދަނޑުތަކުގައި ކުނި އެންދުން މަނާކުރުމުގެ އަމުރެއް އެ ގައުމުގެ ސުޕްރީމް ކޯޓުން ނެރެފި އެވެ.
ނިއު ދިއްލީ (ނޮވެމްބަރު 5) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، އާއްމުންގެ ދިރިއުޅުމަށް އުނދަގޫވުމާ ގުޅިގެން، ދިއްލީއާ ކައިރި ސަރަހައްދުތަކުގެ ދަނޑުތަކުގައި ކުނި އެންދުން މަނާކުރުމުގެ އަމުރެއް އެ ގައުމުގެ ސުޕްރީމް ކޯޓުން ނެރެފި އެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ ވައި ނުސާފުވުން ހުއްޓުވުމަށް ސަރަހައްދީ ސަރުކާރުން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ނަތީޖާއަކަށް ވެގެން ދަނީ 20 މިލިއަން މީހުން ދިރިއުޅޭ ސިޓީގެ މީހުން ނުސާފު ވަޔަށް ނޭވާލުމުން އެ މީހުންގެ އުމުރު ކުރުވެ އެތައް ބަޔަކު މަރުވަމުންދިއުން ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ތަހުޒީބް މުޖްތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެކްޓިވިސްޓުންތަކެއް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.
ދަނޑުވެރިކަން ކުރުމަށް ފަހު، ދަނޑުތަކުން ކުނި އެންދުމަކީ މިހާރު ވެސް މަނާކަމެކެވެ. ނަމަވެސް ދަނޑުވެރިން ބުނެފައި ވަނީ ދަނޑުތައް ސާފު ކުރަން ކުނި އެންދުން ނޫން ގޮތެއް ނެތް ކަމަށެވެ.
ޓްރެފިކް ޕޮލިއުޝަން ދަށްކުރުމުގެ ގޮތުން، ހޯމަ ދުވަހުން ފެށިގެން ދިއްލީގެ މަގުތަކުގައި ދުއްވޭނީ، ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ހިރި ނުވަތަ އޮނަހިރި އަދަދުގެ ނަމްބަރު ޕްލޭޓް ހުރި ކާރުތަކެވެ. ފުރަތަމަ ދުވަހު ވެސް 1.5 މިލިއަން ކާރު ދިއްލީގެ މަގުތަކުން މަދުކުރެވުނު ކަމަށް ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވި އެވެ. ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް ވެސް މިހާރު ވަނީ ހުއްޓުވައިފަ އެވެ.
ދިއްލީގެ ވައިގެ ނުސާފުކަން މިހާރު ހުރީ ޑަބްލިއުއެޗްއޯ އިން ހުއްދަ ކުރާ މިންވަރަށް ވުރެ 40 ގުނަ އަށް ވުރެ ވެސް މަތީގަ އެވެ. ދިއްލީގެ އެޓްމޮސްފެރިކް ޕާޓިކިއުލާ މެޓާ (ޕީއެމް2.5) އާދިއްތަ ދުވަހު ހުރީ ކިއުބިކް މީޓަރަކަށް 1،000 މައިކްރޯގްރާމްގަ އެވެ. ސައްވީސް ގަޑިއިރަކަށް ބަލާ ނަމަ ޕީއެމް2.5 ލެވެލް ކިއުބިކް މީޓަރަކަށް 25 މައިކްރޯގްރާމަށް ވުރެ މަތިވެގެން ނުވާނެ އެވެ.
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
ކޮރޯނާވައިރަހާ ހެދި ވައި ސާފުވަނީ؛ އެއްވަނަ ދިއްލީއަށް
ދިއްލީގެ ވައި ތަޣައްޔަރުވާތީ ލިއޮނާޑޯގެ ކަންބޮޑުވުން
ކުނި އެންދުން ނޫންގޮތެއް ނެތް: އިންޑިއާގެ ދަނޑުވެރިން
ދިއްލީ އަކީ ގޭސް ޗެމްބަރެއް، މިލިއަން މާސްކް ބަހައިފި
އިންޑިއާގެ ތަޣައްޔަރު ވައިން ރާއްޖެ ފުސްވެއްޖެ
ދިއްލީގެ ވައި ތަޣައްޔަރުވެ ނުރައްކާ ހާލަތަކަށް