31 ޖެނުއަރީ 2024
މީގެ 11 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ އިސްތިއުނާފް މައްސަލަ ވަކީލަކު ހަމަނުޖެހޭތީ ހައި ކޯޓުގައި ކުރިއަށް ނުގެންދެވި، އަނެއްކާވެސް އިތުރު ފުރުސަތެއް ވަކީލުން ހަމަޖައްސަން ދީފި އެވެ.
މީގެ 11 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ އިސްތިއުނާފް މައްސަލަ ވަކީލަކު ހަމަނުޖެހޭތީ ހައި ކޯޓުގައި ކުރިއަށް ނުގެންދެވި، އަނެއްކާވެސް އިތުރު ފުރުސަތެއް ވަކީލުން ހަމަޖައްސަން ދީފި އެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގެ ތެރޭގައި މުހީތަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ.
އެ ދެ މީހުން މަރަން ހުކުމް ކުރިތާ ހަތަރު އަހަރު ފަހުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ނެތުމުން ފަނޑިޔާރުން ބެންޗުން ސުވާލު ކުރެއްވި އެވެ. މައިމޫނާއި މުހުޖަތު ވެސް ބުނީ ވަކީލަކު ކުރިން އައްޔަންކުރި ކަމަށެވެ.
ނަމަވެސް ބެންޗުން ވިދާޅުވީ ވަކީލަކު އައްޔަންކުރި ކަމުގެ ލިޔުމެއް ކޯޓަށް ލިބިފައި ނެތް ކަމަށެވެ. އަދި ކުރިން ދެފަހަރެއްގެ މަތިން އެކަމަށް ފުރުސަތު ދީފައިވާ ކަމަށް ބެންޗުން ވިދާޅުވި އެވެ. އެހެންވެ، ބަންދުގައި ތިބޭއިރު ވަކީލަކު ހަމަޖައްސަން އިންތިޒާމް ހަމަނުޖެހެނީތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
މައިމޫން ބުނީ މިއަދު އަޑުއެހުން އޮތްކަން ވެސް ކަރެކްޝަންސްއިން އެންގީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި ވަކީލު އައްޔަންކުރަން ލިބެނީ ފޯން ކޯލެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ބެންޗުން ވިދާޅުވީ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދޭން ނިންމަވާ ކަމަށެވެ. އަދި އެދުވަހުގެ އަޑުއެހުމަށް ވަކީލަކު ހަމަޖައްސަން އަންގަވާ ކަމަށް ބެންޗުން ވިދާޅުވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މާނިއު އެވެ.
މުހީތުގެ މަރާ ގުޅިގެން އިތުރު ދެ ކުއްޖެއްގެ މައްޗަށް 2013 ވަނަ އަހަރު ޖުވެނައިލް ކޯޓުން ވެސް މަރުގެ ހުކުމް އިއްވި އެވެ. އެ ހުކުމް ހައި ކޯޓުން ކުރިން ދަމަހައްޓާފައި ވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
މަރުގެ ހުކުމަށް ފަސް އަހަރު، އިސްތިއުނާފް ފަސްވެއްޖެ
މުހީތުގެ މަރު: ވަކީލުން ހޯދަން ފަހު ފުރުސަތު
މުހީތުގެ ދެ ގާތިލުން މަރަން ހައި ކޯޓުން ތާއީދުކޮށްފި
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
ގާތިލަކު މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
މިރުޒާގެ މަރު: އެކަކު މަރުގެ އަދަބުން ސަލާމަތްވެއްޖެ
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި