26 ނޮވެމްބަރ 2019
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމުގެ ޖާގައެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމުގެ ޖާގައެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އަނިޔާވެރި ގޮތަކަށް މަރާލި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި ގިނަ ބައެއްގެ މައްޗަށް ތުހުމަތު ކުރި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި އެނގުނު ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުންނެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށާއި ދެ ރިލްވާން ވަގަށް ނެގުމުގައި ވެސް ބައިވެރިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.
އަފްރާޝީމާއި ރިލްވާނާ ގުޅޭ ރިޕޯޓު ސަރުކާރަށް ލިބިފައިވާތާ އެތައް ދުވަހެއް ވީ އިރު، ފުލުހުން އެޅީ ކޮން ފިޔަވަޅެއްތޯ ބެލުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ އެދިވަޑައިގަތުމަކަށް ދެ ފަހަރެއްގެ މަތިން ކޮމިޝަންގެ މެމްބަރުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ.
"ފުރަތަމަ ދެންނެވިން ރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ، ހައްޔަރު ކުރެވޭނެ އެއްވެސް މީހަކު ހުރިތޯ ކޮމިޝަންގެ ބޭފުޅުން ވިދާޅުވީ އެ ވަގުތުގައި އެކަން ދެންނެވެން ނެތް ކަމަށް،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރިޕޯޓުތަކާއި ގުޅިފައިވާ ހުރިހާ ބަޔާންތައް ދިރާސާ ކުރުމަށް ފަހު، އެއްވެސް މީހެއްގެ މައްޗަށް ހައްޔަރުކޮށް، ދައުވާއެއް ކުރުމަށް ފުރުސަތު އޮތްތޯ ބަލަން 24 ގަޑިއިރުގެ މުހުލަތެއް ދެއްވި ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ދިރާސާކޮށްގެން ގެނައުމަށް އެދިވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން، މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
"އޭގެ 24 ގަޑިއިރު ފަހުން އަޅުގަނޑު އެ ބޭފުޅުންނާ ބައްދަލު ކުރިން. އެ ބޭފުޅުން ވިދާޅުވި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރުގެ އަމުރެއް ނެރުމަށް އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރަން ޖާގައެއް ނެތް ކަމަށް،" މީކާއިލް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވި އެވެ.
އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.
ނަމަވެސް އިމްރާން ވިދާޅުވީ ސަޓޯގެ މައްސަލަ އިސްތިއުނާފް ކުރުމަށް އެއްވެސް ހެއްކެއް ލިބިފައި ނުވާތީ އިސްތިއުނާފް ކުރާނެ ޖާގައެއް ނެތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެހެން ކަމުން އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރު ކުރުމަށް އަދި ދައުވާ ކުރުމަށް ވެސް ފުރުސަތެއް އޮތް ނަމަ، އަޅުގަނޑު ދެންނެވިން މަޖިލިހުން ފާސްކޮށްދިން ހާއްސަ ގާނޫނެއް އޮތުމާ އެކުގައި އެ މައްސަލަ ކޯޓަށް ގެންދިއުމުން ފުލުހުން މިތިބީ ކޮމިޝަނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް ކަމަށް،" އިމްރާން ވިދާޅުވި އެވެ.
"އެކަމަކު މިއަދާ ހަމައަށް އެފަދަ އެއްވެސް ކަމެއް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްދީފައި ނެތް."
"...އޭގެ 24 ގަޑިއިރު ފަހުން އަޅުގަނޑު އެ ބޭފުޅުންނާ ބައްދަލު ކުރިން. އެ ބޭފުޅުން ވިދާޅުވި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރުގެ އަމުރެއް ނެރުމަށް އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރަން ޖާގައެއް ނެތް ކަމަށް،" އިމްރާން
ރިޔާސީ ކޮމިޝަނުން ބުނީ އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފް ކަމަށާއި އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބައެކެވެ. އަފްރާޝީމްގެ މަރުގެ މައްސަލާގައި އަޒްލީފުގެ މައްސަލަ ފަހުން ތަހުގީގުކުރަމުން ދަނިކޮށް އޭނާ ވަނީ 2015 ވަނަ އަހަރު ފުރައިގެން ރާއްޖޭން ބޭރަށް ގޮސްފަ އެވެ. ފަހުން ޚަބަރު ފެތުރުނު ގޮތުގައި އޭނާ ވަނީ ސީރިއާ ހަނގުރާމާގައި މަރުވެފަ އެވެ. ނަމަވެސް އެކަން ރަސްމީ ގޮތެއްގައި ކަށަވަރުވެފައެއް ނުވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ގެޔަށް ވަދަވެވަޑައިގަތުމާ އެކު ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ ކަރަށާއި ބޮލަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ. މިއީ ސިޔާސީ ބޭނުމެއްގައި ކުރި ގަތުލެއް ކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.
ރިޕޯޓުގައި ޝާންގެ ނަން އެންމެ ފަހުން ހިމަނައިފި
ސަބް ކޮމިޓީގެ ރިޕޯޓުގައި ސަޓޯގެ ނަމެއް ނެތް
4 މިލިއަނާ ގުޅޭ ގޮތުން ޖާގެ އޯޑިއޯ ވީތަނެއް ނޭނގޭ!
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
މީހުން ގެއްލުވާލުން ހުއްޓުވާ މުއާހަދާއަށް ރުހުންދީފި
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
ސަޓޯ އަށް މަރު ކޮމިޝަނުން ފިޔަވަޅު ނާޅާތީ ފާޑުކިއުން!
ސަބް ކޮމިޓީގެ ދިރާސާގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތް
ޝަހީމަށް ކުރި ތުހުމަތުގެ ހަގީގަތަކީ ކޮބާ؟
އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން މަޖިލީހުން ބަލަނީ