ރިޔާޒް (ނޮވެމްބަރު 16) – ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރޭ ސައުދީ އަރަބިއާގައި ވާދަވެރި ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
16 ނޮވެމްބަރ 2019
ރިޔާޒް (ނޮވެމްބަރު 16) – ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރޭ ސައުދީ އަރަބިއާގައި ވާދަވެރި ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
މި ސަސްޕެންޝަނަކީ ޖުލައި މަހު އޮތް ކޮޕާ އެމެރިކާގެ ސެމީ ފައިނަލުން ބްރެޒިލް އަތުން އާޖެންޓީނާ ބަލިވުމުން މެސީ ދެއްކި ވާހަކަތަކާ ގުޅިގެން ކުރިމަތިވި ތިން މަހުގެ ސަސްޕެންޝަކެވެ. އޭނާ އޭރު ބުނީ ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން އޮތީ ކޮރަޕްޓްވެފައި ކަމަށެވެ.
ރިޔާޒްގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި މެސީ ލަނޑު ޖެހީ 13 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ޕެނަލްޓީއެއް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކޮށް ފޮނުވާލި ވަގުތު އަލުން ގޯލަށް ވައްދާލައިގެންނެވެ. އޭގެ ތިން މިނެޓު ކުރިން ބްރެޒިލްގެ ގެބްރިއަލް ޖީސުސް އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ. އަނިޔާގެ ސަބަބުން ބްރެޒިލްގެ ނޭމާ މި މެޗުގައި ނުކުޅެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި ދާދި ފަހުން ހެޓްރިކެއް ހެދި ރެއާލް މެޑްރިޑުގެ އުމުރުން 18 އަހަރުގެ ފޯވާޑް ރޮޑްރީގޯ ވަނީ އޭނާގެ އަލަތު މެޗު ބްރެޒިލަށް ރޭ ކުޅެދީފަ އެވެ.
ޔޫރޯ އާއި އޭޝިއަން ކަޕުގެ ކޮލިފައިން ކުރިއަށްދާތީ ދެކުނު އެމެރިކާގެ ގައުމުތަކުން މި އިންޓަނޭޝަނަލް ބްރޭކުގެ ބޭނުން ހިފަނީ އަންނަ މާޗުގައި ފަށާ ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވާށެވެ. އާޖެންޓީނާ އަށް ދެން އޮތީ ހޯމަ ދުވަހު އުގުރުއޭއާ ދެކޮޅަށް އިޒްރޭލުގެ ތެލް އަވީވްގައި ކުޅޭ މެޗެކެވެ. އެކަމަކު ސަލާމަތީ ގޮތުން ރައްކާތެރިނުވާތީ އެ މެޗު ކެންސަލްވުމުގެ ފުރުސަތު އެބައޮތެވެ.
ބްރެޒިލުން ނުކުންނާނީ އަންގާރަ ދުވަހު އަބޫ ދާބީގައި ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން ބްރެޒިލް ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިވާތީ އަހަރު ނިންމާލުމުގެ ކުރިން މޮޅެއް ހޯދަން ކޮރެއާ މެޗުގެ މުހިއްމުކަން ބޮޑެވެ.
ބްރެޒިލް، ނޭމާ، ވީއޭއާރް، ރެފްރީ ބަލިކުރަން ޖެހޭ
ރެފްރީން އުޅެނީ މެސީގެ ސަޕޯޓަރުން ގޮތަށް: ސިލްވާ
ފަސޭހަނުވާނެ، ބްރެޒިލް ބަލިކުރެވޭނެ: މެސީ
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
އާޖެންޓީނާ ވޯލްޑް ކަޕަށް، އުފާފާޅުކުރާނީ ބްރެޒިލް ބަލިކޮށްގެން
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް