ރިޔާޒް (ނޮވެމްބަރު 17) – ބައެއް ރެފްރީން އުޅެނީ ލިއޮނަލް މެސީގެ ސަޕޯޓަރުން ގޮތަށް ކަމަށް ބުނެ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ރިޔާޒް (ނޮވެމްބަރު 17) – ބައެއް ރެފްރީން އުޅެނީ ލިއޮނަލް މެސީގެ ސަޕޯޓަރުން ގޮތަށް ކަމަށް ބުނެ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
މި އަހަރު ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އައި ސަސްޕެންޝަނަށް ފަހު އެނބުރި އައިސް މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ވާދަވެރި ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ތެރެއިން ބްރެޒިލްގެ ކޯޗު ޓީޓޭ އާއި މެސީ ވެސް ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.
މެޗަށް ފަހު އެންމެ ބޮޑަށް މެސީ އަށް ފާޑުކީ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ. ތިއާގޯ ސިލްވާ ބުނީ ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީން އުޅުނީ މެސީ އަށް ހާއްސަ ހިމާޔަތެއް ދީގެން ކަމަށާއި މެސީ ފައުލުކުރި ނަމަވެސް ކާޑު ނުދައްކާ ކަމަށެވެ.
"މެޗުގެ އޮފިޝަލުން (ރެފްރީން) މުޅިން އުޅުނީ ވަކި މީހަކަށް ސަމާލުވެގެން. އެއީ މެސީ އަށް. އޭނާ އޭގެ ފައިދާނަގައި ނުރައްކާތެރި ތަންތަނުން ހިލޭ ޖެހުން ހޯދުމާއި އެއްލުން ހޯދުން ފަދަ ކަންތައްތައް ހިނގާ. މެސީ އޭނާގެ ނުފޫޒު ރެފްރީންނަށް ފޯރުވާ،" ތިއާގޯ ސިލްވާ ބުންޏެވެ.
ތިއާގޯ ސިލްވާ ބުނީ ސްޕެނިޝް ލީގުގައި ކުޅޭ އޭނާގެ ބައެއް ކުޅުންތެރިންގެ ވެސް ޝަކުވާ އަކީ މެސީ އަށް ރެފްރީންގެ ހިމާޔަތް ލިބި ބައެއް އޭގެ ބޭނުން ނުރަނގަޅު ގޮތުގައި އޭނާ ހިފުން ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ސްޕެނިޝް ލީގުގައި މެސީ އަށް ފަސޭހައިން ހުރިހާ ކަމެއްވާއިރު، ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ނަތީޖާތަށް ދަށްވުން ކަމަށެވެ.
"މެސީ އެ ނުފޫޒު ނުރަނގަޅު ގޮތުގައި ބޭނުން ހިފަން މަސައްކަތް ނުކުރި ނަމަވެސް މީގެ އެބައޮތް އެހެން ކަމެއް. ބައެއް ފަހަރު މެސީ އަށް ރަނގަޅަށް ކަންތައްތައް ކޮށްދޭހިތުން ވެސް ރެފްރީންނަށް އުޅެވޭ އޭނާގެ ސަޕޯޓަރުން ހެން. އެ މީހުން (ރެފްރީން) ބޭނުންވޭ މެސީ އަށް ރަނގަޅު ގޮތްވާން،" ތިއާގޯ ސިލްވާ ބުންޏެވެ.
އޭނާ ބުނީ އާޖެންޓީނާ އަތުން ބްރެޒިލް ބަލިވުމުގައި އޮތް އެއް ސަބަބަކީ ފުރަތަަމަ އެގާރައިގައި ނޭމާ ނެތުން ކަމަށެވެ. އަދި މެޗުގައި ބްރެޒިލަށް ވެސް ނަތީޖާ ނެރެވޭނެ ވަރުގެ ފުރުސަތުތައް ލިބިގެންދިޔަ ކަން ތިއާގޯ ސިލްވާ ފާހަގަކުރި އެވެ.
ބްރެޒިލް، ނޭމާ، ވީއޭއާރް، ރެފްރީ ބަލިކުރަން ޖެހޭ
މެސީގެ ގޯލުން އާޖެންޓީނާ އިން ބްރެޒިލް ބަލިކޮށްފި
ފަސޭހަނުވާނެ، ބްރެޒިލް ބަލިކުރެވޭނެ: މެސީ
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
އާޖެންޓީނާ ވޯލްޑް ކަޕަށް، އުފާފާޅުކުރާނީ ބްރެޒިލް ބަލިކޮށްގެން
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް