ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުސް އޮފީހަށް ފޮނުވައިފި އެވެ.
09 ޖެނުއަރީ 2020
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުސް އޮފީހަށް ފޮނުވައިފި އެވެ.
މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ، ދޮގު މައުލޫމާތު ދިނުމާއި ތަހުގީގަށް ހުރަސް އެޅުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނިކޮށް، ޝަހީމްގެ މައްސަލަ ފުލުހަށް ހުށަހެޅީ ޕީޖީގެ ލަފައަކަަށް ކަމަށެވެ.
ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅި ތާރީހެއް ވިދާޅެއް ނުވެ އެވެ.
ޝަހީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅެވެ.
އަފްރާޝީމްގެ ރިޕޯޓު އާއްމުވުމާ އެކު، އޭނާގެ މަރާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އެޅުނު އެއް ބޭފުޅަކީ ޝަހީމެވެ. ސަބަބަކީ އަފްރާޝީމް، އަވަހާރަކޮށްލި ރޭ ޓީވީއެމްގެ ޕްރޮގްރާމަށް އަރާވަޑައިގަތުމާ ގުޅޭ ގޮތުން ޝަހީމް ދެއްވި ބަޔާނާއި ހެކީގެ ގޮތުގައި ހޯދި މެސެޖްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.
އެކަމަކު މި ތުހުމަތު ދޮގުކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ ކޮމިޝަނަށް އޭނާ ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަފްރާޝީމަށް، އިލްމުވެރިންނާ އެއް މޭޒަކުން ބައްދަލުވެވޭ ގޮތާއި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދެއްވީ އޭނާ އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ. އަދި ދައުވާކުރަން ފޮނުވީ ސިޔާސީ މުސްތަގުބަލް ދުއްވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިފި
ދައުވާކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން: ޝަހީމް
ޝަހީމަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް
ޝަހީމަށް ކުރި ތުހުމަތުގެ ހަގީގަތަކީ ކޮބާ؟
ނައީމާގެ މަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
އެންމެ ބޮޑު މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!
ނަރުހުގެ މަރު: މާވިން އާއި ލަމްހާގެ މައްސަލަ ޕީޖީއަށް
ގާސިމްގެ މަރު: ތަހުގީގުގެ މުއްދަތު އިތުރުކޮށްދީފި