19 ޑިސެމްބަރ 2018
މައިގްރެއިންގެ ވޭން އުފުލަންޖެހޭ އަންހެނުންނަށް ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ކުޑަވާ ކަމަށް ފްރާންސްގެ 74،000 އަންހެނަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
މައިގްރެއިންގެ ވޭން އުފުލަންޖެހޭ އަންހެނުންނަށް ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ކުޑަވާ ކަމަށް ފްރާންސްގެ 74،000 އަންހެނަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާގައި ބައިވެރިކޮށްފައިވަނީ 1925 އާއި 1950އާ ދެމެދު އުފަންވެފައިވާ މީހުންނެވެ. މި މީހުންގެ ހަށިގަނޑުގެ ބަރުދަނާއި ސިއްހީ އެހެން ކަންކަމަށް ވެސް ރިއާޔަތްކޮށް ބެލި ބެލުންތަކުން އެނގުނީ މައިގްރެއިންގެ އުނދަގޫ ކުރިމަތިވާ ކަމަށް ބުނި މީހުންނަށް، ހަކުރު ބަލީގެ އެންމެ އާންމު ވައްތަރު ކަމަށްވާ ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ އޮތް މިންވަރު 30 ޕަސެންޓަށް ކުޑަ ކަމަށެވެ.
މިއީ ހައިރާންކަން ލިބުނު ހޯދުމެއްގެ ގޮތުގައި ދިރާސާ ޓީމުން ފާހަގަކުރި އެވެ.
ޖަމާ ނިއުރޮލޮޖީގެ މި މަހުގެ 17 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ، ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަށް މައިގްރެއިންގެ ވޭން އުފުލަން ޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ ޒުވާނުންނާއި އިއްދައިންކެނޑުމާ ގާތްވެފައިވާ މީހުންކަން ފާހަގަކޮށްފައިވެ އެވެ.
ދިރާސާއިން އެނގުނު ގޮތުގައި ޓައިޕް 2 ޑައެބެޓީސް އަށް ޑައިގްނޯޒްވުމުގެ އަހަރުތަކެއް ކުރިން މައިގްރެއިންގެ އުނދަގޫތައް ކުޑަވެ އެވެ. އަދި މިއީ މި ދެ މައްސަލައާ ގުޅުންތަކެއް ހުރި ކަމުގެ ވަރަށް ބޮޑު ހެއްކެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ނަމަވެސް މި ދެ ކަމުގައި ހުރީ ކޮން ގުޅުމެއް ކަމެއް ދިރާސާއިން ހޯދިފައެއް ނުވެ އެވެ.
ނޯތުވެލް ހެލްތު ހެޑޭކް ސެންޓަރުގެ ޑރ. ނޯހް ރޯސެން ވިދާޅުވި ގޮތުގައި މައިގްރެއިން ހުންނަ މީހުންނަކީ ބައެއް ބާވަތްތަކުގެ ކާނާއަށް ގަޔާވާ ނުވަތަ ބައެއް ކާނާއާ ދުރު ބައެއްގެ ގޮތުގައި ފާހަގަވެ އެވެ. ކާނާ އާއި ހަކުރުބައްޔާ ގުޅުން ހުންނާތީ މި ދެ ކަންތައް ގުޅުން އެކަށީގެންވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެކަމަކު މިއީ އަދި އިތުރަށް ހޯދައި ބަލަންޖެހޭ ކަމެއް، އޭމާ ވިދާޅުވި އެވެ.
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
މައިގްރެއިން ހުންނަ ނަމަ ސަމާލުވާންވީ ހަ ކަމެއް
މައިގްރޭންގެ އާ ބޭހެއް އަންނަ އަހަރު ނެރޭނެ
ފޮނި ބުއިންތައް އިޝްތިހާރުކުރުން ސިންގަޕޫރުގައި މަނާ
ކޮފީ މާ ގިނަވާ ނަމަ މައިގްރެއިންގެ އުނދަގޫ ބޮޑުވޭ
މައިގްރޭނަށް އީޖާދުކުރި ފަރުވާއަކަށް ހުއްދަ ދީފި
އާޓިފިޝަލް ސްވީޓްނާ އަކީ ހައްލަކަށް ނުވެދާނެ
މައިގްރޭނަށް ރަނގަޅު ބޭހެއް ހޯދިއްޖެ: ސައިންސްވެރިން
އާޓިފިޝަލް ސްވީޓްނާއިން ހަކުރުބަލި ޖެހިދާނެ
ރަނގަޅު ބަރުދަނުގައި ހުރުމުން މައިގްރެއިންއާ ދުރުވޭ