Roadha Mihaaru
މާފުށި ޖަލުގައި ހަމަނުޖެހުންތަކެއް ހިންގައިިފި

މާފުށި ޖަލުގައި ހަމަނުޖެހުން ހިންގައި، ޕެޕާސްޕްރޭ ޖަހައިފި

05 ޖެނުއަރީ 2020

މާފުށީ ޖަލުގެ ގައިދީންތަކެއްގެ މެދުގައި ހަމަނުޖެންތަކެއް ހިންގުމުން، އެ ގައީދީން މައިތިރި ކުރަން ޕެޕަރާ ސްޕްރޭ މިއަދު ޖަހައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާފުށީ ޖަލުގެ ގައިދީންތަކެއްގެ މެދުގައި ހަމަނުޖެންތަކެއް ހިންގުމުން، އެ ގައީދީން މައިތިރި ކުރަން ޕެޕަރާ ސްޕްރޭ މިއަދު ޖަހައިފި އެވެ.

މާފުށި ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިންގި ކަމަށް އަޑު ފެތުރުނު ނަމަވެސް މޯލްޑިިވްސް ކަރެކްޝަނަލް ސާވިސް އިން ފަހުން ނެރުނު ބަޔާނެއްގައި ބުނީ ހަމަނުޖެހުން އުފެދުނީ ގައިދީންގެ މެދުގައި ކަމަށެވެ.

ޖަލުގައި ހަމަނުޖެހުން ހިންގީ، ތަހުގީގަށް ބަންދުކޮށްފައި ތިބި މީހުން ކަމަށާއި އެމީހުންގެ ޝަކުވާ އަކީ ބަންދުގެ މުއްދަތު ދިގުދެމިގެން ދިއުމާއި އެމީހުންގެ ބޭސްފަރުވާގެ އިންތިޒާމް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

"މިކަންތައްތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ވެސް ކަންބޮޑުވުންތަކެކެވެ،" ބަޔާނުގައި ވެ އެވެ.

ބަންދުގެ މުއްދަތު ޖަހާފައި ތިބިި މީހުންގެ ހާލަތު ބައްލަވައިލެއްވުމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ކަރެކްޝަނަލް ސާވިސަސްގެ އެހެން ބައެއް ވެރިން މިއަދު ޖަލަށް ޒިޔާރަތް ކުރެއްވި އެވެ. އޭގެ އިތުރުން ދެ ފުލުހަކު ވެސް މިއަދު ޖަލަށް ޒިޔާރަތް ކުރި ކަމަށާއި އެމީހުން ދިޔައީ ގައިދީއަކަށް އެހެން ގައިދީން އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެކަމަކު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ފުލުހުން ޖަލަށް ޒިޔާރަތްކުރީ ބައްދަލުވުމަކަށް ކަމަށާއި އޮޕަރޭޝަނަލް އެއްވެސް ކަމެއްގައި ޖަލުގައި ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ.

ޖަލުގައި ހަމަނުޖެހުންތަކެއް ހިނގާކަމުގެ އަޑުތައް މިދިއަ ހަފުތާގައި ވެސް އެރި އެވެ. އަދި އަނިޔާވެގެން ބައެއް ގައިދީންނަށް ފަރުވާ ދިން ކަމަށް ވެސް އަޑު ފެތުރުނެވެ. އެކަމަކު ކަރެކްޝަނަލް ސާވިސް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެ

މުނާޒްއާ ގުޅަން "މިހާރު"ން މިއަދު ވެސް މަސައްކަތްކުރި އެވެ. އަދި މެސެޖްކުރުމުން އޭނާ ވިދާޅުވީ މި ވަގުތު ހުންނެވީ ޖަލުގައި ކަމަށާއި ފަހުން މައުލޫމާތު ދެއްވާނެ ކަމަށެވެ.

އިއްޔެ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ގައިދީންގެ ފަރާާތުން އޮފިސަރުންނަށް އެކި ގޯނާތައް ކުރިމަތިވެ އެވެ. އެހެންކަމުން އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން ކުރާ މީހުންނަށް ވެސް ހެޔޮ ގޮތް ވިސްނައިދީ ރިހިބިލިޓޭޓްކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސް ދިނުމަކީ އެމްސީއެސްގެ އޮފިސަރުންގެ އަމާޒު،" މުނާޒްގެ ޓުވީޓްގައި ވިދާޅުވި އެވެ.