31 ޑިސެމްބަރ 2019
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އަންނަ އަހަރު ހުންނާނީ 7.5 ޕަސެންޓުގައި ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އަންނަ އަހަރު ހުންނާނީ 7.5 ޕަސެންޓުގައި ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން އާންމުކުރި، މި އަހަރުގެ އިގްތިސާދީ އަޕްޑޭޓުގެ ތަފާސްހިސާބުގައި ލަފާކޮށްފައިވާ ގޮތުން، އަންނަ އަހަރުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވެނީ ޓޫރިޒަމް ދާއިރާ އަށް އަންނާނެ ބޮޑު ކުރިއެރުމުގެ ސަބަބުންނެވެ. އަދި ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރުގައި ފަށާ އިރު، އިމާރާތް ކުރުމުގެ ދާއިރާ އަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
ރާއްޖޭގެ މި އަހަރުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 5.7 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 1.1 ޕަސެންޓް ދަށް އަދަދެކެވެ. މި އަހަރުގެ އިގްތިސާދީ ދުވެލި އެހާ ބޮޑަށް ދަށްވީ އިމާރާތް ކުރުމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ އަށް އައި ބޮޑު ހީނަރުކަމުގެ ސަބަބުންނެވެ. އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނު ކަމަށް ވާ ލަކުޑި އާއި ދަގަނޑާއި ސިމެންތި އާއި ހިލަ ފަދަ ތަކެތި އިމްޕޯޓު ކުރި މިންވަރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް، މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓް ވަނީ ދަށް ވެފަ އެވެ.
މި އަހަރު ވެސް ފާހަގަކޮށް ލެވުނީ ޓޫރިޒަމް ދާއިރާ އަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެއްގެ ގޮތުގަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާ 15 ޕަސެންޓަށް ކުރިއަރާފައިވެ އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އަންނަ އަހަރު 7.5 ޕަސެންޓުގައި ހުންނާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވާ އިރު، ވޯލްޑް ބޭންކުން ރާއްޖޭގެ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 5.2 ޕަސެންޓުގަ އެވެ. އެ ބޭންކުން ލަފާ ކުރަނީ ކުރިއަށް އޮތް ދެ އަހަރު ވެސް ރާއްޖޭގެ އިގްތިސާދު ކުރިއަށް ދާނީ މަޑު ދުވެއްޔެއް ގައި ކަމަށެވެ. އެގޮތުން، އަންނަ އަހަރު 5.5 ޕަސެންޓްގައި އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު، 2021 ވަނަ އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 5.6 ޕަސެންޓުގަ އެވެ.
ލަފާކުރި ވަރާ ގާތަށް ވެސް އިގްތިސާދު ކުރިއެއް ނާރާ
އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ދަށް:އެމްއެމްއޭ
ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 12 ޕަސެންޓްގައި
ރާއްޖޭގެ އުފެއްދުންތެރިކަން މައިނަސް 29އަށް ވެއްޓިދާނެ
ރިއަލް ޖީޑީޕީ އާއި ރިޒާވް ދަށްވި: ވޯލްޑް ބޭންކް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި 49 މިލިއަން ޑޮލަރު
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"