04 އޮކްޓޯބަރ 2016
މައިގްރެއިން އަދި އެކި ސަބަބުތަކާ ހެދި ބޮލުގައި ރިއްސުމަކީ ތައިރޮއިޑްގެ މައްސަލަ ނުވަތަ ހައިޕޮތިރޮއިޑިޒްމް ކުރިމަތި ކުރުވަފާނެ ކަމެއްގެ ގޮތުގައި އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
މައިގްރެއިން އަދި އެކި ސަބަބުތަކާ ހެދި ބޮލުގައި ރިއްސުމަކީ ތައިރޮއިޑްގެ މައްސަލަ ނުވަތަ ހައިޕޮތިރޮއިޑިޒްމް ކުރިމަތި ކުރުވަފާނެ ކަމެއްގެ ގޮތުގައި އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ހައިޕޮތިރޮއިޑިޒްމް ކުރިމަތިވަނީ ތައިރޮއިޑް ހޯމޯން އެކަށީގެންވާ ވަރަށް ނުއުފެއްދުމުންނެވެ. މިކަމުގެ ސަބަބުން އަވަސް އަވަހަށް މޫޑު ބަދަލުވުމާއި ބަރުދަން އިތުރުވުމާއި ބޮލުން އިސްތަށި ފޭބުމާއި ވަރުބަލިވުން، ބަނޑު ހަރުވުން އަދި މައްސަރު ކަންތައް ގަވައިދުން ކުރިމަތި ނުވުން ފަދަ ކަންކަން ތަޖުރިބާކުރަން ޖެހޭ ކަމަށް ޔުނިވަސިޓީ އޮފް ސިންސިނާޓީ ކޮލެޖް އޮފް މެޑިސިންގެ ރިސާޗަރުން ބުނެފައިވެ އެވެ.
މި ދިރާސާ އަށް 8،400 މީހެއްގެ މައުލޫމާތު، 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަލާފައިވާ ދިރާސާއަކުން މައުލޫމާތު ނަގާފައިވެ އެވެ.
ދިރާސާގައި ބުނެފައި ވަނީ ކްލަސްޓާ ހެޑޭކް އަދި ޓެންޝަން ހެޑޭކް ފަދަ އާންމުކޮށް ބޮލުގައި ރިހުމުގެ މައްސަލަ ތަޖުރިބާކުރަން ޖެހިފައިވާ މީހުންނަށް ހައިޕޮތިރޮއިޑިޒްމް ކުރިމަތިވުމުގެ ފުރުސަތު 21 ޕަސެންޓަށް އިތުރު ކަމަށެވެ. އަދި މައިގްރެއިންގެ ސަބަބުން ބޮލުގައި ރިއްސާ މީހެއް ނަމަ މި ނުރައްކާ 41 ޕަސެންޓަށް ބޮޑު ކަމަށް ވެސް ރިސާޗަރުން ބުނެފައިވެ އެވެ.
މައިގްރެއިން ހުންނަ މީހުންގެ ކިބައިން ތައިރޮއިޑްގެ މައްސަލަ އަށް ޝައްކުވާ ކަންތައްތައް ފެނުން އާންމު ކަމަށާއި އެކަމަކު މައިގްރެއިންގެ ސަބަބުން ތައިރޮއިޑްގެ އުނދަގޫތަކާ ކުރިމަތިވާކަން ޔަގީންކަމާ އެކު ބުނަން މި ދިރާސާއިން ނޭނގޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މައިގްރެއިންއާ ހައިޕޮތިރޮއިޑިޒްމް އާ ގުޅެނީ ކިހިނެއް ކަމެއް ވެސް އަދި ނޭނގޭ ކަމަށް ދިރާސާ ޓީމުން ބުންޏެވެ.
މައިގްރެއިން ހުންނަ ނަމަ ސަމާލުވާންވީ ހަ ކަމެއް
މައިގްރޭންގެ އާ ބޭހެއް އަންނަ އަހަރު ނެރޭނެ
ކޮފީ މާ ގިނަވާ ނަމަ މައިގްރެއިންގެ އުނދަގޫ ބޮޑުވޭ
މައިގްރެއިން އިން އަންހެނުންނަށް ހަކުރުބަލި ދުރުކޮށްދޭ؟
މައިގްރޭނަށް އީޖާދުކުރި ފަރުވާއަކަށް ހުއްދަ ދީފި
މައިގްރޭނަށް ރަނގަޅު ބޭހެއް ހޯދިއްޖެ: ސައިންސްވެރިން
ރަނގަޅު ބަރުދަނުގައި ހުރުމުން މައިގްރެއިންއާ ދުރުވޭ
ކަށިހަރައިގެން ދޭ ފަރުވާއިން މައިގްރޭން ލުއިވޭ: ދިރާސާ
މައިގްރޭންގެ ވޭން ލުއިކޮށްދޭނެ ގުދުރަތީ ފަރުވާ
މައިގްރެއިން އަކީ އަނގައިގެ ޖަރާސީމުން ދިމާވާ ކަމެއް