މޯލްޑިވްސް ޕޯސްޓުން ދާދި ފަހުން ތައާއަރަފުކުރި އޮންލައިން ޕްލެޓްފޯމް "އީ-ޓުކުރި" ގައި ދިވެހިންގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
28 ނޮވެމްބަރ 2019
މޯލްޑިވްސް ޕޯސްޓުން ދާދި ފަހުން ތައާއަރަފުކުރި އޮންލައިން ޕްލެޓްފޯމް "އީ-ޓުކުރި" ގައި ދިވެހިންގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވްސްތަކާއި އޮންލައިން ވިޔަފާރީގެ ތެރެ އަށް ވަންނަން ބޭނުންވާ މީހުންނަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާސް ސޮލިއުޝަނެކެވެ.
މި ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓަރީކުރުމާ ހިސާބުން ފެށިގެން މުދާ އަޕްލޯޑު ކުރުމާއި އިސްތިހާރުކުރުމާ ހަމައަށް އީ-ޓުކުރި ޓީމުގެ އެހީތެރިކަން ލިބޭނެ އެވެ. މި ޕްލެޓްފޯމުގައި ހިލޭ ރަޖިސްޓަރީ ކުރެވޭނެ އެވެ.
މި ޕްލެޓްފޯމު ޑިޒައިންކޮށްފައި ވަނީ އޮންލައިން ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ މައިގަނޑު ބައިތައް ހިމަނައިގެން ކަމަށް ވާތީ، ހިންގުމުގެ ޚަރަދު ކުޑަކޮށް، އިންވެންޓްރީ މެނޭޖްކޮށް، އިސްތިހާރު ކުރުމުގެ އިތުރުން މުދާ އުފުލުމާއި ތަންތަނަށް ގެންގޮސްދިނުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި މި ޕްލެޓްފޯމްގައި ގާއިމްކޮށްފައިވާ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ހުރިހާ ވިޔަފާރި މުއާމަލާތްތަކަށް ރިއަލް ޓައިމްގައި ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބޭނެ އެވެ.
މީގެ އިތުރުން މި ޕްލެޓްފޯމުގެ އެންމެ މުހިންމު ކޮމްޕޯނަންޓް ކަމުގައިވާ "ވެސަލް މެނޭޖްމަންޓް ސިސްޓަމް" އަކީ މި ޕްލެޓްފޯމުގެ ތެރޭގައި ހިންގާ ވިޔަފާރި މުއާމަލާތްތަކުން އުފައްދާ މުދާ ކަނޑުމަގުން ޓްރާންސްޕޯޓް ކުރުމަށްޓަކައި ގާއިމްކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއަށް ވަންނަ އުޅަދުފަހަރު މެދުވެރިކޮށް ރާއްޖޭގެ ކަންކޮޅުތަކަށް މުދާ އުފުލުމާއި ޑެލިވަރީ އާއި ޓްރެކިންގެ ޚިދުމަތް އީޓުކުރި ޕްލެޓްފޯމުގެ ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ އެވެ.
ޕޯސްޓް އޮފީހުގެ އީ-ޓުކުރި އިފްތިތާހުކޮށްފި
އެލައިޑާއި ޕޯސްޓް ގުޅާލައިފި، އެމް-ފައިސާ ބޭނުންކުރަނީ
މޯލްޑިވްސް ޕޯސްޓަށް 119 އަހަރު
ޓީޓީ ހަދަން ބީއެމްއެލްއިން 73 މިލިއަން ޑޮލަރު ދޫކުރި
އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ގާނޫނާ ހިލާފެއް ނޫން
އެސްޑީއެފްސީން ދެން އިތުރަށް ލޯނުދޫކުރެވޭނެ: ބީއެމްއެލް
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް
36 ޕަސެންޓު ފައިސާ ނުލިބޭ: އެސްޑީއެފްސީ
ޓީމޫ އޯޑަރުތައް ރެޑް ބޮކްސްއަށް ވެސް ފޮނުވަން ފަށައިފި
ޕޯސްޓު އޮފީހުގެ ނަމުގައި ސްކޭމެއް، ސަމާލުވާން އެދިއްޖެ