24 ޖުލައި 2016
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދާ ގުޅޭ ގޮތުން ހައި ކޯޓުން ބަލަމުންދާ މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދާ ގުޅޭ ގޮތުން ހައި ކޯޓުން ބަލަމުންދާ މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ދެ މީހަކަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވައި ހުކުމް ތަންފީޒު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައި ކޯޓުން މިއަދު އެ އަމުރު ނެރުނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލްކުރަން އަމިއްލަ ޖަމްއިއްޔާއަކުން ހުށަހެޅި މައްސަލައިގަ އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން އެ ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަންޖެހޭނެ ކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގައި ހުކުމް ކުރަންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން އެ ގަވާއިދުގެ ދަށުން އެއްވެސް މީހަކަށް މަރުގެ އަދަބު ނުދޭން ދައުލަތުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށް ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ސޮއި ކުރައްވާ ނެރެފައިވާ އެ އަމުރުގައިވެ އެވެ.
އެ ގޮތަށް އަމުރު ނެރެދޭން އެމްޑީއެންގެ ފަރާތުން އެދުނަސް އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެފަދަ އަމުރެއް ނެރެން ނުޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ މައްޗަށެވެ.
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި
ޝަރީއަތް ބޭއިންސާފު، އެކަކު ވެސް ނުމަރާތި: އެމްނެސްޓީ
މަރުގެ އަދަބު ދިނުމުގެ އިޖްރައާތު ބާތިލްކުރަން ކޯޓަށް
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
މަރުގެ އަދަބުގެ ގަވާއިދު އޮތީ ރަނގަޅަށް: އޭޖީ
ހުމާމް މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ހުމާމަށް އެއްވެސް މަޖުބޫރީ ހާލަތެއް ނެތް: ދައުލަތް
ނަޖީބް މަރާލީ މުއްރަތު ކަމާ މެދު ޝައްކު: ވަކީލް
ހުމާމް އެއްބަސްވީ ބިރު ދެއްކުމުން، އޭގެ ހެއްކެއް ނެތް
ނަޖީބުގެ ގާތިލް ހަނާ މެރުމަށް ކުރި ހުކުމު ރަނގަޅު: ހައި ކޯޓު