Roadha Mihaaru
ހުމާމްގެ ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަނީ

ހުމާމްގެ މައްސަލައިގެ ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަނީ

23 ޖޫން 2016

ޑރ. އަފްރާޝީމް އަލީ މަރައިލި މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ، ހުސައިން ހުމާމް ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.

ޑރ. އަފްރާޝީމް އަލީ މަރައިލި މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ، ހުސައިން ހުމާމް ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.

މިރޭ 10:00 ގައި ސުޕްރީމް ކޯޓުގައި ހުމާމްގެ ޝަރީއަތެއް އޮންނާނެ ކަމަށް އޭނާގެ ވަކީލު އަބްދުﷲ ހަސީން "މިހާރު" އަށް ކަށަވަރުކޮށްދިން ނަމަވެސް، އެއީ ހުމާމް މެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފުގެ މަރުހަލާގެ އަޑުއެހުމެއް ކަމެއް ނުވަތަ ހުކުމް އިއްވުން ކަމެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން ވަނީ، އިސްތިއުނާފުގެ މަރުހަލާގެ އެންމެ ފަހުގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ އިސްތިއުނާފް ޝަރީއަތުގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ބެލެވެ އެވެ. އެކަމަކު ހުކުމް ކުރާނެ ދުވަހެއް ފަނޑިޔާރުންގެ ބެންޗުން އިއްޔެ އިއުލާނެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ އެ މައްސަލައިގެ އިއްޔެގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ މައްސަލައާ ގުޅޭ ގޮތުން ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކައި، ނިންމައިފަ އެވެ.

ހުމާމްގެ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ އަދަބުން ހުމާމަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އަފްރާޝީމްގެ ވާރިސުން އޭނާ އަށް މައާފް ދިނުން ނުވަތަ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނުމެވެ. ސަރުކާރުން ބުނެފައިވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމޭތާ 30 ދުވަސް ތެރޭގައި ދަން ޖައްސައިގެން މަރުގެ އަދަބު ދޭނެ ކަމަށެވެ.