30 ސެޕްޓެމްބަރ 2016
ރިޔާޒް (ސެޕްޓެމްބަރު 29) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް ފާސްކުރި ބިލާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
ރިޔާޒް (ސެޕްޓެމްބަރު 29) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ކޮންގްރެސް ފާސްކުރި ބިލާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
ކޮންގްރެސް އިން ފާސްކުރި ބިލް އޮބާމާ ވީޓޯ ކުރައްވާފައި ވަނިކޮށް ގާނޫނަކަށް ހެދީ ސެނެޓުގެ 97-1 ވޯޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 348-77 ވޯޓާ އެކު އެވެ. އޮބާމާ ވަނީ 12 ބިލެއް ވީޓޯ ކުރައްވައިފަ އެވެ. މިއީ އޮބާމާގެ ވެރިކަމުގައި އެމަނިކުފާން ވީޓޯ ކުރެއްވި ބިލެއް ކޮންގްރެސް އިން ގާނޫނަކަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ކޮންގްރެސް އިން ފާސްކުރި ބިލާ ގުޅިގެން ސެޕްޓެމްބަރު 11 ގެ ހަމަލާގައި މަރުވި 3،000 މީހުންގެ އާއިލާތަކުން ސައުދީއާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަނަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި 19 މީހުންގެ ތެރޭން 15 މީހުންނަކީ ސައުދީގެ ރައްޔިތުންނެވެ. ސައުދީ އަރަބިއާ އިން ބުނެފައި ވަނީ މި ހަމަލާއާ އެ ގައުމާ ގުޅުމެއް ނެތް ކަމަަށެވެ.
ސައުދީ އަރަބިއާގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ ގައުމުތަކަށް ލިބިގެންވާ މިނިވަންކަމާއި ސިޔާސަތުގެ އިމްތިޔާޒު ފޮހެލުމަކީ އެމެރިކާ ވެސް ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް ލިބިގެންދާނެ ދެރައެއް ކަމަށެވެ.
ކޮންގްރެސް އިން ފާސްކުރި ބިލާ ގުޅިގެން ރައީސް ބަރަކް އޮބާމާ ވެސް ވިދާޅުވެފައި ވަނީ ކޮންގްރެސް އިން ނުރަނގަޅު އުސޫލެއް ގާއިމްކޮށްފި ކަމަށާއި އެ ބިލުގެ ސަބަބުން ގައުމުން ބޭރުގައި އެމެރިކާ އިން ހިންގާ އޮޕަރޭޝަންތަކާ ދެކޮޅަށް އެެހެން ގައުމުތަކަށް ވެސް ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އަނެއްކޮޅުން ކޮންގްރެސްގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ ބިލާ މެދު އަލުން ވިސްނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ވިދާޅުވީ ބިލް ފާސްކުރީ މެންބަރުން މާބޮޑަށް އަވަސް އަރުވާލައިގެން ކަމަށާއި ބިލް ގާނޫނަކަށް ހެދުމުން ދެން ވާނެ ގޮތަކާ މެދު ރަނގަޅަށް ވިސްނާފައި ނުވާ ކަމަށެވެ.
ބިލްގެ ކޯ ސްޕޮންސާ ޑިމޮކްރެޓިކް ނިއު ޔޯކް ސެނޭޓާ ޗަކް ޝުމާ ވިދާޅުވީ ވައިޓްހައުސް އިން ބޮޑަށް އުޅެނީ ޑިޕްލޮމެޓިކް ގުޅުމާ މެދު ކަންބޮޑުވެގެން ކަމަށާއި އެކަމަކު ކޮންގްރެސްގެ ކަންބޮޑުވުމަކީ ސެޕްޓެމްބަރު 11 ގެ ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކާއި އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ.
ކޮންގްރެސް އިން ފާސްކުރި ޖަސްޓިސް އެގެއިންސްޓް ސްޕޮންސާސް އޮފް ޓެރަރިޒަމް އެކްޓާ ދެކޮޅަށް ސައުދީން ވަނީ ވަރަށް ބޮޑަށް ކެމްޕޭން ކޮށްފަ އެވެ. ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ވަނީ މި ބިލް ފާސްކޮށްފި ނަމަ އެމެރިކާގައި ކޮށްފައިވާ ސައުދީގެ އިންވެސްޓްމަންޓްތައް އަނބުރާ ގެންނާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.
ސެޕްޓެމްބަރު 11 ގެ ހާދިސާގެ ތަހްގީގު ކުރި 9/11 ކޮމިޝަންގެ 2004 ވަނަ އަހަރުގެ ރިޕޯޓުގައި ވަނީ ހަމަލާގައި ސައުދީގެ އެއްވެސް ބައިވެރިވުމެއްވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ބުނެފަ އެވެ. އަދި ސައުދީ ސަރުކާރުން ނުވަތަ އެ ގައުމުގެ ވަކި ފަރުދަކު ވެސް އެ ހަމަލާ އަށް ފަންޑުކޮށްފައިވާކަން އެނގެން ނެތް ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ބެލުމުގެ ދަށުގައި ހުރި ގައިދީއެއް ކަމަށްވާ ޒަކަރިއާސް މޫސައޮއި ވަނީ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަނަށް ދިން ހަމަލާ އަށް ސައުދީ ޕްރިންސަކު ފަންޑުކޮށްދީފައިވާ ކަމަށް މިދިޔަ އަހަރު ބުނެފަ އެވެ.
ސައުދީ އަށް ދައުވާ ކުރެވޭ ބިލް އޮބާމާ ވީޓޯކުރައްވައިފި
އޮބާމާގެ ވީޓޯގެ ބިލް ކޮންގްރެސްއިން ގާނޫނަކަށް ހަދައިފި
ކޮންގްރެސް އިން އެ ވަނީ ބޮޑު ގޯހެއް ހަދާފައި: އޮބާމާ
ޕްރައުޑް ބޯއީސްގެ ލީޑަރު 22 އަހަރަށް ޖަލަށް
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
މެދުއިރުމަތިން އެމެރިކާގެ ބާރު ދޫވެ ދައުރު ޗައިނާ އަށް
ޗައިނާ މެދުވެރިއަކަށްވެ ސައޫދީ އާއި އީރާން ސުލްހަކޮށްފި
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
ޓްރަމްޕު ހެކިބަސް ދެއްވުމަށް އަމުރެއް ނެރެފި