12 ޑިސެމްބަރ 2019
މެޑްރިޑް (ޑިސެމްބަރު 12) – ގްރޫޕުގެ ފުރަތަމަ ތިން މެޗުން ބަލިވި އިޓަލީގެ އެޓަލާންޓާ އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން، ފަހު މެޗުތަކުން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ރޭ ފުރުސަތު ހޯދައިފި އެވެ.
މެޑްރިޑް (ޑިސެމްބަރު 12) – ގްރޫޕުގެ ފުރަތަމަ ތިން މެޗުން ބަލިވި އިޓަލީގެ އެޓަލާންޓާ އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން، ފަހު މެޗުތަކުން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ރޭ ފުރުސަތު ހޯދައިފި އެވެ.
އިޓަލީގެ އާދައިގެ ޓީމެއްގެ ގޮތުގައި އޮތް އެޓަލާންޓާ އިން އަލަށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދި ފަހަރު ފުރަތަމަ ތިން މެޗުން ބަލިވުމުން ބެލެވުނީ ކެޓީ ކަމަށެވެ. އެކަމަކު ރޭ ޔޫކްރޭގެ ޝަކްތާ ޑޮނެޓްސްކް އަތުން 3-0 އިން މޮޅުވެ ހަތް ޕޮއިންޓް ހަމަކޮށް ގްރޫޕް ސީ ގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ފުރުސަތު ހޯދީ އެވެ. މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ކުރިން ފުރުސަތު ހޯދައިފަ އެވެ. އެ ޓީމު ވަނީ ފަހު މެޗުގައި ރޭ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބް 4-1 އިން ބަލިކޮށް 14 ޕޮއިންޓް ހަމަކޮށްފަ އެވެ. ޒެގްރެބްގެ ޑެނިއަލް އޮލްމޯ ފުރަތަމަ ގޯލް ޖެހި ނަމަވެސް ސިޓީގެ ގެބްރިއަލް ޖީސުސްގެ ހެޓްރިކާއި ފިލިޕް ފޮޑެންގެ ގޯލުން ސިޓީ މެޗުން މޮޅުވީ އެވެ.
މި ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާ އެކު ޔުރޮޕާ ލީގުން ފުރުސަތު ހޯދީ ޝަކްތާ އެވެ. ޒެގްރެބް ދިޔައީ ފަސް ޕޮއިންޓް ލިބިގެން ފުލަށެވެ.
އެތުލެޓިކޯ މެޑްރިޑުގެ ޔޮއާއޯ ފެލިކްސް (ވ) އާއި ލޮކޮމޯޓިވް މޮސްކޯގެ ވެޑްރަން ކޯލުކާ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
މިދިޔަ ފަސް އަހަރުގެ ތެރޭ ދެ ފަހަރު ފައިނަލުގައި ވާދަކުރި އެތުލެޓިކޯ އިން ގްރޫޕް ޑީ ގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ފުރުސަތު ހޯދީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަތުން 2-0 އިން މޮޅުވެ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯ އަށް ގޯލް ޖަހައިދިނީ ޔޮއާއޯ ފެލިކްސް އާއި ފެލިއްޕޭ އެވެ.
މި ގްރޫޕުގެ އެއް ވަނަ މަގާމް 16 ޕޮއިންޓާ އެކު ހޯދި ޔުވެންޓަސް ވަނީ ރޭ ޖަރުމަނުގެ ބެޔާ ލެވަކޫސަން އަތުން 2-0 އިން މޮޅުވެފަ އެވެ. ރޭ ބަލިވި ނަމަވެސް ލެވަކޫސަން ވަނީ ހަ ޕޮއިންޓާ އެކު ތިން ވަނަ ޓީމުގެ ގޮތުގައި ޔުރޮޕާ ލީގުން ފުރުސަތު ހޯދައިފަ އެވެ. ފުލަށް ދިޔައީ ތިން ޕޮއިންޓާ އެކު މޮސްކޯ އެވެ.
ދެވަނަ ބުރުގެ ޖާގަ ފުރަތަމަ ހޯދީ ސިޓީ އާއި ލައިޕްޒިގް
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ދުވަހަކު ވެސް އެތުލެޓިކޯގެ ސްޓައިލަށް ފާޑެއް ނުކިޔަން
ދެވަނަ ލެގު އެއްވަރު: ލިވަޕޫލާއި ސިޓީ ވެސް ސެމީ އަށް
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
އަބަދު އެއްގޮތަކަށް ކުޅުވަން ފޫހިވޭ: ގާޑިއޯލާ
ސިޓީ ކުޅުންތެރިންގެ އިތުބާރެއް ނެތް
ޔުނައިޓެޑުގެ ފުރަތަމަ އިމްތިހާނުން އަމޯރިމް ފާސްވެއްޖެ
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ސިޓީ އަށް އިންޓަގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވި