Roadha Mihaaru
އެންމެ ބޮޑު މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!

އެންމެ ބޮޑު އެއް މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!

26 ޖެނުއަރީ 2022

ރާއްޖޭގައި ފަހުގެ ތާރީހުގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި މަރުގެ އެއް ހާދިސާ، ބްލޮގަރު ޔާމީން ރަޝީދު މަރާލުމަށްޓަކައި ފިޒިކަލް ޓްރެއިނިން ހެދި އެވެ. އަނިޔާވެރި ގޮތަކަށް އޭނާ މަރާލަން އުޅޭކަމުގެ ޝައްކެއް ވެސް އެހެން ބަޔަކަށް ނުވާހާ މޮޅަށް އަދި ރޭވުންތެރިކަމާ އެތައް މަހެއް ވަންދެން އޭނާއަށް އެ މީހުން ފާރަލަމުން ދިޔައިރު، ފާރައަށް ތިބި މީހުންނަށް ކާބޯތަކެތި ގެންގޮސްދޭނެ މީހުން ވެސް ތިއްބެވެ. މިއީ ޔާމީން މަރާލަން ރޭވި ރޭވުމުގައި ބައިވެރިވެ އަދި ފަހުން ދައުލަތުގެ ހެކިވެރިއަކަށް ބަދަލުވި މީހެއްގެ ހެކިބަހުން ހާމަވި ކުޑަ މިންވަރެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ފަހުގެ ތާރީހުގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި މަރުގެ އެއް ހާދިސާ، ބްލޮގަރު ޔާމީން ރަޝީދު މަރާލުމަށްޓަކައި ފިޒިކަލް ޓްރެއިނިން ހެދި އެވެ. އަނިޔާވެރި ގޮތަކަށް އޭނާ މަރާލަން އުޅޭކަމުގެ ޝައްކެއް ވެސް އެހެން ބަޔަކަށް ނުވާހާ މޮޅަށް އަދި ރޭވުންތެރިކަމާ އެތައް މަހެއް ވަންދެން އޭނާއަށް އެ މީހުން ފާރަލަމުން ދިޔައިރު، ފާރައަށް ތިބި މީހުންނަށް ކާބޯތަކެތި ގެންގޮސްދޭނެ މީހުން ވެސް ތިއްބެވެ. މިއީ ޔާމީން މަރާލަން ރޭވި ރޭވުމުގައި ބައިވެރިވެ އަދި ފަހުން ދައުލަތުގެ ހެކިވެރިއަކަށް ބަދަލުވި މީހެއްގެ ހެކިބަހުން ހާމަވި ކުޑަ މިންވަރެކެވެ.

މިއީ ހަމަގައިމު ވެސް އެންމެ މީހަކަށް ނުވަތަ ދެ މީހަކަށް ތަންފީޒު ކުރެވޭނެ ފަދަ ރޭވުމެއް ނޫނެވެ. އެކަމަކު އެތައް އަހަރަކަށް ދިގުދެމިގެން ދިޔަ ޝަރީއަތަކަށްފަހު މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމީ ކުށް ސާބިތުވަނީ އެންމެ ދެ މީހަކަށް ކަމަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލައި، ރާއްޖޭގައި މަރުގެ ދިޔައިގެ ރެކޯޑް އަދަދެއް ދައްކަން ހުކުމް ކުރިޔަސް، ދެން ތިބި ހަތަރު މީހުން ސަލާމަތްވެގެން ދިޔަ ދިއުން ޔާމީންގެ އާއިލާ އާއި ގިނަ ބަޔަކަށް ބަލައެއް ނުގަނެވުނެވެ.

ޔާމީން މެެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބެއް ކަމަށް ދައުލަތުން އެއްކޮޅުން ބުނެފައި، ދެން ތިބި ހަތަރު މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ބުނެފައި އެބައޮތެވެ. އެހެންވުމުން މައްސަލާގައި ފުރިހަމަ އިންސާފު ލިބުނީ ކަމަށް ދައުލަތުން ވެސް ގަބޫލެއް ނުކުރެ އެވެ. އެކަމަކު އެ މީހުން ސަލާމަތްވެގެން ދިޔައީ ވެސް ދައުލަތާއި ފުލުހުންގެ ބޮޑު އިހުމާލުތަކެއް ސަބަބުންނެވެ. އަދި އެކަން ރަނގަޅު ކުރަން ދިން ފުރުސަތު ދޫކޮށްލުމުންނެވެ.

