01 ޖެނުއަރީ 2020
އާސަންދަ ކުންފުނިން މިހާރު ހިންގާ ހުޅުމާލެ ހޮސްޕިޓަލް، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އާސަންދަ ކުންފުނިން މިހާރު ހިންގާ ހުޅުމާލެ ހޮސްޕިޓަލް، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ސިއްހީ އިންޝުއަރެންސްދޭ ކުންފުންޏަކުން ހޮސްޕިޓަލް ހިންގުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ އެހެން ހޮސްޕިޓަލްތައް ހިންގާ ކުންފުނީގެ ބެލުމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭށެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ހޮސްޕިޓަލްތައް ހިންގަން އުފައްދާފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ބޯޑު އެކުލަވާލުމާ އެކު ހުޅުމާލެ ހޮސްޕިޓަލް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ، ހުޅުމާލެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ވެސް މިހާރަށް ވުރެން ރަނގަޅުވެ، އެ ހޮސްޕިޓަލް ހަރުދަނާ ގޮތެއްގައި ހިންގުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގުން އާސަންދަ އިން ހުއްޓާލި ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމުން އެ ކުންފުނިން ބުނީ ޚިދުމަތް ހުއްޓާލާފައި ނުވާ ކަމަށެވެ.
"އާސަންދަ ދަށުން ހޮސްޕިޓަލް ނެގީ ހޮސްޕިޓަލް މެނޭޖްކުރުން އެހެން ގޮތަކަށް ބަދަލުކުރަން. ރައީސް އޮފީހުން އެގޮތަށް ނިންމަވައި ރަސްމީ ސިޓ ފޮނުވީ މިދިޔަ މަހުގެ 26 ގައި،" އާސަންދަ އިން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
އާބާދީގައި 60،000 އަށް ވުރެ ގިނަ މީހުން އުޅޭ ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ހޮސްޕިޓަލް، އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭޕްރީލް 3، 2016 ގަ އެވެ. އާސަންދަ އިން ހަވާލުވެ އެ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ.
އޭގެ ތެރޭގައި ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލޮޖީ ސެންޓަރެއް ހުޅުވުމާއި އެމްއާރުއައި ހިދުމަތާއި ސީޓީ ސްކޭނާއި މެމޯގްރާމް ހެދޭނެ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި އައިޖީއެމްއެޗާ ގުޅިގެން، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ކަށީގެ އޮޕަރޭޝަން ކުރުމުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް މިހާތަނަށް ހިންގަމުން އައީ އާސަންދަ ކުންފުނިން ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން އެތަން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެކަމަކު ފަހުން، މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެތަން ހިންގަނީ އާސަންދައިން ކަން ޔަގީންކޮށްދީފަ އެވެ.
ރައްޔިތުުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުުން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އަމީން ވިދާޅުވީ ހެލްތު މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ އިދާރާ އަށް ވުމުން، ރެގިއުލޭޓްރީ އޮތޯރިޓީގެ ދައުރު ސިއްހީ ހުރިހާ ކަމެއްގައި ވެސް އޮންނާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލާ ބެހޭ ގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އާސަންދައިން ގިނަ އާ ހިދުމަތްތަކެއް ފޯރުކޮށްދިން ނަމަވެސް، ހުޅުމާލޭ ހޮސްޕިޓަލާ މެދު ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެގޮތުން، އެކަށީގެންވާ ފަރުވާ އަވަހަށް ނުލިބުމާއި ވެންޓިލޭޓަރެއް ނުހުންނަ ކަމުގެ ޝަކުވާ ބޮޑެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ އިން: އަމީން
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އާސަންދަ ރިފޯމްވީމަ އަމިއްލައަށް ކުރާ ހޭދަ ކުޑަވާނެ
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ
ބޭހަށް އާސަންދައިން ދޭ އަގުތައް މުރާޖައާކުރަން ފަށައިފި
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓަށް ވިހެއި މައްސަލަ ބަލަނީ
ބައެއް ކަންކަމަށް އާސަންދަ ނުލިބޭތީ ރިވިއު ކުރަނީ