12 ނޮވެމްބަރ 2019
ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަނީ ގާނޫނުތަކާ ޚިލާފަށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި އެކަމާ ގުޅިގެން އެ ކޮމިޝަނުން ފޮނުވި ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އަސާސެއް ނެތް ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ޖޭއެސްސީ އަށް އެކަން އަންގަވައިފި އެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަނީ ގާނޫނުތަކާ ޚިލާފަށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި އެކަމާ ގުޅިގެން އެ ކޮމިޝަނުން ފޮނުވި ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އަސާސެއް ނެތް ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ޖޭއެސްސީ އަށް އެކަން އަންގަވައިފި އެވެ.
ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްތަކުގެ ބޭރުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމައި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޖޭއެސްސީން ކުރި ތަހުގީގުގެ ރިޕޯޓް އެމަނިކުފާނަށް ފޮނުވިޔަސް، އެ ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
އެނގިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު ވަނީ ކޯޓަކުން ނިންމާފައިވާ އެއްވެސް ނިންމުމަކާ ގުޅިގެން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަކީ ނުވަތަ ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށާއި ޖޭއެސްސީގެ ތަހުގީގަކީ ގާނޫނުތަކާ ޚިލާފަށް އެ ކޮމިޝަނުން ބެލި މައްސަލަތަކެއް ކަމަށް ވިދާޅުވެ، ޖޭއެސްސީ އަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.
އެހެންވެ، އެ ކޮމިޝަންގެ ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ޖޭއެސްސީ އަށް އަންގާވައިވާ ކަމަށް އެނގިފައި ވެ އެވެ. އަދި އެ ކޮމިޝަނުން ގާނޫނާ ޚިލާފަށް ހިންގާ އިޖްރައާތަކަށް އެމަނިކުފާނު ތަބާވެ ވަޑައިގަތުމަކީ ހަގީގަތާ ޚިލާފަށް އޭގައި ގާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެ، އެ އަށް ގާނޫނީ ބުރަދަން ދިނުން ކަމަށް ނޫނީ ނުވާނެ ކަމަށް ވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް އެނގިފައިވެ އެވެ.
މީގެ އިތުރުން، ކޯޓެއްގެ ނިންމުން ގޯސް ކަމަށް ބުނެ ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ޖޭއެސްސީ އަށް އުއްތަމަ ފަނޑިޔާރު ފޮނުއްވި ސިޓީފުޅުގައި ވެ އެވެ. އަދި އެއީ އަދުލު އިންސާފަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށާއި އެކަންކަމުގައި ބައިވެރިވާ ޖޭއެސްސީގެ މެމްބަރުން އެކަމަށް ފަރުދީ ގޮތުން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަން ވެސް އެމަނިކުފާނުގެ ސިