13 ޖޫން 2016
ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އެކަމަށް ކޯޓުގައި އެއްބަސްވީ މަޖުބޫރު ކޮށްގެން ކަމަށާއި އެކަމަކު އެކަން ސާބިތު ކޮށްދެވޭނެ ހެއްކެއް ނެތް ކަމަށް ހުމާމްގެ ވަކީލު ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އެކަމަށް ކޯޓުގައި އެއްބަސްވީ މަޖުބޫރު ކޮށްގެން ކަމަށާއި އެކަމަކު އެކަން ސާބިތު ކޮށްދެވޭނެ ހެއްކެއް ނެތް ކަމަށް ހުމާމްގެ ވަކީލު ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އޮކްޓޫބަރު 2، 2012 ގައި އަފްރާޝީމަށް ހަމަލާދީ މަރައިލި މައްސަލައިގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް މަރުގެ ހުކުމް އިއްވާފައިވާ ހުމާމް ވަނީ ދަށު ކޯޓުގައި އެކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ފަހުން އޭނާގެ ފަރާތުން ބުނަމުން ދަނީ އޭރު އެއްބަސްވީ ފުލުހުން މަޖުބޫރު ކުރުމުގެ ސަބަބުން ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ހުމާމްގެ އިސްތިއުނާފް އަޑުއެހުމުގައި އޭނާގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ހުމާމް ކުށަށް އެއްބަސްވީ އޭނާ އަށް ބިރު ދައްކައި، މަޖުބޫރު ކުރުމުގެ ސަބަބުން ކަމަށާއި އެކަން ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި ޝަރީއަތް ހިންގި އިރު ހުމާމްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން ދެ ފަހަރަކު އެދުމުން ވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށާއި އެހެންވެ އެއީ ހުމާމަށް މަޖުބޫރު ކުރީ ކަމަށް ބެލެވޭ ސަބަބެއް ކަމަށް ހަސީން ވިދާޅުވި އެވެ.
އެކަމަކު ހުމާމަށް މަޖުބޫރު ކުރިކަން ސާބިތު ކޮށްދެވޭނެ ހެއްކެއް ނެތް ކަމަށާއި އެފަދަ ހެއްކެއް ލިބުން އެއީ ނުވާނެ ކަމެއް ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
"ކިހިނެއްތޯ ހުމާމަށް އަނިޔާކޮށް، މަޖުބޫރު ކުރިކަން ސާބިތު ކޮށްދޭނީ. ދައުލަތުގެ ބަންދެއްގައި ހުމާމް ހުރި އިރު އޭނާ އަށް މަޖުބޫރު ކުރި ކަމަށް ހެކި ދޭނެ ބަޔަކު ހުމާމަށް ހޯދިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ހަސީން ވިދާޅުވި އެވެ.
ހަސީން ވިދާޅުވި ގޮތުގައި ހުމާމްގެ އިއުތިރާފް ބަޔާނަށް ބަލާ އިރު، ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް އެ ބަޔާނުގައި އެބަހުއްޓެވެ. އެގޮތުން އަފްރާޝީމަށް ހަމަލާދޭން ދިޔައިރު ހ. ހިކޯސްޓް އަލީ ޝާން ވެސް ހުމާމާ އެކު ދިޔަ ކަމަށް ހުމާމްގެ ބަޔާނުގައި އޮތަސް ޝާންގެ ޝަރީއަތުގައި ހެކިބަސް ދިން މީހުންގެ ބަހަށް ބަލާ އިރު އެ ހާދިސާ ހިނގި އިރު ޝާން ހުރީ ރެސްޓޯރެންޓެއްގައި ކަން އެނގޭ ކަމަށް ހަސީން ވިދާޅުވި އެވެ.
މީގެ އިތުރުން ހުމާމް ލައިގެން ހުރި ޖިންސުން އަފްރާޝީމްގެ ޑީއެންއޭ ފެނުނު ކަމަށް ތަހުލީލުން ދައްކާ އިރު އެއީ ލޭގެ ޑީއެންއޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ތަހުލީލުކުރި ފަރާތަށް ބުނެދެވިފައިނުވާ ކަމަށް ހަސީން ވިދާޅުވި އެވެ. އަދި މަރުގެ އަދަބު ދެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެގެން ކަމަށް ވާ އިރު ހުމާމްގެ މައްސަލާގައި ބޮޑެތި ޝައްކުތަކެއް އެބަހުރި ކަމަށް ހަސީން ވިދާޅުވި އެވެ.
ހުމާމްގެ ދިފާއީ ހެކިން ހާޒިރުކޮށްފައި ނުވާ މައްސަލައިގައި ހަސީން ވިދާޅުވީ އެ ހެކިން ހާޒިރު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި މިހާރު ވެސް ސުޕްރީމް ކޯޓުން ބޭނުން ނަމަ އެ ހެކިން ގެނެވިދާނެ ކަމަށެވެ. އަދި ހުމާމާ ދެކޮޅަށް ހެކިބަސް ދިން ކުޑަކުއްޖާއަކީ ހުމާމާ އެކު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތެއް ކަމަށް އޭނާ ބުނާތީ އޭނާގެ ބަސް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އެ ބަސް އަނބުރާ ނުގެންދެވޭނެ ކަމަށް އިލްމުވެރިން ބުނާ ކަމަށް ދައުލަތުން ކުރިން ބުނެފައިވާތީ ހަސީން ވިދާޅުވީ އެކަށީގެންވާ ސަބަބެއް އޮތް ނަމަ އެ ބަސް އަނބުރާ ގެންދެވިދާނެ ކަމަށް ބައެއް މަޒްހަބުތަކުގައި އޮންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފުރުސަތު ދީފި ނަމަ އޭގެ ދިރާސާއެއް ހެދުމަށް ފަހު ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ހަސީންގެ ވާހަކަތަކަށް ޖަވާބުދޭން ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.
ހުމާމް މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ހުމާމްގެ މަރުގެ ހުކުމް ރިވިއުކުރާ މައްސަލަ ބަލައިނުގަތް
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
އަރާމުކޮށް ނިދަން ބޭނުންވަނީ ލޯބި
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ
ހުމާމްގެ ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަނީ
ހުމާމްގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް