Roadha Mihaaru
މައިގްރޭނަށް އީޖާދުކުރި ފަރުވާއަކަށް ހުއްދަ ދީފި

މައިގްރޭނަށް އީޖާދުކުރި ފަރުވާއަކަށް ހުއްދަ ދީފި

21 މެއި 2018

މައިގްރޭން ހުންނަ މީހުންނަށް ފަރުވާކުރުމަށް ހާއްސަކޮށް އުފެއްދި ފަރުވާއަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިގްރޭން ހުންނަ މީހުންނަށް ފަރުވާކުރުމަށް ހާއްސަކޮށް އުފެއްދި ފަރުވާއަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

މިއީ މަހަކު 15 އަށް ވުރެ ގިނަ ދުވަހު ބޮލުގައި ރިއްސާ މީހުން ނުވަތަ ކްރޮނިކް މައިގްރޭން ހުންނަ މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފަރުވާއެކެވެ.

އެއިމޯވިގްގެ ނަން ދީފައިވާ މި ފަރުވާއަކީ އެމްޖެން އާއި ނޮވާޓިސް އިން އުފައްދާފައިވާ އިންޖެކްޝަނެކެވެ. މިއީ މައިގްރޭން ހުންނަ މީހުންނަށް މަހަކު އެއް ފަހަރު ބޭނުން ކުރެވޭނެ ފަރުވާއެކެވެ. މިއީ ފަސޭހަކަމާ އެކު އަމިއްލަ އަށް ބޭނުންކޮށްލެވޭނެ އެއްޗެކެވެ.

އެއިމޯވިގާ ބެހޭ ގޮތުން އެމެރިކާގެ މާޔޯ ކްލިނިކްގެ މައިގްރޭނާ ބެހޭ ސްޕެޝަލިސްޓް ޑރ. އަމާލް ވިދާޅުވި ގޮތުގައި މި އިންޖެކްޝަކީ މައިގްރޭނަށް އޮތް ވަރަށް އުންމީދީ ފަރުވާއެކެވެ.

"މިއީ މައިގްރޭންގެ އުނދަގޫ ތަހައްމަލް ކުރަން ޖެހިފައިވާ އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު އުންމީދެއް،" އޭނާ ވިދާޅުވިި އެވެ.

އެއިމޯވިގް ބޭނުން ކުރުމުން ކްރޮނިކް މައިގްރޭން އެޓޭކްތައް 50 ޕަސަންޓް ދަށްކޮށްދެ އެވެ. އެކަމަކު މައިގްރޭނަށް ހާއްސަ އެހެން ބޭސްތަކާ އެއްގޮތަށް އެއިމޯވިގުން ވެސް ކޮންމެވެސް ވަރަކަށް ސައިޑް އިފެކްޓްތައް ކުރިމަތިވި ކުރުވަ އެވެެ. އޭގެ ތެރޭގައި ހުން އައުމާ ރެސްޕިރޭޓަރީ އިންފެކްޝަންތައް ހިމެނެ އެވެ.

އިންޓަނޭޝަނަލް ހެޑޭކް ސޮސައިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އާބާދީގެ އެއް ޕަސަންޓް މީހުންނަކީ ކްރޮނިކް މައިގްރޭން ތަހައްމަލު ކުރަން ޖެހިފައިވާ މީހުންނެވެ.

މީގެ ކުރިން މައިގްރޭނާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމަކީ މައިގްރޭނާ ދުރުކޮށް ދޭން އެހީއެކެވެ.