ދައުވާ ގޯސްވުމާއި ދައުލަތުގެ ގޮތް ދޫނުކުރުން

އެ ހަ މީހުންގެ މައްޗަށް ވެސް 2017 ވަނަ އަހަރު ދައުލަތުން ދައުވާކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ހ. އާއި ށ. ގެ ދަށުން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައި ހަވާލާދީފައި އޮންނަ މާއްދާގައި އޮންނަނީ ގަސްދުގައި މީހަކު މެރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ވާހަކަ އެވެ. އެއީ މިސާލަކަށް އެއްފަހަރާ ގިނަ ބަޔަކު ގޮސް މީހަކަށް ހަމަލާދީ މަރާލާ ހާލަތެވެ.

އެކަމަކު ސިއްރު ހެކިންގެ ބަޔާންތަކަށް ބަލާއިރު ދެން ތިބި ހަތަރު މީހުންނަކީ އަމަލީ ގޮތުން ބައިވެރިވި ބައެއް ނޫނެވެ. ތަހުގީގަށް ސިއްރު ހެކިން ދީފައިވާ ބަޔާންތަކުގައި ވެސް، ދައުވާލިބުނު އަދި މިދިޔަ ހަފުތާގައި ސަލާމަތްވި ހަތަރު މީހުންގެ މައްޗަށް ތުހުމަތު ކޮށްފައި އޮތީ ޔާމީން މަރާލަން ރޭވި މަޝްވަރާތަކުގައި ބައިވެރިވުމާއި އޭނާއަށް ފާރަލުމާއި އަދި އޭނާ މަރާލުމަށްފަހު އެތަނުން އެ ފިލުމުގައި އެހީތެރިވުމެވެ. މާނައަކީ އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭނެ ގޮތެއް ނެތެވެ.

"ލުއި މިންގަނޑަކުން ކުށް ސާބިތުކުރުމުގެ ފުރުސަތު އޮވެމެ، ދައުލަތުން އެ ފުރުސަތު ދޫކޮށްލާފައިވަނީ މައްސަލަ އެކަށީގެންވާ މިންވަރަށް ބަލައި ދިރާސާކޮށް، ހެކި ގަރީނާ ވަޒަން ކުރުމަށްފަހުގައި ކަމާ މެދު ޝަރީއަތުގެ ކުރިމަތީގައި ސުވާލު އުފެދެ އެވެ."

ތަހުގީގު މަރުހަލާގައި ސިއްރު ހެކިން އެގޮތަށް ބުނެފައި ވަނިކޮށް އަމަލީ ގޮތުން އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން އެ ހަތަރު މީހުންގެ މައްޗަށް އުފުލި އުފުލުމަކީ އެ މީހުން ސަލާމަތްވާން ކްރިމިނަލް ކޯޓުން ދެއްކި ސަބަބެވެ. ކޯޓުގެ ހުކުމުގައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ހ. ގެ ބަދަލުގައި އެ މާއްދާގެ ބ. ގެ ދަށުން އެ ހަތަރު މީހުންގެ މައްޗަށް މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ ކުރި ނަމަ ކުށް ސާބިތުވުމުގެ ފުރުސަތު އޮތީސް ކަމަށެވެ.

"ލުއި މިންގަނޑަކުން ކުށް ސާބިތުކުރުމުގެ ފުރުސަތު އޮވެމެ، ދައުލަތުން އެ ފުރުސަތު ދޫކޮށްލާފައިވަނީ މައްސަލަ އެކަށީގެންވާ މިންވަރަށް ބަލައި ދިރާސާކޮށް، ހެކި ގަރީނާ ވަޒަން ކުރުމަށްފަހުގައި ކަމާ މެދު ޝަރީއަތުގެ ކުރިމަތީގައި ސުވާލު އުފެދެ އެވެ." ހުކުމުގައިވެ އެވެ.

ފަސޭހައިން ކުށް ސާބިތުވުމުގެ ފުރުސަތު އޮތީ ވެސް މި މާއްދާގެ ދަށުން ދައުވާ ކޮށްގެންނެވެ. ގާނޫނު އޮތްގޮތުން ނަމަ، އަމަލީ ގޮތުން ބައިވެރިވުމުގެ އަދަބަކީ ވާރިސުން ބޭނުންވާ ނަމަ، މަރުގެ އަދަބު ކަމަށްވާތީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކުގެ ދަށުން އެ ކުށް ސާބިތު ކުރެވޭނީ "އެއްވެސް ޝައްކެއް ނެތް މިންގަނޑަށް" ހެކި ހުރެގެންނެވެ. އެކަމަކުއެހީތެރިވުމުގެ އަދަބަކީ ގިނަވެގެން 15 އަހަރަށް ޖަލަށްލުން ކަމަށްވާތީ ގާނޫނު އަސާސީގައި ބުނާ "އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން" ކުށް ސާބިތުވެ، ކޮންމެވެސް އަދަބާ އެ މީހުން ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވެސް އޮތެވެ.

