Roadha Mihaaru
އިސްލާމިކް މިނިސްޓަރު ވަކިކުރަން ހުށަހަޅާނަން: ހަލީމް

އިސްލާމިކް މިނިސްޓަރު މަގާމުން ވަކިކުރަން ހުށަހަޅާނަން: ހަލީމް

25 ޑިސެމްބަރ 2019

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ މިނިސްޓަރު އިސްތިއުފާ ދެއްވަން ގޮވާލައްވައިފަ އެވެ. އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލިސް ހުޅުވުމާ އެކު އޭނާ މަގާމުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"އަޅުގަނޑު އިސްކޮށް މިކަމުގައި ހަރަކާތްތެރިވާނަން،" ހަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި 65 ގޮނޑިއާ އެކު ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ހަލީމް، އިސްލާމިކް މިނިސްޓަރާ މެދު ހިތްހަމަނުޖެހުން އޮތީ، ދީނީ ހައްދުފަހަނާޅައިދިއުމުގެ ފިކުރު ޕްރޮމޯޓްކޮށް ހަރަކާތްތައް ހިންގާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު ނާޅުއްވައި ހުންނަވާ ކަމަށް ތުހުމަތު ކުރައްވަ އެވެ.

ހަރުކަށި ފިކުރު ފެތުރޭ މައްސަލައިގައި އިލްމުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޒާހިރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފެތުރުން ހުއްޓުވަން ކަމާބެހޭ އިދާރާތަކުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ފުލުހުންނާއި ސިފައިން ބުނެފައިވާ ގޮތުގައި، އެ ފިކުރުގައި ރާއްޖެ އޮތީ ނުރައްކާތެރި ދަރަޖައަކަށް ގޮސްފަ އެވެ. ޖެހިލުމެއް ނެތި މީހުން މަރާ މިންވަރަށް ހައްދުފަހަނާޅާފައިވާ 1400 ދިވެހިން ތިބި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.