ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން އެތައް ފަހަރަކު އިއުލާނުކޮށްގެން ވެސް ބަޔަކާ ހަވާލުނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.
23 ޑިސެމްބަރ 2019
ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން އެތައް ފަހަރަކު އިއުލާނުކޮށްގެން ވެސް ބަޔަކާ ހަވާލުނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.
އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއާއެކު އެ ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން މިނިސްޓްރީން ހަތަރު ވަރަކަށް ފަހަރު އިއުލާނުކުރި އެވެ.
ތިން ވަނައަށް ކުރި އިއުލާނު ބާތިލްކުރީ، ޕްރީ ސްކޫލާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައެއްގެ ލިޔެކިޔުންތައް ބެލިއިރު، އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވުމުން، އެ ކޮމިޝަންގެ އެންގުމަށެވެ.
އެންމެ ފަހުން ބިޑަށް ހުޅުވާލުމުން ހަތަރު ފަރާތަކުން ކުރިމަތިލި އެވެ. އެއީ "މިހާރު"އަށް އެނގިފައިވާ ގޮތުގައި އައިލެންޑާސް އެޑިއުކޭޝަނާއި ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ. އެ ކުންފުނިތަކުގެ ތެރެއިން އިލްމު އެޑިއުކޭޝަނަކީ އަލަށް އުފެއްދި ކުންފުންޏެކެވެ.
މިނިސްޓްރީން ކުރިން ބުނީ އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ޕްރީ ސްކޫލުގައި ވެސް ކިޔެވުން ފަށާނެ ކަމަށެވެ. ނަމަވެސް އެތަން ހިންގާނެ ބަޔަކު ހަވާލުުނުކުރެވި ދިގުލައިގެންދަނީ ކީއްވެގެންތޯ ސުވާލުކުރުމުން މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދެއްކި އެވެ. ބުނީ އެކަމާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޕްރީ ސްކޫލު ހަވާލުކުރުމުގެ މަސައްކަތް މިހާރު އޮތީ ބިޑިން ޕްރޮސެސްގަ އެވެ. އަދި އެތަން ހިންގުން އަންނަ އަހަރުގެ ދެ ވަނަ ޓާމަށް ވަނީ ފަސްކޮށްފަ އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރު ސްކޫލުތަކުގެ ކިޔެވުން ފަށާނީ ޖެނުއަރީ 13ގަ އެވެ.
ވިޔަފާރިވެރިއަކު، އޭނާގެ ބައްޕަގެ ހަނދާނުގައި ކޮމްޕިއުޓާ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.
ސަރުކާރުން ހިންގާ ގޮތަށް ހުޅުމާލެ ޕްރީ ސްކޫލު ހުޅުވަނީ
ހެޔޮ ހިތުން ދިން ހަދިޔާއަށް ހަދާނެ ގޮތެއް ނޭނގިފައި!
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
ރޯދަމަހު ސްކޫލް ބަންދުކުރަން ވަޒީރުގެ ވިސްނުންތަކެއް
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
އަންނަ އަހަރު ގްރޭޑް 1 އަށް 5،700 ދަރިވަރުން
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް