14 ނޮވެމްބަރ 2019
ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފް ކަމަށާއި އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކުކަން، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފް ކަމަށާއި އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކުކަން، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ނިންމައި، މިއަދު ވަނީ ކަމާ ގުޅުން ހުރި އިދާރާތަކަށް ފޮނުވައިފަ އެވެ.
އަޒްލިފް ރައޫފް
އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. ޝާން އަކީ، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އަދި އޭނާ އަކީ މިހާރުގެ ސިޔާސީ ބައެއް އިސްބޭފުޅުންގެ ގާތް އެކުވެރިއެކެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އަލީ ޝާން (ސަޓޯ). އޭނާ ދޫކޮށްލީ ކުށް ސާބިތު ނުވުމުން. ނަމަވެސް ކަމާ ގުޅުން ހުރި އިދާރާތަކަށް ރައީސް މިއަދު ފޮނުއްވި ރިޔާސީ ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ޝާންގެ ބައިވެރިވުން ވެސް އޮތް ކަމަށް.
ޝާން އާއި ހުމާމްގެ އިތުރުން އޭރު އުމުރުން 18 ނުފުރޭ ކުއްޖަކަށް ވެސް ދައުވާކުރި އެވެ. އޭނާގެ ބައިވެރިވެރިވުން ވެސް ވަރަށް ބޮޑަށް އޮތްކަން ވަނީ ހާމަވެފަ އެވެ. އަފްރާޝީމަށް ހަމަލާ ދިނުމަށް އަޒްލިފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގައި އޭނާ އަށް އެހީވާ މީހުންނާއި ކުދިންނެވެ.
ޑރ. އަފްރާޝީމް އަލީ: އޭނާގެ މަރަށް ހަތް އަހަރު ވި އިރު ވެސް އެ މަރުގެ ފަހަތުގައި ތިބި މީހުން ތިބީ ސިއްރުވެފައި. --ފޮޓޯ/މަޖިލީސް
އަފްރާޝީމް އަވަހާރަކޮށްލި ރޭ، އޭނާ އުޅުއްވި ހ. ފުންވިލުގޭ ކައިރީގައި އެ ރޭ ސައިކަލެއްގައި އިންނަ މީހެއްގެ ވީޑިއޯ ކޮމިޝަނުން ހާމަކޮށްފައި ވާއިރު އެ މީހަކީ އަޒްލިފް ކަމަށާއި އޭނާ ގެންދިޔައީ އަފްރާޝީމަށް ހަމަލާ ދޭނެ ގޮތްތައް ރާވައި އެކަމުގައި ބައިވެރިކުރި މީހުންނަށް އިރުޝާދުތައް ދެމުންކަން ވެސް ތަހުގީގަށް އެނގިފައިވެ އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި އަޒްލީފުގެ މައްސަލަ ފަހުން ތަހުގީގުކުރަމުން ދަނިކޮށް އޭނާ ވަނީ 2015 ވަނަ އަހަރު ފުރައިގެން ރާއްޖޭން ބޭރަށް ގޮސްފަ އެވެ. ފަހުން ޚަބަރު ފެތުރުނު ގޮތުގައި އޭނާ ވަނީ ސީރިއާ ހަނގުރާމާގައި މަރުވެފަ އެވެ. ނަމަވެސް އެކަން ރަސްމީ ގޮތެއްގައި ކަށަވަރުވެފައެއް ނުވެ އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެ މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް (ކ) ކޯޓަށް ވައްދަނީ. --ފޮޓޯ/މިހާރު
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން އަޒްލިފާ ހަވާލުކުރީ އަފްރާޝީމާ ދީނީ ގޮތުން ޚިޔާލު ތަފާތުވާ ބަޔަކު އެވެ. ތަހުގީގަށް، އެއީ ކޮން ބައެއްކަން ވެސް އެނގިފައިވެ އެވެ. އަދި މިއީ ސިޔާސީ ބޭނުމެއްގައި ކުރި ގަތުލެއް ކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ގެޔަށް ވަދަވެވަޑައިގަތުމާ އެކު ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ ކަރަށާއި ބޮލަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
އަފްރާޝީމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރެވޭކަށްނެތް
ޝަހީމަށް ކުރި ތުހުމަތުގެ ހަގީގަތަކީ ކޮބާ؟
ސިޔާސީ ކަމެކޭ ބުނީ އޭރު ލިބުނު މައުލޫމާތުން: ރިޔާޒް
އަދީބާ ބެހޭ ގޮތުން ނާޒިމް ހެދީ ދޮގު: އާއިލާ
4 މިލިއަނާ ގުޅޭ ގޮތުން ޖާގެ އޯޑިއޯ ވީތަނެއް ނޭނގޭ!
ބަޔަކު ހޯދަނީ އަފްރާޝީމްގެ މަރުގެ މައްސަލާގައި
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
މީހުން ގެއްލުވާލުން ހުއްޓުވާ މުއާހަދާއަށް ރުހުންދީފި
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން