އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް ޑީލަން ވާހަކަ ކިޔައިދޭ ފިލްމުގައި އޭނާގެ ރޯލް ކުޅެން ޒުވާން އެކްޓަރު ޓިމޮތީ ޝެލަމޭ އަށް ހުށަހަޅައިފި އެވެ.
10 ޖެނުއަރީ 2020
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް ޑީލަން ވާހަކަ ކިޔައިދޭ ފިލްމުގައި އޭނާގެ ރޯލް ކުޅެން ޒުވާން އެކްޓަރު ޓިމޮތީ ޝެލަމޭ އަށް ހުށަހަޅައިފި އެވެ.
ޑެޑްލައިމުން ބުނިގޮތުގައި ޖޭމްސް މެންގޯލްޑް ޑައިރެކްޓްކުރާ ފިލްމަށް 24 އަހަރުގެ އެކްޓަރަށް ހުށަހަޅައި، މަޝްވަރާތައް މިހާރު ކުރިއަށްދާ އިރު، އޭނާ ފިލްމަށް އެއްބަސްވާނެ ކަމަށް ބެލެވެ އެވެ.
ބޮބް ޑީލަންގެ ފިލްމު ޓިމޮތީ އަށް ހުށަހެޅި އިރު، އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑިއުން" އަދި "ދަ ފްރެންޗް ޑިސްޕެޗް" ހިމެނެ އެވެ. ދެހާސް ސަތާރައިގެ "ކޯލް މީ ބާއި ޔޯ ނޭމް" އިން އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރަށް ނޮމިނޭޓް ވެސް ޓިމޮތީ އެންމެ ފަހުން ފެނިފައި ވަނީ ޑިސެމްބަރު މަހު ރިލީޒްކުރި "ލިޓްލް ވިމެން" އިންނެވެ.
ރަސްމީކޮށް އަދި ނަން އިއުލާންނުކުރާ އެކަމަކު ވޯކިން ޓައިޓްލްއަކަށް "ގޮއިން އިލެކްޓިކް" ގެ ނަން ދީފައިވާ ފިލްމުގެ ތައްޔާރީތައްވަމުން އަންނަ އިރު، މި ފިލްމު ސީދާ ޑީލަންގެ ފަރާތުން ވެސް އެހީތެރިކަން ލިބޭނެ ކަމަށް ޑެޑްލައިނުން ބުންޏެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޑީލަންގެ މެނޭޖަރު ޖެފް ރޯޒެން ވެސް ހިއްސާވާނެ އެވެ.
ސާޗްލައިޓުން ޑިސްޓްރިބިއުޝަން ރައިޓްސް ހޯދާފައިވާ ފިލްމުގައި މިހާރު އުމުރުން 78 އަހަރުގެ ލަވަކިޔުންތެރިޔާގެ މިއުޒިކީ ދަތުރުގެ ވާހަކަ ކިޔައިދޭ އިރު، އޭނާގެ ކެރިއަރު ފެށިގެން އައި ގޮތާއި ފަހުން އާންމުންގެ މެދުގައި މަގުބޫލު ފަންނާނަކަށް ބަދަލުވެގެން ދިޔަ ދައްކުވައި ދޭނެ އެވެ. ހާއްސަކޮށް އޭނާގެ ގިޓާގެ ހުނަރަށް ވަކިން ބޮޑަށް އަލިއަޅުވާނެ އެވެ.
ބޮބް ޑީލަންގެ ވާހަކަ ސްކްރީނަށް ގެންނަން ޖޭމްސް ނިންމި އިރު، އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ ނޮވެމްބަރު މ،ަހު ރިލީޒްކުރި "ފޯޑް ވާސަސް ފެރާރީ" އެވެ.
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ޖަސްޓިންއަށް ކުރި ދެ ދައުވާއެއް އަނބުރާ ގެންގޮސްފި
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި
ޕީވީއާރް އިން ސިނަމާއެއް ހަދަން ބޭނުންވަނީ ރާއްޖޭގައި
"ހެރި ޕޮޓާ" ސީރީޒްގެ ލީޑު ކާސްޓު އިއުލާންކޮށްފި
ޑެމީ ލޮވާޓޯ ކެނެޑާގެ ލަވަކިޔުންތެރިޔަކާ ކައިވެނިކޮށްފި
ފައިނަލް ޑެސްޓިނޭޝަން ދައްކަނިކޮށް ސީލިންގު ވެއްޓިއްޖެ
ޓޮމް ކްރޫޒް މިހާރު ބޭނުންވަނީ ބޮލީވުޑް ފިލްމެއް ކުޅެން
މެޓް ގާލާގައި ޝާހު ބައިވެރިވެއްޖެ
ބޮލީވުޑަށް ޝޮކެއް؛ ޝާހު މާވެލްއާ ގުޅެނީ؟