Roadha Mihaaru
މާފަންނުގެ ވަކި ހިސާބުތަކުން މިރޭ ފެން ކެނޑޭނެ

މާފަންނުގެ ވަކި ސަރަހައްދުތަކަކުން މިރޭ ތިން ގަޑިއިރަށް ފެނުގެ ޚިދުމަތް ކެނޑޭނެ

14 ފެބުރުއަރީ 2021

މާފަންނުގެ ވަކި ސަރަހައްދުތަކަކުން މިރޭ ދަންވަރު 11:00 އިން 2:00 އަށް ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާފަންނުގެ ވަކި ސަރަހައްދުތަކަކުން މިރޭ ދަންވަރު 11:00 އިން 2:00 އަށް ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ޝަހީދު އަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަޅާފައިވާ ފެން ހޮޅި ވަޅުލުމަށް އެ ސަރަހައްދުގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. މިއީ މާލޭގެ "ސްޓްރީޓް ސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން އެމްޑަބްލިއުއެސްސީން ކުރަމުން އަންނަ މަސައްކަތެކެވެ.

ފެނުގެ ޚިދުމަތް މިރޭ މެދުކެނޑޭނީ ފުލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގެތަކާއި ހަވީރީ ހިނގުމާއި ފުލޫނިޔާ މަގާ ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގެތަކަކުންނެވެ.

މި މަސައްކަތް ކުރިއަށް ގެންދާ ވަގުތު، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން މާފަށް އެދެ އެވެ.