26 ނޮވެމްބަރ 2019
މެޑްރިޑް (ނޮވެމްބަރު 26) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު ބަދަލު ހިފުމުގެ ރޫހެއް ރެއާލް މެޑްރިޑްގެ ކިބައިގައި ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މެޑްރިޑް (ނޮވެމްބަރު 26) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު ބަދަލު ހިފުމުގެ ރޫހެއް ރެއާލް މެޑްރިޑްގެ ކިބައިގައި ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް އަތުން ޕީއެސްޖީ ދަނޑުގައި އެ ޓީމު މޮޅުވީ 3-0 އިންނެވެ. ޕީއެސްޖީން މިހާރު ވެސް މި ގްރޫޕުން އަނެއް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މިރޭގެ މެޗުން މޮޅުވެގެން ރެއާލަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު ހޯދޭނެ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުނީ ރެއާލްގެ ވިސްނުން ހުރީ ރަނގަޅު ކުޅުމެއް ދައްކައި މޮޅުވުމަށް ކަމަށެވެ.
"އަހަރެމެންނެއް ނޫޅެން މި ގްރޫޕުގައި ކުރިން ކުޅުނު މެޗެއްގެ ބަދަލުހިފާކަށް. އެ ރޫހެއް ނުވެސް ނެތް. އެކަމަކު އަހަރެމެން ބޭނުން ވަރަށް މޮޅަށް ކުޅެގެން ރަނގަޅު ނަތީޖާއެއް ނެރެ އަހަރެމެން މި އޮތް ފޯމު ދަމަހައްޓަން. މިއީ އަހަރެމެން މި ވަގުތު ހޯދާފައި އޮތް ކުރިއެރުން ވަޒަންކޮށްލަން ބަލާއިރު ވެސް ރަނގަޅު ނަތީޖާއެއް ނެރެން މުހިއްމު މެޗެއް،" ޒިދާން ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު އެންމެ ބޮޑު ސަމާލުކަމެއް ލިބޭނީ ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށެވެ. އޭނާ އަށް ރެއާލުގެ ކޯޗު ޒިދާނާއި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ. އެންމެ ފަހުން އޮތް ހަތަރު ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ވަނީ އެމްބާޕޭ ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ރެއާލުގެ ކޯޗު ޒިދާން މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި އެމްބާޕޭއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު، އެކަމާ ހިތްހަމަނުޖެހި ޕީއެސްޖީގެ ޑިރެކްޓަރު ލިއޮނާޑޯ ވަނީ ޒިދާނަށް ހޫނު ރައްދެއް ވެސް ދީފަ އެވެ. އަދި އެމްބާޕޭ އަށް ޒިދާން ނުފޫޒުފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ. ޕީއެސްޖީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ޒިދާން ވަނީ އެމްބާޕޭއާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ.
"އަހަރެން އެމްބާޕޭ ދަންނަތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. އޭނާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. މި ހުރިހާ ކަމެއް ފެށިގެންދިޔައީ އޭނަ ވަރަށް ކުރިން އައި ޓްރަޔަލެއްގައި މި ޓީމަށް. އެކަމަކު މި ވަގުތަށް ބަލާއިރު ހަނދާންނައްތާލައިގެން ނުވާނެ އެއީ އަހަރެމެންގެ ވާދަވެރި ޓީމުގެ ކުޅުންތެރިއެއް ކަން،" ޒިދާން ބުންޏެެވެ.
ރެއާލާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
ރެއާލް އަތުން ބަލިވުމުން ނިދަން އުނދަގޫވި: ޕޮޗެޓިނޯ
މެޗުން ބަލިވުމުން ޕީއެސްޖީ ރައީސްގެ ހަމަލާ ރެފްރީންނަށް
ބެންޒެމާގެ ހެޓްރިކުން ޕީއެސްޖީބަލިކޮށް ރެއާލް ކުއާޓާއަށް
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސްއަށް ނުކުޅެވޭނެ
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން
ފަހު މެޗުން މޮޅުވެ ރެއާލް އަނެއް ބުރަށް