09 އޮކްޓޯބަރ 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ޖަޕާނުގެ ހިޓާޗީ ޕްލާންޓް ޓެކްނޮލޮޖީ އަށް ވިއްކާފައިވާއިރު، މާލޭގެ ފެނުގެ އަގު ދަށް ކުރެވެން އޮތީ އެ ހިއްސާ ދިވެހިންގެ މައްޗަށް ބަދަލުކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ޖަޕާނުގެ ހިޓާޗީ ޕްލާންޓް ޓެކްނޮލޮޖީ އަށް ވިއްކާފައިވާއިރު، މާލޭގެ ފެނުގެ އަގު ދަށް ކުރެވެން އޮތީ އެ ހިއްސާ ދިވެހިންގެ މައްޗަށް ބަދަލުކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ އާ މަރުކަޒު، "އާރް.އޯ. އެނެކްސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނި ވިލަރެސް ކުރައްވާ މިނިސްޓަރުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ހިޓާޗީ ކުންފުންޏަށް ވިއްކާފައިވާ ހިއްސާ ދިވެހިންނަށް ބަދަލުކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެކަން ކުރާ ނަމަ 30-40 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ހޭދަކުރަން ޖެހޭނެ އެވެ. އެކަމަކު އެކަމާ ގުޅޭ ކަރުދާހެއް މިހާރު ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައިވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އަދި އެކަމާ މެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ހިއްސާ 2010 ގައި ނަޝީދުގެ ސަރުކާރުން ހިޓާޗީ ކުންފުންޏަށް ވިއްކާލި މައްސަލާގައި ޒަމީރު ވަނީ ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑަބްލިއުއެސްސީގެ ހިއްސާ ހިޓާޗީ ކުންފުންޏަށް ވިއްކާފައި ވަނީ ވެސް ނުއަގުގަ އެވެ.
ޒަމީރު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓުގެ ހިއްސާގެ އަގަކީ 25 މިލިއަން ޑޮލަރު ކަމަށް ވިޔަސް އެ ހިއްސާ ހިޓާޗީ ކުންފުންޏަށް ވިއްކާލީ 16 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި ނަޝީދުގެ ސަރުކާރުން އެގޮތަށް އަމަލުކުރީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވެސް އެ ހިއްސާ ބައްލަވައިގަންނަން ބޭނުންވެފައި ވަނިކޮށް ކަމަށް ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޓާޗީ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގައި، އާމްދަނީ ލިބޭ މިންވަރު 12 ޕަސެންޓުގައި ހިފަހައްޓަންޖެހޭ ކަމަށާއި އޭގެ ސަބަބުން ފެނުގެ އަގު ދަށް ނުކުރެވޭނެ ކަމަށެވެ.
"އައިއާރުއާރު [އިންޓާނަލް ރޭޓް އޮފް ރިޓާން] މެއިންޓެއިން ކުރަންޖެހޭ 12 ޕަސެންޓުގައި. ދެން ކިހިނެއްތޯ ފެނުގެ އަގު ހެޔޮ ކުރާނީ؟" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިން ކޮށްފައި އޮތީ 25،000-50،000 އާ ދެމެދުގެ އާބާދީއަކަށް ކަމުގައި ވިޔަސް މާލޭގެ އާބާދީ އިތުރުވަމުން އައި މިންވަރާ އެއްވަރަށް ޚިދުމަތް ދިނުމަށް ވެސް ނަޝީދުގެ ސަރުކާރުން ވިސްނާފައި ނެތް ކަމަށެވެ. އެހެންވެ ފެނުގެ ޚިދުމަތް ދިނުމަށް މާލޭގައި ހައި ޕްރެޝަ ނެޓްވޯކެއް ވެސް އަޅަން ޖެހުނީ ރައީސް ޔާމީންގެ ސަރުކާރަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ސޯޅަ މިލިއަން ޑޮލަރަށް މިއޮތް ބޮޑު ކުންފުނީގެ ހިއްސާ ވިއްކުން ފިޔަވައި ހަމަ އެއްވެސް ކަމެއް [ނަޝީދުގެ ސަރުކާރުގައި] ކޮށްފައެއް ނުވޭ. އައިއާރުއާރު މެއިންޓެއިން ކުރަންޖެހޭ. ބޭރުގެ ކުންފުންޏާއެކު ނޫނިއްޔާ ބޯޑު މީޓިންއެއް ވެސް