ޔާމީން ރަޝީދު

ޔާމީން ރަޝީދު

ހުކުމުގައި މިކަން ފާހަގަ ކުރުމުގެ ކުރިން ވެސް، މިއީ މީގެ ނަތީޖާ ކަން ދެނެގަންނަން ދައުލަތަށް އެތައް ފުރުސަތެއް ލިބުނެވެ. އެންމެ ފުރަތަމަ އެ މައްސަލަ ފެންމަތިކުރީ އިބްތިދާއީ މަރުހަލާގައި ދިފާއީ ވަކީލުންނެވެ. އެކަމަކު ދައުލަތުން ދައުވާ ދިފާއުކޮށް، ވާހަކަ ދެއްކި އެވެ. އަދި އެންމެ ފަހުން އެ މައްސަލަ ބެއްލެވި ފަނޑިޔާރަށް ވެސް އެކަން ފާހަގަ ކުރެއްވިގެން، އެ ދައުވާ އިސްލާހު ކުރުމުގެ ފުރުސަތު ވެސް ދައުލަތަށް ދެއްވި އެވެ. އެކަމަކު ދައުލަތުން ގޮތް ދޫ ނުކޮށް، ނިންމީ ދައުވާ ބަދަލު ނުކުރުމަށެވެ.

އެހެން ކުށެއްގެ އަދަބެއް ދޭން ނޭދުން

ދައުވާ ގޯސްވުން އެކަންޏެއް ވެސް ނޫނެވެ. ހުކުމުގައިވާ ގޮތުން ދައުލަތަށް އޭގެފަހުން ލިބުނު ފުރުސަތުތައް ވެސް ދައުލަތުން ދޫކޮށްލީ އެވެ. އެގޮތުން ހެކިބަސް ލިބޭ ގޮތަކަށް ބެލުމަށްފަހު، އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅަން އެދުމުގެ ފުރުސަތު ދައުލަތަށް އޮތެވެ. އެއީ މިސާލަކަށް ވައްކަމުގެ ދައުވާއެއްގައި ވައްކަން ކުރިކަމުގެ ހެކި ނުލިބުނަސް، ވައްކަން ކުރަން އުޅުނު ނުވަތަ އެހީތެރިވުމުގެ ހެކި ލިބޭ ނަމަ އެ ކުށް ސާބިތުވާ ކަމަށް ނިންމުމަށްފަހު އެކަމަށް އަދަބު ކަނޑައެޅުމެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު އޮންނަ ގޮތުން މިގޮތަށް އަމަލު ކުރެވެނީ ޚުލާސާ ބަޔާނުގައި ދައުލަތުން އެގޮތަށް އެދުމުންނެވެ. އެކަމަކު ޔާމީން މައްސަލާގެ ހުކުމާ ހަމައަށް ދިޔައިރު ވެސް ދައުލަތުން އެގޮތަށް ކޯޓުގައި އެދިފައެއް ނެތެވެ. ސިއްރު ހެކިވެރިން ހެކިބަސް ނަގައި ނިމި އަދި ޚުލާސާ ބަޔާނާ ހަމައަށް ގޮސް އަޑުއެހުންތައް ނިންމާލިިއިރު ވެސް ދައުލަތުން އެގޮތަށް އެދިފައި ނެތުމަކީ އެއްވެސް އަދަބެއް ނުލިބި އެ މީހުން ދޫވެގެންދިޔަ އަނެއް ސަބަބެވެ.

ފުލުހުންގެ އަތްދަށުން އެތައް ކަމެއް ދޫކޮށްލާފައި

ފުލުހުންގެ އަތްދަށުން ދޫވެފައި ހުރި އެތައް ކަމެއް ވެސް ހުއްޓެވެ. ކުށް ސާބިތުވި ދެ މީހުންގެ ތެރެއިން ހައިޝަމްގެ ކަރުގައި ނޫފައިގެން ހުރި ތަނެއް ފެނިގެން ޑޮކްޓަރަށް ދެއްކުމުން އެއީ ނިޔަފަތިން ވަކި އެޅުމުގެ ސަބަބުން ލިބުނު އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ. ޔާމީންގެ މަރާ އެކަމާ ގުޅުވާލެވެން އޮތީ އޭނާގެ ނިޔަފަތި ދަށުގައި ހައިޝަމްގެ ޑީއެންއޭ ހުރިތޯ ބަލައިގެން ކަމަށް ވިޔަސް، އެފަދަ ޑީއެންއޭއެއް ހުރިތޯ ބަލަން ފުލުހުން އެއްވެސް ސާމްޕަލެއް އޭނާގެ ނިޔަފަތި ދަށުން ނުނަގަ އެވެ.

