Roadha Mihaaru
ސާލިމް މަރަންކުރި ހުކުމުގެ މައްސަލަ ހައިކޯޓުން ނުބެލި

ސާލިމް މަރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

07 އޯގަސްޓް 2022

އދ. ދަނގެތީގައި މީހަކު މަރާލި މައްސަލާގައި ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ މުއްދަތު ހަމަވި ފަހުން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ދަނގެތީގައި މީހަކު މަރާލި މައްސަލާގައި ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ މުއްދަތު ހަމަވި ފަހުން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލުމަށް ފަހު ފަޅު ގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލާގައި، އެ ރަށުގައި އުޅުނު ބިދޭސީއެއް ކަމަށްވާ ސާލިމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.

އެ ހުކުމް އިސްތިއުނާފްކުރަން ސާލިމްގެ ފަރާތުން ހުށަހަޅާފައި ނުވާތީ ގާނޫނުލްއުގޫބާތުގައިވާ ގޮތުގެ މަތިން، އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ މުއްދަތު ހަމަވި ފަހުން ހުށަހަޅާފައިވާތީ އެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ.

ސާލިމްއަކީ ރާއްޖޭގައި މަރުގެ ހުކުމެއް އިއްވި ފުރަތަމަ ބިދޭސީ މީހާ އެވެ. މަރަން ހުކުމް ކުރިޔަސް، އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އެކަމަކު އިސްތިއުނާފްގެ މަރުހަލާ ނިމުނަސް، 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.