Roadha Mihaaru
ބަޔަކު ހޯދަނީ އަފްރާޝީމްގެ މަރުގެ މައްސަލާގައި

ދެ މީހަކު ހޯދަން އިއުލާންކުރީ އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން: ރިޔާސީ ކޮމިޝަން

21 ޖެނުއަރީ 2019

ދެ މީހަކު ހޯދަން އިއުލާންކުރީ ޑރ. އަފްރާޝީމް އަލީގެ ގެ މަރުގެ މައްސަލައާ ގުޅިގެން ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ މީހަކު ހޯދަން އިއުލާންކުރީ ޑރ. އަފްރާޝީމް އަލީގެ ގެ މަރުގެ މައްސަލައާ ގުޅިގެން ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ވަނީ ވީޑިއޯ ފުޓޭޖެއް ޓްވީޓާގައި އާންމުކޮށް، އެ ވީޑިއޯއިން ފެންނަ ދެ މީހަކު ހޯދަން އިއުލާން ކޮށްފަ އެވެ.

އެ ޓްވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަމާޒުކުރި ސުވާލުތަކުގެ ޖަވާބުގައި، ކޮމިޝަނުން ބުނެފައިވަނީ އެ ދެ މީހުން ހޯދަނީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ކަމަށެވެ. އަދި ވީޑިއޯގައި ފެންނަނީ އަފްރާޝީމް އަވަހާރަކޮށްލި ރޭ، އޭނާ ދިރިއުޅުއްވި ގެ ކައިރީގައި ހުންނަ ކްރަސްޓީސް ރެސްޓޯރެންޓްގެ ހުޅަނގުގައި ހަރަކާތްތެރިވި ބައެއް ކަމަށް އެ ޓްވީޓްގައިވެ އެވެ.

ވީޑިއޯގައި ފެންނަ ދެ މީހުންގެ މޫނު ސާފެއް ނުވެ އެވެ. އަދި ވީޑިއޯގައި އެ ދެ މީހުން ތިބި ސައިކަލުގެ ނަމްބަރެއް ވެސް އެ ވީޑިއޯއަކުން ނުފެނެ އެވެ.

ރިޔާސީ ކޮމިޝަނުން ބަލާނެ މައްސަލަތައް އެ ކޮމިޝަނުން ކުރިން ކަނޑައަޅާފައި ވާއިރު، އޭގެ ތެރޭގައި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ވެސް ހިމެނެ އެވެ.

އެ ކޮމިޝަނުން ކުރާ ތަހުގީގުތަކާ ގުޅިގެން ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީ ހޯދާނެ ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.