13 މާޗް 2022
ޕެރިސް (މާޗް 13) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން، ޕީއެސްޖީ ކެޓުމުން އޭނާ އަށް ނިދަން ވެސް އުނދަގޫވިކަމަށް، ޕީއެސްޖީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
ޕެރިސް (މާޗް 13) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން، ޕީއެސްޖީ ކެޓުމުން އޭނާ އަށް ނިދަން ވެސް އުނދަގޫވިކަމަށް، ޕީއެސްޖީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެމްބާޕޭގެ ލަނޑު ރެއާލްގެ މައްޗަށް ޕެރިހުގައި ޕީއެސްޖީން ކާމިޔާބު ހޯދި އެވެ. ދެވަނަ ލެގުގައި މެޑްރިޑްގައި ކުޅެ ލީޑް ނެގީ ވެސް ޕީއެސްޖީ އެވެ. އެކަމަކު ދެވަނަ ހާފުގައި ކަރީމް ބެންޒެމާގެ ލަނޑުން ރެއާލްއިން 3-2 ގެ އެގްރިގޭޓުން މެޗު ކާމިޔާބު ކުރި އެވެ.
ޕޮޗެޓިނޯ ބުނީ ދެވަނަ ލެގުގައި ވެސް 60 ވަނަ މިނެޓް ރަނގަޅަށް ކުޅުނީ ޕީއެސްޖީ ކަމަށެވެ. އޭގެފަހުން މެޗު ކޮންޓްރޯލް ނުވެ އަތުން ދޫވުމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ އަމިއްލަ އަށް ކަމަށް ވެސް ޕޮޗެޓިނޯ ބުންޏެވެ.
"އަހަރެން ވަރަށް ބޮޑަށް ދެރަވި. ކަންތައްވީ ގޮތުން ވަރަށް ހިތްހަމަ ވެސް ނުޖެހުނު. ހިތްނުތަނަވަސްވި. އެހާ ފަސޭހަ ކަމަކަށް ނުވި. ނިދަން ވެސް އުނދަގޫވި،" ފްރާންސް ލީގުގައި މިއަދު ބޯޑޯ އާދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ވާހަކަ ދައްކަމުން ޕޮޗެޓިނޯ ބުންޏެވެ.
"އެކަމަކު އަހަރެމެން ޖެހޭނެ އަހަރެމެންގެ ޒިންމާ އަދާކުރަން. އެމެޗުން ބަލިވުމުން ނަފުސާނީގޮތުން އަހަރެމެންނަށް ކުރިމަތިވި ހާލަތުން އަރައިގަންނަމުން މިދަނީ. އޭގެ މާނައަކީ ނަފުސާނީ ގޮތުން އަހަރެން ވަރުގަދަ ނުވުމެއް ނޫން."
މިހާރު ޕީއެސްޖީ އަށް އޮތީ ފްރާންސް ލީގު ހޯދަން މަސައްކަތް ކުރުމެވެ. ޕީއެސްޖީ ހިންގުމާ 2011 ގައި ގަތަރުގެ އޯނަރުން ހަވާލުވި ފަހުން އެޓީމުގެ ސަޕޯޓަރުން ވަނީ ފުރަތަމަ ފަހަރަށް މެނޭޖުމެންޓް އިސްތިއުފާ ދިނުމަށް ގޮވައިލައިފަ އެވެ. މިއަދު ކުޅޭ މެޗުގައި ސްޓޭޑިއަމް ކައިރީގައި މުޒާހާރާ ކުރުމަށް ވެސް ޕީއެސްޖީގެ ސަޕޯޓަރުންގެ ގުރޫޕަކުން ވަނީ ނިންމައިފަ އެވެ.
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
މެޗުން ބަލިވުމުން ޕީއެސްޖީ ރައީސްގެ ހަމަލާ ރެފްރީންނަށް
ބެންޒެމާގެ ހެޓްރިކުން ޕީއެސްޖީބަލިކޮށް ރެއާލް ކުއާޓާއަށް
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސްއަށް ނުކުޅެވޭނެ
ޕީއެސްޖީއާ އެކު ޕޮޗެޓީނޯ ފުރަތަމަ ތަށި އުފުލާލައިފި
ޕޮޗެޓީނޯއާ އެކު ޕީއެސްޖީގެ ފުރަތަމަ މެޗު އެއްވަރު
ފަހު މެޗުން މޮޅުވެ ރެއާލް އަނެއް ބުރަށް