Roadha Mihaaru
ރާއްޖެއާއި ފިންލޭންޑާ ދެމެދު ވައިގެ ދަތުރު ފަށަނީ

ވައިގެ ދަތުރުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ފިންލޭންޑުން ސޮއިކޮށްފި

29 ނޮވެމްބަރ 2019

ރާއްޖެ އާއި ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން އިއްޔެ ސޮއިކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން އިއްޔެ ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްްޖެއާ ފިންލޭންޑާ ދެމެދު ގާއިމްކުރި ވައިގެ ދަތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްްވީ މިހާރު އެ ގައުމަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިންލޭންޑްގެ ފޮރިން ޕެކާ ހާވިސްޓް ކަމަށެވެ. ރާއްޖެ އާއި ފިންލޭންޑާ ދެމެދު ކޮމާޝަލް ވައިގެ ދަތުރުތައް ފެށުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ސަބަބުން ފަހިވެ، ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުންް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޝާހިދާއި ހާވިސްޓޯ އިއްޔެ ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނެެވެ. އެގޮތުން އިގުތިސާދީ ދާއިރާ އާއި ތައުލީމާއި ދެމެހެއްޓެނިވި ތަަރައްގީ އަދި ޓެރަރިޒަމާ ދެކޮޅަށް މަަސައްކަތް ކުރުމުގައި ދެ ގައުމުން އެއްބާރުލުމަށް ޝާހިދައި ހާވިސްޓޯ މަޝްވަރާކުރެއްވި އެވެ. ހާވިސްޓޯއާ ދެއްކެވި ވާހަކައިގައި ޝާހިދު ފާހަގަ ކުރެއްވީ ފިންލޭންޑުގެ ތައުލީމީ މޮޑެލަކީ މިހާރު ދުނިޔެއިން ވެސް ބަލަައިގަންނަ މޮޑެލެއް ކަމެވެ. އަދި އެކަމަށް ޓަކައި އެ ގައުމަށް ޝާހިދު ތައުރީފު ކުރެއްވި އެވެ.

ފިންލޭންޑަކީ ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ގައުމަށް ވާތީ ޝާހިދު އެދިވަަޑައިގެންނެވީ ދިވެހިންނަށް ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޔޫރަޕިއަން ޔޫނިއަންގެ މާކެޓުގައި ލުޔެއް ހޯދުމަށާއި ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުތަކަށް ދަތުރުކުރެވޭ ގޮތް ހެދުމަށް އެހީތެރިވުމަށެވެ.