04 އެޕްރީލް 2017
މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 75 މިލިއަން ރުފިޔާ އަށެވެ. ހެންވޭރު ކާނިވާ ސަރަހައްދުން ބޮޑުތަކުރުފާނުމަގުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ މާލޭގައި ނަރުދަމާގެ ނިޒާމެއް 32 އަހަރު ކުރިން ގާއިމު ކޮށްގެން މިހާތަނަށް އައިއިރު، އެ ނިޒާމަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވާ ކަމަށެވެ.
މާލޭގައި ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް (ކ) އާއި ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެންވެ، މާލޭގެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ދިމާވެފައިވާ ކަމާއި ހާއްސަކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ޖަންކްޝަންތަކުން ލީކުވަމުން ދިޔަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން، މާލެއަށް އަޅާނުލެވި އޮތް މިންވަރު މި އެނގެނީ. މާލޭގެ އެކިކަންކޮޅުތަކުން މީހުން ދިރިއުޅެން އާދޭ. ނަމަވެސް މިކަހަލަ އަސާސީ ޚިދުމަތެއް އަޕްގްރޭޓް ނުކުރެވި މިހާ ގިނަ ދުވަސްވުމަކީ ވަރަށް ދެރަ ކަމެއް،" ތޯރިގް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އަންނަނީ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީރުން ތިއްބެވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް އެކުއެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ރާއްޖެ އަށް ގެންނަ ތަރައްގީ "ލޮލުން ފެންނަމުން" ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވާހަކަ ދައްކަވަނީ، އަންނަ އަހަރުގެ ނިޔަލަށް ނަރުދަމާ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު އެއްކޮށް ނިމިގެން ދާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީކޮށް އަންނަ އަހަރު ނިމުމުން އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. ފަޒުލް ވިދާޅުވި ގޮތުގައި މިއީ 300،000 މީހުންގެ އާބާދީއަކަށް ނަރުދަމާ ނިޒާމް ތަރައްގީ ކުރުމުގެ މަޝްރޫއެކެވެ.
"މި އަހަރު ތެރޭގައި އަޅުގަނޑުމެންގެ ޕަމްޕް ސްޓޭޝަންގެ ތެރެއިން ހަތް ސަރަހައްދެއްގައި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ދާނެ،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ މަސައްކަތް ނިމޭއިރު 8،000 އާ ގާތްކުރާ އަދަދެއްގެ ނަރުދަމާގެ ވިއުގައި އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ. މާލޭގައި ނަރުދަމާގެ ނިޒާމަކީ މީގެ 30 އަހަރުގެ ކުރީގެ ނެޓްވޯކަކަށް ވުމުން، އެ މަސައްކަތް ތަރައްގީ ކުރަން ފެށުމުން އާންމުންނަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ތަރައްގީގެ ދުވެލި އިތުރަށް ހަލުވި ކުރުމެވެ. އެ ގޮތުން މާލޭގެ ތިން ސަރަހައްދެއްގައި ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެން ދާނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ. މާލޭގެ ދެ ސަރަހައްދެއްގައި މިހާރު ވެސް ފެން އުފައްދަ އެވެ.
މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ، މިކަހަލަ މަޝްރޫއެއް ހިންގާ ކަމަކީ ރައްޔިތުން އުފާ ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ މާލޭގެ ގޭބިސީތައް އިތުރުވެގެން ދިއުމާއި ގެތައް އިމާރާތް ކުރާތީ، މާލޭގެ ނަރުދަމާ ނިޒާމު ތަރައްގީ ކުރުމަކީ ރައީސް ޔާމީން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރަން ނިންމެވި މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން މާލޭގެ ނަރުދަމާގެ ނިޒާމު އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މާލެ އަށް ކޮންމެހެން ބޭނުންވެފައި އޮތް ކަމެއް، މާލެ އަށް ތަރައްގީ އައިސް، މީހުން އިތުރުވާއިރު، މިކަހަލަ މަޝްރޫއެއް ހިންގާ ކަމީ އުފާ ކުރާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.
މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީއަށް އަމާޒުކޮށެވެ. އެކަމަކު މާލޭގެ އާބާދީ މިހާރު ދެ ލައްކައާ ގާތްކުރާއިރު، މުޅި ނިޒާމަށް ބާރުބޮޑުވެ، ޖަންކްޝަންތަކުން ނަޖިސްލީކުވުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ.
ފެނުގެ އަގު ދަށްކުރެވޭނީ ހިއްސާ ބަދަލުކޮށްގެން: ޒަމީރު
އެމްޑަބްލިއުއެސްސީގެ ޝޯރޫމެއް ހުޅުވައިފި
ތިން ރަށެއްގައި ބޯފެނާއި ނަރުދަމާ ގާއިމްކުރަނީ
ނަޖިސް ލީކުވުން ހުއްޓުވަން 75 މިލިއަންގެ މަޝްރޫއެއް
ހިތަދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ބޮޑު މަޝްރޫއެއް
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
މާފަންނުގެ ވަކި ހިސާބުތަކުން މިރޭ ފެން ކެނޑޭނެ
ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
ބިލިއަން ރުފިޔާގެ މަޝްރޫއު ފެން ކުންފުންޏަށް
ބާ ފެން މީޓަރުތައް ބަދަލުކުރަނީ