14 އޮކްޓޯބަރ 2019
ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން މިދިޔަ އަހަރު ހުރީ 6.7 ޕަސެންޓްގައި ކަމަށާއި އެކަމަކު މިއަހަރު 5.2 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން މިދިޔަ އަހަރު ހުރީ 6.7 ޕަސެންޓްގައި ކަމަށާއި އެކަމަކު މިއަހަރު 5.2 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދު އޮތް ގޮތް ބެލުމަށް ފަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ބުނީ ރިއަލް ޖީޑީޕީގެ ކުރިއެރުން ދަށަށް ދިޔައީ ރާއްޖޭގައި ހިންގަމުން އަައި އިމާރާތްކުރުމުގެ ބޮޑެތި ބައެއް މަޝްރޫއުތައް ނިމުމާ ގުޅިގެން ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީ އަށް ގެންނަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުރުނޫން މުސްތަގުބަލެއްގައި ކުރިއެރުމުގެ ނިސްބަތް ހަމަޔަކަށް އެޅޭނެ ކަމަށެވެ. ނަމަވެސް އިގުތިސާދު ރަނގަޅުކުރުމަށް ރިކަރެންޓް ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
"...ރިކަރެންޓް ހަރަދު ކުޑަކުރަން މަަަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ހާއްސަކޮށް ސިއްހީ ދާއިރާއިން ދޭ ސަބްސިޑީތަކާއި ސިއްހީ ދާއިރާ އަށް ކުރާ ހޭދަ ދަށްކުރަން ޖެހެ އެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން މިދިޔަ އަހަރު ހުރީ 6.7 ޕަސެންޓްގަ އެވެ. އެގޮތަށް ކުރިއެރީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އާއި އިމާރާތްކުރުމުގެ އިންޑަސްޓްރީ ވަރުގަދަ ވުމުންނެވެ. އެ އިންޑަސްޓްރީތައް ވަރުގަދަވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގި މަޝްރޫއު އާއި ބްރިޖް އެޅުމާއި އާ ރިސޯޓްތައް ހަދަން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 726 މިލިއަން ޑޮލަރު ހުރި ނަމަވެސް މި އަހަރު ހުރީ 677 މިލިއަން ޑޮލަރުގަ އެވެ. އެއީ ނުވަ މަސްދުވަހުގެ އިންޕޯޓަށް ފުދޭ މިންވަރެެވެ.
ރައްޔިތުންގެ އާއްމު ހާލަތާ ބެހޭ ގޮތުން ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގައި ފަގީރުންގެ ނިސްބަތް ބައިނަލްއަގުވާމީ ގައުމީ މިންގަނޑުން ބަލާ ނަމަ ހުރީ 8.2 ޕަސެންޓުގަ އެވެ. އެކަމަކު ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ ފަގީރުންގެ ނިސްބަތަކީ 6.6 ޕަސެންޓެެވެ.
ރާއްޖެ އަށް ލިބޭ އާމްދަނީ އާއި އިގުތިސާދީ ފައިދާ ބެހޭ ގޮތުގައި އޮތް ހަމަހަމަކަން އަދިވެސް ވަރަށް ކުޑަ ކަމަށާއި އެގޮތުން ރާއްޖޭގެ ފަގީރުންގެ 90 ޕަސެންޓް ދިރިއުޅެނީ އަތޮޅުތަކުގައި ކަަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
އިގުތިސާދީ ގޮތުން ރާއްޖެ އަށް ހުރި ރިސްކްތަކުގެ ތެރޭގައި ޗައިނާގެ އިގްތިސާދާއި ޖުމްލަ ގޮތެއްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގުތިސާދު ދަށަށް ދާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އޭގެ އަސަރުކުރުން ހިމެނެ އެވެ. އަދި ރާއްޖެ އަކީ ޑީސަލަށް ބަރޯސާވާ ގައުމަށް ވާއިރު ތެެލުގެ އަގު އުފުުލިދާނެ ކަމަށް ބެލެވުމަކީ ވެސް އޮތް ރިސްކެކެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރިޕޯޓްގައިވާ ގޮތުން، ބޮޑެތި މަޝްރޫއުތައް ނިމުމުގެ ސަބަބުން އިމާރާތްކުރުމުގެ އިންޑަސްޓްރީ އަށް އައި މަޑުޖެހުން ފޫބައްދާނެ މަޝްރޫއުތަކެއް ފެށިފައި ނެތުމެވެ.
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
"ރިޒާވް ރަނގަޅުކުރުމުގެ ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން"
ޖީޑީޕީ ކުރިއެރިޔަސް އޮތީ ދަރަނި ބޮޑުވުމުގެ ބިރު!
ރައީސް ދެއްވީ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން
އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް!
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!
ރާއްޖޭގެ އުފެއްދުންތެރިކަން މައިނަސް 29އަށް ވެއްޓިދާނެ
2020 ގެ އުފެއްދުންތެރިކަން 7.5 ޕަސެންޓަށް އަރާނެ
ލަފާކުރި ވަރާ ގާތަށް ވެސް އިގްތިސާދު ކުރިއެއް ނާރާ