08 ޑިސެމްބަރ 2017
މައިގްރޭންގެ ސަބަބުން ބޮލުގައި ރިހެން ފެށުމުގެ ކުރިން ދެވިދާނެ އެންޓިބޮޑީ ތެރަޕީއެއް ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މައިގްރޭންގެ ސަބަބުން ބޮލުގައި ރިހެން ފެށުމުގެ ކުރިން ދެވިދާނެ އެންޓިބޮޑީ ތެރަޕީއެއް ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މައިގްރޭން އެޓޭކެއް އައުމަށް މެދުވެރިކުރުވާ އިންފްލެމޭޓަރީ މޮލެކިއުލްއަކާ ދެކޮޅަށް މަސައްކަތްކުރާ މި ފަރުވާއިން މި ވޭން ވަރަށް ބޮޑަށް ކުޑަކުރެވިދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
"މައިގްރެއިންގެ ސަބަބުން ބޮލުގައި ރިއްސާތީ ބޭނުންކުރުމަށް މިހާރު އުފައްދާފައިވާ ބޭހަށް ނުގުޑާ ނަމަ މި ފަރުވާއިން އާ އުންމީދެއް ލިބޭނެ،" އެމެރިކާގެ ތޯމަސް ޖެފާސަން ޔުނިވަސިޓީގެ ޑރ. ސްޓެފަން ޑީ ސިލްބާސްޓީން ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ ގޮތުގައި މައިގްރޭންގެ ވޭން ތަހަންމަލްކުރަންޖެހޭ 127-300 މިލިއަން މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭނެ އެވެ.
ކްރޯނިކް މައިގްރޭންކަމަށް ބަލަނީ މަހަކު 15 ވަރަކަށް ފަހަރު މައިގްރޭން އެޓޭކް އަންނަ މީހުންނެވެ.
މިގޮތަށް ބޮލުގައި ރިހޭ މީހުންނަށް އާންމު ދިރިއުޅުމަށް ވެސް ހުރަސްތައް ކުރިމަތިވެ އެވެ. މި ކަމަށް ވަރަށް ގިނަ ތަފާތު ފަރުވާތައް އީޖާދުކޮށްފައި ވިޔަސް ކޮންމެ ފަރުވާއެއް ވެސް ފުރަތަމަ ކޮޅު ރަނގަޅުވިޔަސް ގިނަ ދުވަހަށް އަސަރު ހުންނަ ގޮތެއް ނުވެ އެވެ. އަދި ދުވަސްކޮޅަކު ބޭނުންކުރާއިރަށް އެ ބޭހަށް ހޭނި، ބޮލުގައި ރިހުން ނުކެނޑޭގޮތް ދިމާވެ އެވެ.
މައިގްރޭނަށް ދޭ ފްރެމެނެޒުމެބް ކިޔާ ބޭހަކީ މައިގްރޭން އެޓޭކެއް އައުމަށް މެދުވެރިވާ ކެލްސިޓޯނިން ޖީން-ރިލޭޓެޑް ޕެޕްޓައިޑް (ސީޖީއާރްޕީ) ކިޔާ ޕްރޮޓީނެއްގެ ސަބަބުން މެދުވެރިވާ ކަމަކަށް ވާތީ މި ބޭހުން އެ ޕްރޮޓީން އުފެދުނަނުދީ ހިފަހައްޓާ އޭގެ ހަމަލަތައް ބްލޮކް ކޮށްލަ އެވެ.
ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ހޯދުމަށް ސައިންސްވެރިން 1،130 ބަލި މީހަކު ދިރާސާގައި ބައިވެރި ކުރި އެވެ. މި މީހުން ތިން ގްރޫޕަކަށް ބަހާލުމަށްފަހު ތަފާތު ތިން ގޮތަކަށް ފަރުވާ ދިނެވެ. އެއް ބަޔަކަށް އަހަރަކު ހަތަރު ފަހަރު ފަރުވާ ދިން އިރު އަނެއް ބަޔަކަށް ފަރުވާ ދިނީ މަހަކު އެއްފަހަރު އެވެ. ތިން ވަނަ ގްރޫޕަށް ދިނީ ޕްލަސީބޯ އިންޖެކްޝަނެވެ. އެއީ ބޭހުގެ ގޮތުގައި ސިފަކޮށް އެކަމަކު އެއްވެސް އަސަރެއް ނުކުރާ ގޮތަށް، ބޭސް ދިނުމެވެ.
ސޯޅަ ހަފުތާއަށް މި ޓްރައަލް ކުރިޔަށް ގެންދިޔަ އެވެ. މި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުން ފްރެމެނެޒުމެބް ދީގެން ކުރި ފަރުވާއިން، ބަޮލުގައި ރިހުނު އަދަދު ދަށަށް ދިޔަ އެވެ. ތިން މަހުން އެއް ފަހަރު ބޭސްދިން މީހުން ބޮލުގައި ރިހުނު ދުވަހުގެ އަދަދު 4.3 ދުވަސް މަދުވިއިރު މަހަކު އެއްފަހަރު ފަރުވާދިން މީހުންގެ ބޮލުގައި ރިހުނު ދުވަހުގެ އަދަދު 4.6 ދުވަސް މަދުވި އެވެ.
"މައިގްރޭން ހުންނަ މީހުންގެ ތެރެއިން ބައެއް މީހުން 100 ޕަސެންޓް ރަނގަޅުވިތަން ވެސް އަހަރެމެންނަށް ފެނުނު. އަނެއް ބައެއްގެ 75 ޕަސެންޓް ރަނގަޅުވި. ބޭހުގެ އަސަރު އެކި މީހުންނަށް ކުރާ ގޮތް ތަފާތުކަން ފާހަގަ ކުރެވުނު،" ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.
މައިގްރެއިން ހުންނަ ނަމަ ސަމާލުވާންވީ ހަ ކަމެއް
މައިގްރޭންގެ އާ ބޭހެއް އަންނަ އަހަރު ނެރޭނެ
ކޮފީ މާ ގިނަވާ ނަމަ މައިގްރެއިންގެ އުނދަގޫ ބޮޑުވޭ
މައިގްރެއިން އިން އަންހެނުންނަށް ހަކުރުބަލި ދުރުކޮށްދޭ؟
މައިގްރޭނަށް އީޖާދުކުރި ފަރުވާއަކަށް ހުއްދަ ދީފި
ރަނގަޅު ބަރުދަނުގައި ހުރުމުން މައިގްރެއިންއާ ދުރުވޭ
ކަށިހަރައިގެން ދޭ ފަރުވާއިން މައިގްރޭން ލުއިވޭ: ދިރާސާ
މައިގްރޭންގެ ވޭން ލުއިކޮށްދޭނެ ގުދުރަތީ ފަރުވާ
މައިގްރެއިން އަކީ އަނގައިގެ ޖަރާސީމުން ދިމާވާ ކަމެއް
ބޮލުގައި ރިހުމުން ތައިރޮއިޑަށް މަގު ފަހިވެދާނެ