31 އޯގަސްޓް 2016
ނިއު ދިއްލީ (އޮގަސްޓް 31) - އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މިދިޔަ ހޯމަ ދުވަހުގެ ރޭ އިންޑިއާ އަށް ވަޑައިގެންނެވިއިރު ވެސް ވަރަށް ވިއްސާރަ އެވެ.
ނިއު ދިއްލީ (އޮގަސްޓް 31) - އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މިދިޔަ ހޯމަ ދުވަހުގެ ރޭ އިންޑިއާ އަށް ވަޑައިގެންނެވިއިރު ވެސް ވަރަށް ވިއްސާރަ އެވެ.
ކެރީގެ ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދުގެ އެއް އިވެންޓަކަށް އޮތީ ދިއްލީގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ދަރިވަރުންނާ މުޚާތަބު ކުރެއްވުމެވެ. ނަމަވެސް ވިއްސާރައިގައި ޖެހިގެން ކެރީ އަށް ވަޑައިގެންނެވުނީ އެއް ގަޑިއިރު ފަހުންނެވެ. ދަރިވަރުންނާ މުޚާތަބު ކުރައްވާ ކެރީ ވިދާޅުވީ "ތިޔަ ކުދިން މިތަނަށް އައި ގޮތް ނޭނގޭ" ކަމަށެވެ. އަދި މި ތަނަށް އަންނަން ބޯޓުތައް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
ދިއްލީގެ ފެންބޮޑުވެފައިވާ މަގަކުން ކާރުތައް ދުއްވަނީ: އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި ދިއްލީގެ ބޮޑު ހިސާބެއްގައި ވަނީ ފެންބޮޑުވެފައި. --ފޮޓޯ:އޭއެފްޕީ
ވިއްސާރަވުމުގެ ސަބަބުން ކެރީ ވަނީ ދިއްލީގެ މިސްކިތަކަށާއި ފައްޅިއަކަށް ކުރައްވަން އޮތް ތިން ޒިޔާރަތެއް މިއަދު ކެންސަލް ކުރައްވައިފަ އެވެ.
ހޯމަ ދުވަހުގެ ރޭ ދިއްލީ އަށް ކެރީ ވަޑައިގެން ފަސް ތަރީގެ ހޮޓަލަށް ވަޑައިގެންނެވިއިރު ވެސް ވިއްސާރައިގެ ސަބަބުން އެއް ގަޑިއިރު ޓްރެފިކުގައި މަޑުކުރައްވަން ޖެހިވަޑައިގަތެވެ. ކެރީއާ އެކު ދަތުރު ކުރެއްވި ނޫސްވެރިން ވެސް ވަނީ ޓްރެފިކުގައި ގިނައިރު މަޑުކުރަން ޖެހުމުން ފޫހިވެގެން ޓްވީޓްކޮށްފަ އެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް (ކ) އާ ޖޯން ކެރީ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ކެރީގެ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ އަސްކަރީ ގުޅުމާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖްއާ އިއްޔެ ބައްދަލު ކުރައްވާ ކެރީ ވަނީ ޕާކިސްތާނާއި ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ ބަޔާނެއް ދެއްވައިފަ އެވެ.
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
އިންޑިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ދިއްލީ އަކީ މިހާރު ގޭސް ޗެމްބަރެއް: ޗީފް މިނިސްޓަރު
ދިއްލީ ހެލްތު މިނިސްޓަރު ސްޕްރީމް ކޯޓުން ޖޫރިމަނާކޮށްފި
އިންޑިއާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
ދިވެހިންނަށް ފައިދާވާނެ ކަންތައްތަކެއް ކުރިއަށް ފެންނާނެ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