އެ ފޯނުތައް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނުން ފިޔަވައި، އެ ފޯނުތައް ކުރި އެ ފޯނުތަކުގެ ކުރި މުއާމަލާތްތައް ހޯދަން ކުރި މަސައްކަތެއް ނެތްކަން ހުކުމުގައި ފާހަގަ ކޮށްފައިވޭ. އެކަމަކު ފޯނު ނައްތާލިޔަސް، ފޯނުން ކޮށްފައި ހުރި މުއާމަލާތްތައް ބެލޭނެ ނިޒާމުތައް މިހާރު ވެސް ރާއްޖޭގައި އެބަހުރި.

ޔާމީނަށް ހަމަލާދިން މީހުން ހަމަލާދެމުން ދިޔައިރު ވެސް ފޯނެއް ގެންގުޅެފައިވާ ތަން ވީޑިއޯ ފުޓޭޖުން ފެންނަން އޮތެވެ. އެ މީހުން އެކަން ކުރަމުން ދިޔައީ އިތުރު ބަޔަކާ މުއާމަލާތް ކުރަމުން ކަން އެކަމުން ވެސް ސާފެވެ. އެކަމަކު އެ ފޯނުތައް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނުން ފިޔަވައި، އެ ފޯނުތައް ކުރި އެ ފޯނުތަކުގެ ކުރި މުއާމަލާތްތައް ހޯދަން ކުރި މަސައްކަތެއް ނެތްކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެކަމަކު ފޯނު ނައްތާލިޔަސް، ފޯނުން ކޮށްފައި ހުރި މުއާމަލާތްތައް ބެލޭނެ ނިޒާމުތައް މިހާރު ވެސް ރާއްޖޭގައި އެބަހުއްޓެވެ.

ޔާމީން ރަޝީދު މަރާލުމަށްފަހު ބަޔަކު ސައިކަލުގައި ނައްޓާލަނީ

ޔާމީން ރަޝީދު މަރާލުމަށްފަހު ބަޔަކު ސައިކަލުގައި ނައްޓާލަނީ

މީގެ އިތުރުން ފުލުހުން ހޯދި މުހިންމު ހެކިތައް ތަހުލީލު ކުރުމުގައި ވެސް އެތައް ގޯސްތަކެއް ހަދާފައިވެ އެވެ. އެގޮތުން ބައެއް ވީޑިއޯ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާއިރު، އެ ހެކިތައް ނެގި ކަމަށް ބުނާ ފުލުހުންގެ ހެކިބަހުގައި ވެސް ފުށުއެރުންތައް ހުއްޓެވެ. އަދި ވީޑިއޯ ތަހުލީލުކުރި ފުލުސް މީހާގެ ބަހުން ވެސް އެނގުނީ ވީޑިއޯތައް އެއްކޮށް ތަހުލީލު ކުރުމުގައި ބަދަލުގައި ވީޑިއޯއިން ފެންނަ ވަކި މީހަކު އެކަނި ފާހަގަ ކުރުމަށްފަހު އޭނާ އާއި ދައުވާލިބޭ މީހުންގެ ސިފައާ ދިމާވޭތޯ ބަލަން މަސައްކަތް ކޮށްފައިވާ ކަމެވެ.

އެތައް ބަޔަކު ބައިވެރިވެގެން ހިންގި އަނިޔާވެރި މަރެއްގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކަށް އެކަނި ކުށް ސާބިތުވުމަކީ ކާމިޔާބެއް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެކަމުގެ އަޑީގައި ތިބި މީހުން ހޯދިފައި ނެތްއިރު، އެކަމަށް އެހީތެރިވި ކަމަށް ތުހުމަތު ކުރެވުނު އެއްވެސް މީހަކަށް ކުށް ސާބިތު ނުވެ، ސަލާމަތްވެގެން ދިޔަ ދިއުމުން ހާމަވީ ދައުލަތާއި ފުލުހުންގެ އިހުމާލު ބޮޑުކަމެވެ. އަދި މުހިންމު އެތައް ކަމެއް ތަހުގީގުގައި ދޫކޮށްލާފައިވާތީ ހަގީގަތާ ހަމައަށް އަދިވެސް ވާސިލް ނުވެވޭ ކަމެކެވެ.