07 މެއި 2023
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އޮކްޓޫބަރު، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް 2016 ވަނަ އަހަރު ވަނީ ދަމަހައްޓައިފަ އެވެ.
އެ ހުކުމުގެ މައްސަލަ ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމަ އެވެ.
ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ވަރަށް މަދު ހާލަތްތަކެއްގައި ރިވިއު ކުރެވޭނެ އުސޫލެއް ސުޕްރީމް ކޯޓުން އޮތީ ކުރިން ގާއިމްކޮށްފަ އެވެ. އެގޮތުން ކުރީގެ ބައެއް ހުކުމްތައް މިހާރުގެ ސުޕްރީމް ކޯޓުން ރިވިއުކޮށްފައިވެ އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރެވޭކަށްނެތް
4 މިލިއަނާ ގުޅޭ ގޮތުން ޖާގެ އޯޑިއޯ ވީތަނެއް ނޭނގޭ!
އަފްރާޝީމްގެ މަރަށް މި ސަރުކާރުގައި އިންސާފު ނުލިބޭނެ
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ
ހުމާމް މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ހުމާމަށް އެއްވެސް މަޖުބޫރީ ހާލަތެއް ނެތް: ދައުލަތް
ހުމާމް އެއްބަސްވީ ބިރު ދެއްކުމުން، އޭގެ ހެއްކެއް ނެތް
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