Roadha Mihaaru
11 ކުއްޖެއްގެ ބެލެނިވެރިކަން ހޯދަން ދައުލަތުން ކޯޓަށް

11 ކުއްޖެއްގެ ބެލެނިވެރިކަން ހޯދަން ދައުލަތުން ކޯޓަށް

08 ޑިސެމްބަރ 2019

ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކުޑަކުދިންތަކެއްގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓަށް، އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން މިއަދު މައްސަލަތަކެއް ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކުޑަކުދިންތަކެއްގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓަށް، އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން މިއަދު މައްސަލަތަކެއް ހުށަހަޅައިފި އެވެ.

އޭޖީ އޮފީހުން ބުނީ އިތުރު 11 ކުއްޖެއްގެ ބެލެނިވެރިކަން ދައުލަތަށް ހޯދަން މިއަދު ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ހަ މަހާއި 13 އަހަރާ ދޭތެރޭ ކުދިން ކަމަށް ވެސް އޭޖީން ބުނެ އެވެ.

އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ހަވާލުވުމަށް އިންކާރުކޮށްފައި ވުމާއި މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުން ދާތީ އެވެ. ނުވަތަ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާނެ އެ ކުދިންގެ އާއިލާގެ އެއްވެސް މެންބަަރަކު ހަމަޖެހިފައި ނުވާތީ އެވެ.

އެއީ މުޅިން ވެސް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންނެވެ. އެ ކުދިންގެ މައިންބަފައިންގެ ތެެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމަށް ޖެންޑާ މިނިސްޓްރީއާ ހަވާލާދީ އޭޖީން ބުނެ އެވެ.

އޭޖީން ބުނީ އެފަދަ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީން އެދިފައިވާ ހުރިހާ މައްސަލައެއް މިހާރު ކޯޓަށް ހުށަހަޅައި ނިމިފައިވާ ކަމަށެވެ. އަށާރަ ކުއްޖެއްގެ ބެލެނިވެރިކަން ދައުލަތަށް ނެގުމުގެ މައްސަލަ މިހާރު ވެސް ފެމެލީ ކޯޓުގައި ކުރިއަށް އެބަދެ އެވެ.