ނުބޭއްވޭ. އެއްވެސް ޑިސިޝަނެއް ނެގެނީކީއެއް ނޫން މި ހަދާފައި އޮތް ކޮންޓްރެކްޓްގެ ސަބަބުން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޓާޗީއާ އެކު އެއްބަސްވުން ހަދާފައި އޮތީ ވެސް އެ ހިއްސާ ބަދަލުކުރެވޭނެ ފަސޭހަ ގޮތެއް ނެތި އެވެ. އެހެންވެ އޭގެ ސަބަބުން ވެސް އުނދަގޫތަކެއް ދިވެހި ސަރުކާރަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އަނެއްކާ ވެސް އެއްކަލަ ޖީއެމްއާރު ގޮތަށް އެތައް މިލިއަން ޑޮލަރެއް ދީފައި މި ހިއްސާ ގަންނަންވީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ފެނުގެ އަގު ހެޔޮ ކުރާ ކަމަށް ވަންޏާ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ދިނުމަށް ހިޓާޗީ ކުންފުނިން ކިޔަނީ 30 މިލިއަން ޑޮލަރު ކަމަށެވެ. އެއީ ބޮޑު އަގެއް ކަން ޒަމީރު ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި ނަމަ، ފެނުގެ އަގު ދަށްކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރަށް ޖެހޭނީ ބޮޑު އަގުގައި ފެން ވިއްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާސްހިސާބަށް އަލިއަޅުވާލައްވަމުން ޒަމީރު ވިދާޅުވީ 2010 އިން ފެށިގެން މިހާތަނަށް 172 މިލިއަން ރުފިޔާ އަށް ވާ މިންވަރަށް ހިޓާޗީ ކުންފުނިން ޑޮލަރު ބޭރުކޮށްފައިވާ ކަމަށެވެ.
"ފެނުގެ އަގު ކުޑަކުރެވޭނީ ޖީއެމްއާރު އެއާޕޯޓަށް ދެއްކި ގޮތަށް 300 މިލިއަން ޑޮލަރެއް ނޫން، އެކަމަކު ސާޅީހަކަށް މިލިއަން ޑޮލަރު [ހިޓާޗީ ކުންފުންޏަށް] ދައްކަން ޖެހޭނެ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް މިކަމެއް ނުވާނެ،" ޒަމީރު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ނަޝީދުގެ ސަރުކާރުން ހިޓާޗީ އަށް ވިއްކުމާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ތިއްބެވީ ނަޝީދުގެ ފަޅީގަ އެވެ.
ޒަމީރު މިރޭ ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ކަންކަން މިހާރު ރާވާފައިވާ ގޮތުން ނަމަ، އަލިފާން ރޯވުން ފަދަ ކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ޕްލޭން ހަދާފައި ވަނީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.
މިރޭ ހުޅުވި "އާރް.އޯ. އެނެކްސް" ގެ 5,000 ޓަނުގެ ފެން އުފައްދާ ޕްލާންޓާއެކު، ދުވާލެއްގެ މައްޗަށް 25,000 ސީ.ބީ.އެމް ގެ ފެން އުފެއްދުމުގެ ގާބިލުކަން އެމްޑަބްލިއުއެސްސީ އަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މިއީ މާލެ އަށް ފެން ބޭނުންވާ މިންވަރަށް ބަލާއިރު ފެނުގެ ރައްކާތެރިކަމަށް ލިބުނު 25 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
މާލޭގެ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން ފަށައިފި
ޖަޕާނުން ރާއްޖެ އަށް 15 މިލިއަން ރުފިޔާ ދީފި
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ޖަޕާނުން ރާއްޖެއަށް އުޅަނދަކާއި ފައިސާ އެހީ
ސާފު ބޯފެން އުފައްދާ ނިޒާމެއް ގުޅިފަޅުގައި ހަދަނީ
"ސަރުކާރުން އުޅެނީ ކޮމަންޑުއަށް ޖެއްސި ހާލު ޖައްސަން"
"ދައުލަތަށް ބުރަ ނުވާނީ މާލެ މީހުންނަށް ގޯތި ދީގެން"
މާލެއިން ބިން ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް
މާފަންނުގެ ވަކި ހިސާބުތަކުން މިރޭ ފެން ކެނޑޭނެ
ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި