Roadha Mihaaru
ހިތަދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ބޮޑު މަޝްރޫއެއް

ހިތަދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރަން 109 މިލިއަނަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

08 ސެޕްޓެމްބަރ 2016

ސ. ހިތަދޫގެ އުތުރާއި ދެކުނުގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް 109 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސ. ހިތަދޫގެ އުތުރާއި ދެކުނުގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް 109 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 15 މަސް ދުވަހުގެ ތެރޭގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ މި މަޝްރޫއު ނިމުމުން އާބާދީގައި 6100 އުޅޭ ހިތަދޫގެ 871 ގެއަށް ނަރުދަމާގެ ނިޒާމު ގާއިމު ކުރެވޭނެ ކަމަށެވެ.

ހިތަދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތޯރިގް (ވ) ވާހަކަ ދައްކަވަނީ. މި އެއްބަސްވުމުގެ ދަށުން 6100 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: އެންވަޔަރުމަންޓް މިނިސްޓްރީ

މިނިސްޓަރުގެ ވާހަކައިގައި، އިދިކޮޅު ފަރާތްތަކުން ބޭރުގެ އެކިއެކި ފަރާތްތަކަށް ދޮގު މައުލޫމާތުދީ ރާއްޖޭގެ ތަރައްގީއަށް ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އެކަން ހުއްޓާލެއްވުމަށް ގޮވާލެއްވި އެވެ. އަދި މަޝްރޫއުތައް ހުއްޓޭ ނަމަ، ގެއްލުންވާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދެވޭނެކަން މިއޮތީ ސާބިތުކޮށްދީފައި،" ތޯރިގް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ ހިތަދޫގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް އެއް އަހަރާއި ތިން މަސް ދުވަސްތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. އެގޮތުން އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ވެސް އެ މަސައްކަތް ކުރިއަށް އެބަދެ އެވެ.