28 ސެޕްޓެމްބަރ 2016
ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ހުރިހާ އެއްޗެއް ފަސޭހައިން ފޯރުކޮށްދިނުން އަދި ފެން ތަހުލީލު ކުރުމުގެ ހިދުމަތާ އެކު އެމްޑަބްލިއުއެސްސީ އިން މިރޭ މާލޭގައި ޝޯރޫމެއް ހުޅުވައިފި އެވެ.
ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ހުރިހާ އެއްޗެއް ފަސޭހައިން ފޯރުކޮށްދިނުން އަދި ފެން ތަހުލީލު ކުރުމުގެ ހިދުމަތާ އެކު އެމްޑަބްލިއުއެސްސީ އިން މިރޭ މާލޭގައި ޝޯރޫމެއް ހުޅުވައިފި އެވެ.
ފެން ބިލްޑިންގަށް ވަނުމަށް ނިކަގަސްހިނގުމުގައި ކުރިން ހުންނަ ދޮރާ ދިމާވާ ގޮތަށް ހަދާފައިވާ ޝޯރޫމް ހުޅުވައިދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
ޝޯރޫމް ހުޅުވުމަށް އެ ތަނުގެ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަަޝީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ފެނާއި ނަރުދަމާ އަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވީހާ ވެސް ފަސޭހައިން އާންމުންނަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި، ފެން ބިލްޑިންގްގައި އަލަށް އިމާރާތްކުރަމުންދާ ބަޔަށް ޝޯރޫމް ބަދަލުކޮށް، މިހާރަށް ވުރެ ބޮޑު ޝޯރޫމެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކަށް ވަނީ އެމްޑަބްލިއުއެސްސީ މިހާރަށް ވުރެ އެހެން ހަރުފަތަކަށް ގެންދިޔުން،" ފަޒުލް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ޝޯރޫމް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް މިރޭ ހުޅުވައިދެއްވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް މިނިސްޓަރުގެ އަރިހުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ޝޯރޫމެއް ހުޅުވުމަކީ ވަރަށް މުހިންމު އަދި ބޭނުންވެފައިވާ ކަމެއް ކަމަށެވެ. ފެނާއި ނަރުދަމާ އަށް ބޭނުންވާ ވަސީލަތްތައް މި ޝޯރޫމް އިން ލިބެން ހުރުމަކީ ކުދި ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އެމްޑަބްލިޔުއެސްސީ އިން ހިންގަމުންދާ ނަރުދަމާ އާއި ފެނުގެ މަޝްރޫއުތައް ހަލުވިކުރެވޭނެ ގޮތްތައް ހޯދުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. އަދި މަޝްރޫއުތަކުގެ އަގުހެޔޮ ކުރެވޭނެ ގޮތަކަށް ބިޑް ކުރާއިރު ބެލުމަށާއި ސީއެސްއާރުގެ ދަށުން އެ ކުންފުނިން ހިންގާ ކަންތައްތައް އިތުރުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މިރޭ ހުޅުވި އެމްޑަބްލިއުއެސްސީގެ ޝޯރޫމް: މިތަން ހުންނަނީ ފެންބިލްޑިންގަށް ވަނުމަށް ނިކަގަސްހިނގުމުގައި ކުރިން ހުންނަ ދޮރާ ދިމާވާ ގޮތަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޑަބްލިޔުއެސްސީ އިން ބުނީ ފެނުގެ ތަހުލީލް ހެދުމުގެ އިންތިޒާމްގެ އިތުރުން، ފެނާއި ނަރުދަމާ އަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއް ޝޯރޫމް އިން ގަންނަން ލިބޭނެ ކަމަށެވެ. އަދި ފެން އުފައްދާ ޕްލާންޓަތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި އެކި ވައްތަރުގެ ހޮޅި އަދި ފިޓިންސް ވެސް އެ ތަނުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި އެމްޑަބްލިޔުއެސްސީ އިން މިދިޔަ އަހަރު އުފައްދަން ފެށި އެ ކުންފުނީގެ އަމިއްލަ ހޮޅީގެ އެކި ސައިޒްތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން، ރިސޯޓްތަކަށް ހާއްސަކޮށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ދިނުމަށް މިދިޔަ މާޗް މަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީން ތައާރަފްކުރި ޔުޓިލިޓީ ސޮލިއުޝަންސް ޕެކޭޖްތަކުގެ މުއާމަލާތް ވެސް ޝޯރޫމް އިން ކުުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.
މާލޭގެ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން ފަށައިފި
ހިތަދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ބޮޑު މަޝްރޫއެއް
ތިން ރަށެއްގައި ބޯފެނާއި ނަރުދަމާ ގާއިމްކުރަނީ
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ
އުތުރުގެ ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތަކެއް
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
މާދަމާއިން ފެށިގެން ހިޔާ ފްލެޓްތަކަށް ފެންބިލް ފޮނުވާނެ
އެމްޑަބްލިއުއެސްސީން 31 ރަށެއްގެ ނަރުދަމާގެ މަޝްރޫއު!
ރަސްދޫގެ ފެން ޕްލާންޓް އަންނަ ހަފުތާގައި ހުޅުވަނީ