21 ނޮވެމްބަރ 2019
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީ ގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް، އެ ކޮމިޓީގައި ދެން ތިއްބެވި އިދިކޮޅު ދެ މެމްބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީ ގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް، އެ ކޮމިޓީގައި ދެން ތިއްބެވި އިދިކޮޅު ދެ މެމްބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަބް ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖެއްސި އާދަމް ޝަރީފް ވިދާޅުވީ، އެ ކޮމިޓީގައި އޭނާ ހިމަނާފައި ވަނީ މަޖިލީހުގެ ޖަލްސާއެއް ގައި އިންނަވަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުޑަ ކޮމިޓީން ދިރާސާ ކުރުމަށް ފަހު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅީ، އެއްވެސް ވަރަކަށް ކޮމެންޓް ކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓް ރިޔާސީ ކޮމިޝަނުން ތައްޔާރުކުރީ އެކަން ހިނގައި ދިޔަ ގޮތް ރަނގަޅަށް ދިރާސާ ނުކޮށެވެ. އެއީ ފުރިހަމަ ރިޕޯޓެއް ނޫން ކަމަށް ވާއިރު، އޭގެ މައްޗަށް ތައްޔާރު ކުރާ ދިރާސާ ރިޕޯޓެއް ވެސް ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ސިފަވަނީ ގަތުލުއާއްމެއްގެ ގޮތުގައި އެކަން ކުށްވެރި ކުރަން. ސަބް ކޮމިޓީން ނިންމި ކަމަށް ބުނާ އެ ރިޕޯޓަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއާ އެއްގޮތަށް އަމަލު ކުރެވިގެން ވާނެ ރިޕޯޓެއް ނޫން. އެއީ ތިން މީހުން ހިމެނޭ ކޮމިޓީއެއް ގައި އަޅުގަނޑުމެން އެ އިތުރަށް ކިޔައި ވާހަކަ ދައްކައި އަދި އެ އަށް ކޮމެންޓެއް ކުރުމެއް ނެތި އަދި ތިން މީހުންގެ ތެރެއިން ދެ މީހަކު އެ އަށް އެއްވެސް ގޮތަކަށް ވޯޓެއް ދީ ފާސްކޮށްފައި ނެތް އެއްޗެއްގެ މައްޗަށް ބިނާކޮށްގެން މަސައްކަތް ކުރުމަކީ ވެސް މީގެ ނުރަނގަޅު ނިޔަތެއްގައި ކުރެވޭ މަސައްކަތެއް ކަމަށް ބެލެވެނީ،" އާދަމް ޝަރީފް
ސަބް ކޮމިޓީގައި ދެން ތިއްބެވީ އާދަމް ޝަރީފާއި އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފްގެ އިތުރުން އެ ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ. މި ސަބް ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ފަރާތްތަކަށެވެ.
އެކަމަކު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ހަސަން ލަތީފް ސޮއިކުރައްވައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވި ރިޕޯޓުގައި ލަފާތަކެއް ވެސް ދެއްވާފައި ވެ އެވެ. އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ހިމެނޭ ގޮތަށް ޖިހާދީ ފިކުރުގެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުން ހިމެނެ އެވެ.
އާދަމް ޝަރީފް މީޑިއާ ގައި މިރޭ ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލި ގޮތަށް އެ ޖަމިއްޔާ ވެސް އުވައިލުމަށެވެ. ނަމަވެސް ސަލަފް އުވައިލަންޖެހޭ މައްސަލަތަކެއް ރިޕޯޓުން ފާހަގައެއް ނުވާ ކަމަށް ވިދާޅުވި އެވެ.
"ބޮޑަށް ސިފަވަނީ ގަތުލުއާއްމެއްގެ ގޮތުގައި އެކަން ކުށްވެރި ކުރަން. ސަބް ކޮމިޓީން ނިންމި ކަމަށް ބުނާ އެ ރިޕޯޓަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއާ އެއްގޮތަށް އަމަލު ކުރެވިގެން ވާނެ ރިޕޯޓެއް ނޫން. އެއީ ތިން މީހުން ހިމެނޭ ކޮމިޓީއެއް ގައި އަޅުގަނޑުމެން އެ އިތުރަށް ކިޔައި ވާހަކަ ދައްކައި އަދި އެ އަށް ކޮމެންޓެއް ކުރުމެއް ނެތި އަދި ތިން މީހުންގެ ތެރެއިން ދެ މީހަކު އެ އަށް އެއްވެސް ގޮތަކަށް ވޯޓެއް ދީ ފާސްކޮށްފައި ނެތް އެއްޗެއްގެ މައްޗަށް ބިނާކޮށްގެން މަސައްކަތް ކުރުމަކީ ވެސް މީގެ ނުރަނގަޅު ނިޔަތެއްގައި ކުރެވޭ މަސައްކަތެއް ކަމަށް ބެލެވެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ސަބް ކޮމިޓީގެ ތިން ބައްދަލުވުމެއްގައި ބައިވެރިވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އޭނާ އަށް މެސެޖު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އިއްޔެ ހަވީރު ބައްދަލުވުން ކުރިއަށް ގެންދަނިކޮށް އެތަން ދޫކުރައްވައި ވަޑައިގަތީ އާއިލީ ކަމެއްގައި ކަމަށާއި އެ ބައްދަލުވުމުގައި ރިޕޯޓާ ގުޅޭ އެއްވެސް ކޮމެންޓެއް ހިއްސާ ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ސަބް ކޮމިޓީ އަށް އޭނާ ނެގުމުން ވެސް ފުރިހަމަ އެއްބާރުލުން ނުދެވޭނެ ވާހަކަ އަންގަވާފައިވާނެ ކަމަށެވެ.
"ރިޕޯޓު މައި ކޮމިޓީ އަށް މިއަދު ހެނދުނު ގެނެސްފައިވާއިރު އަޅުގަނޑުމެން ދެ ބޭފުޅުންގެ އެއްވެސް ހިއްސާއެއް އެއްވެސް މިންވަރަކަށް ސަބް ކޮމީޓީ ގައި ބައިވެރިވެފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ރިޕޯޓްގައި ޝަހީމަށް ކުރީ ދޮގުތުހުމަތު: އިދިކޮޅު
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މުޒާހަރާ ރޫޅާލުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ފަހުން 18 އަހަރުފުރުނު ޒުވާނުންނަށް ވޯޓުލެވެން ޖެހޭ
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
އިމްރާން މަޖިލީހުގައި ހެދީ ދޮގު، މަގާމުގައި ނުހުރެވޭނެ
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު