24 ޖުލައި 2016
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ އެއްވެސް މާއްދާއެއް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ދައުލަތުން ހައި ކޯޓުން މިއަދު ބުނެފި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ އެއްވެސް މާއްދާއެއް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ދައުލަތުން ހައި ކޯޓުން މިއަދު ބުނެފި އެވެ.
މަރުގެ ދެ މައްސަލައެއްގައި ދެ މީހަކަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައި ވަނިކޮށް ދައުލަތުން އެގޮތަށް ބުނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ އިޖްރާއާތު ބަޔާން ކުރާ މާއްދާތައް ބާތިލް ކޮށްދިނުމަށް އެދި އަމިއްލަ ޖަމްއިއްޔާއަކުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގަ އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ފަރާތުން ހުށަހެޅި ދުސްތޫރީ އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދަކީ ގާނޫނުއަސާސީއާ އެއްގޮތަށް އަދި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ހަދާފައިވާ ގަވާއިދެއް ކަމަށެވެ. އެހެންވެ އެ ގަވާއިދުގެ އެއްވެސް މާއްދާއެއް ބާތިލްކުރަން ނުޖެހޭ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އެ މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެދިފައި ވިޔަސް އެކަމަށް ދެކޮޅު ހަދައި، ދައުލަތުން ބުނީ އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސަބަބަކީ މަރުގެ އަދަބަކީ ގިނަ އިޖްރާއާތުތަކެއް ފުރިހަމަ ކުރުމަށް ފަހު ތަންފީޒު ކުރާ އަދަބަކަށް ވެފައި، އެފަދަ އަމުރެއް ނެރެފި ނަމަ އިޖްރާއާތުތައް ފުރިހަމަ ކުރުން ހުއްޓޭނެތީ ކަމަށް ދައުލަތުން ބުންޏެވެ.
އެމްޑީއެންގެ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ދިރިހުރުމުގެ ހައްގު ނިގުޅައިގަނެވޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ އިރު މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދަކީ ސަރުކާރުން ހަދާފައިވާ އެއްޗެއް ކަމަށެވެ. މީގެ ކުރިން އަސާސީ ހައްގުތައް ހިފަހައްޓާފައި ހުރީ ގާނޫނުތަކުން ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވީ މަރުގެ އަދަބު ދޭ ނަމަ އެކަން ވެސް ކުރެވޭނީ ގާނޫނަކުން ކަމަށެވެ.
އެހެންވެ މަރުގެ އަދަބު ދިނުމުގައި އަމަލުކުރާ އިޖްރާއާތު ބަޔާންކުރާ އެ ގަވާއިދުގެ އަށް ވަނަ މާއްދާ އިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް ބާތިލް ކޮށްދޭން ނާޒިމް އެދިވަޑައިގަތެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލާ ވިދާޅުވީ ދިރިހުރުމުގެ ހައްގު ނިގުޅައިގަނެވޭނީ ގާނޫނަކުން ކަމަށް ދައުލަތުން ވެސް އެއްބަސްވާ ކަމަށާއި ރާއްޖޭގައި މިހާރު ވެސް މަރުގެ އަދަބު ދެވެނީ ގާނޫނުތަކުން ކަމަށެވެ. ރާއްޖޭގައި މަރުގެ އަދަބު ދެނީ ކުރީގެ ގާނޫނުލް އުގޫބާތާއި މިހާރުގެ ގާނޫނުލް އުގޫބާތާއި ބިރު ދެއްކުމާއި ނުރައްކާތެެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ގާނޫނުގެ ދަށުން ކަމަށް ވިދާޅުވެ، ވަކީލާ ވިދާޅުވީ އެ ގާނޫނުތަކަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތައް ކަމަށެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދަކީ އަދަބު ތަންފީޒު ކުރުމުގެ އިޖްރާއާތު ބަޔާންކުރާ ގަވާއިދެއް ކަމަށާއި އެ ގަވާއިދަކީ ވެސް ގާނޫނީ ބާރު ލިބިފައިވާ ގަވާއިދެއް ކަމަށް ވަކީލާ ވިދާޅުވި އެވެ. އެ ގަވާއިދަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ދަށުން ބާރު ލިބިފައިވާ ގަވާއިދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް މަރުގެ އަދަބު ތަންފީޒު ކުރަނީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކަމަށް ވަކީލާ ވިދާޅުވި އެވެ.
"މަރަނީ ދަން ޖައްސައިގެން ކަމަށްވާ ނަމަ ދަން ޖައްސަން ބޭނުންކުރާނެ ވާގަނޑާއި، ވައްޓާލާނީ ކިހާ އުސްމިނަކުންތޯ އާއި މި ހުރިހާ ކަމެއް އެ ގައުމުތަކުގައި ވެސް ހުންނާނީ ގަވާއިދެއްގައި ބަޔާންކޮށްފައި،" މެލޭޝިއާ އަދި އިންޑިއާ މިސާލަކަށް ނަންގަވަމުން ވަކީލާ ވިދާޅުވި އެވެ.
ވަކީލާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދަކީ ވެސް ގާނޫނީ ބާރު ލިބިފައިވާ އެއްޗެކެވެ. ކަރެކްޝަނަލް ސާވިސަކީ ހުކުމްތައް ތަންފީޒު ކުރާ ފަރާތް ކަމަށް ވާ އިރު މަރުގެ އަދަބު ދިނުމުގެ ގަވާއިދަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި ފަނޑިިޔާރުން މަޝްވަރާ ކުރުމަށް ފަހު ވަގުތީ އަމުރާ މެދު ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރި އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިއާސަތު ބަލަހައްޓަވާ އެ ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމާއި ވަކީލް އަހުުމަދުގެ ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ މައްޗަށެވެ.
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
މަރުގެ އަދަބު ދިނުމުގެ އިޖްރައާތު ބާތިލްކުރަން ކޯޓަށް
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
މަރުގެ ހުކުމަށް ފަސް އަހަރު، އިސްތިއުނާފް ފަސްވެއްޖެ
ދެ މީހެއްގެ މަރު: މައްސަލަ ނުފެށި ހަތަރު އަހަރު!
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
ގާތިލަކު މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ސާލިމް ރުޅި:މިހާރު އެދެނީ ބިދޭސީ ތަރުޖަމާނެއް ހޯދަން
ސާލިމް މަރަންކުރި ހުކުމުގެ މައްސަލަ ހައިކޯޓުން ނުބެލި