18 ނޮވެމްބަރ 2019
ދީނީ އިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައި ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވީ އޭރު ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ދީނީ އިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައި ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވީ އޭރު ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް، މީގެ ހަތް އަހަރު ކުރިން އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ވަނީ ތަހުގީގެއް ހިންގައި ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ބުނީ "ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ބޭނުމެއްގައި، ސިޔާސީ ވިސްނުމެއްގައި ކަމަށް ބުނާ ބުނުމަށް ބާރު ލިބޭ ހެއްކެއް ނެތް" ކަމަށެވެ.
އެކަން ހިންގީ އެ ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި، ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތަކުންނެވެ. އެއީ، އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކަކީ ކުފުރުގެ ވާހަކަތަކެއް ކަމަށް އެ ޖަމާއަތަށް ފެންނާތީ އާއި ކީރިތި ރަސޫލާގެ ސުންނަތަށް ފުރައްސާރަކޮށް ހަރާމް ކަންތައްތައް ހަލާލުކޮށް، ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް އެ ޖަމާއަތުން ގަބޫލުކުރާތީ ކަމަށް ރިޕޯޓުގައިވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގުގެ ހޯދުންތައް ޑިސެމްބަރު، 4، 2012 ގައި މީޑިއާއާ ހިއްސާކުރައްވައި ރިޔާޒް ވިދާޅުވެފައި ވަނީ، އެ އަމަލު ހިންގީ އަފްރާޝީމާ ދީނީ ގޮތުން ހިޔާލު ތަފާތު ބައެއް ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރާ ކަމަށެވެ. އެކަމަކު، މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އޭރު ލިބުނު މައުލޫމާތުން ބުރަވެވެވެނީ އެކަމުގެ އަޑީގައި ތިބީ ސިޔާސީ ބަޔަކު ކަމަށް ރިިޔާޒް ވިދާޅުވެފައިވެ އެވެ.
ރިޕޯޓާ ގުޅިގެން "މިހާރު" އިން ސުވާލު ދެންނެވުމުން ރިޔާޒް ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ ފަހަތުގައި ސިޔާސީ ބަޔަކު ތިބި ކަމަށް އޭރު ހާމަކުރީ ފުލުހުންގެ ތަހުގީގަށް، އަފްރާޝީމްގެ ގާތިލް ހުސެއިން ހުމާމް ދީފައިވާ ބަޔާނާއި އެހެނިހެން ގޮތްގޮތުން ތަހުގީގަށް ލިބުނު މައުލޫމާތުތަކާ ގުޅިގެންނެވެ.
"އަޅުގަނޑަށް އޭރު ހާމަކުރީ ފުލުހުންގެ ތަހުގީގަށް އެހާތަނަށް ލިބުނު މައުލޫމާތު. ތަހުގީގުގައި އެކަންޏެއް ނޫން ހުމާމް ވަނީ ތަހުގީގުގައި ދެއްކި ވާހަކަތައް މުއްދަތު މަޖިލީހުގަ އާއި ޝަރީއަތުގެ މަޖިލީހުގައި ވެސް ވާހަކަ ދައްކާ ހަދާފައި [ސިޔާސީ ފަރާތްތަކާ ގުޅުވައި]،" ރިޔާޒް ވިދާޅުވި އެވެ.
އަފްރާޝީމް އަލީ އަވަހާރާކޮށްލުމުގައި ފައިސާގެ މުއާމަލާތް ހިންގީ މ. ޖަރީމާގޭ އަބްދުﷲ ޖާވިދު (ޖާ) ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރު ވެސް ކުރި އެވެ. ފަހުން އޭނާ ދޫކޮށްލާފައިވާ އިރު، ހަތަރު މިލިއަން ރުފިޔާއެއްގެ ވާހަކަ ޖާ ދައްކާ އޯޑިއޯ ފުލުހުންނަށް ލިބުނު ނަމަވެސް ފަހުން އެ އޯޑިއޯ ވީނުވީ ތަނެއް ނޭނގުނު ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.
ޑރ. އަފްރާޝީމް އަލީ: އޭނާ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި އެ ޖަރީމާ ހިންގި ގޮތް ތަފްސީލްކޮށްދީފައިވޭ.
މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފެވެ. އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކު ކަން ތަހުގީގުގުން ވަނީ ހޯދިފަ އެވެ. އެ ނެޓްވޯކް ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާއި މީހުންނަށް ކުރިމަތިކޮށްފައިވާ އަނިޔާތަކާއި ޖަރީމާތައް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައި ވަނީ ހުމާމްގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. ޝާން އަކީ، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އަދި އޭނާ އަކީ މިހާރުގެ ސިޔާސީ ބައެއް އިސްބޭފުޅުންގެ ގާތް އެކުވެރިއެކެވެ.
ޝާން އާއި ހުމާމްގެ އިތުރުން އޭރު އުމުރުން 18 ނުފުރޭ ކުއްޖަކަށް ވެސް ދައުވާކުރި އެވެ. އޭނާގެ ބައިވެރިވެރިވުން ވެސް ވަރަށް ބޮޑަށް އޮތްކަން ވަނީ ހާމަވެފަ އެވެ. އަފްރާޝީމަށް ހަމަލާ ދިނުމަށް އަޒްލިފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގައި އޭނާ އަށް އެހީވާ މީހުންނާއި ކުދިންނެވެ.
4 މިލިއަނާ ގުޅޭ ގޮތުން ޖާގެ އޯޑިއޯ ވީތަނެއް ނޭނގޭ!
އަފްރާޝީމްގެ މަރާ ބެހޭ އާ ވާހަކައެއް ނެތް: ރިޔާޒް
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
ޝަހީމަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް
3 މަރާ ގުޅިގެން މަޒީދާއި ސާމިތަށް ދައުވާކުރަން އެދެފި
އަފްރާޝީމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރެވޭކަށްނެތް
ޝަހީމަށް ކުރި ތުހުމަތުގެ ހަގީގަތަކީ ކޮބާ؟
އަދީބާ ބެހޭ ގޮތުން ނާޒިމް ހެދީ ދޮގު: އާއިލާ
ރިޕޯޓް އާއްމުވި މައްސަލަގައިގައި ޝުމްބާއާ ސުވާލުކޮށްފި
އަފްރާޝީމް އަވަހަރާކޮށްލުމުގެ މޭސްތިރިއަކީ އަޒްލިފް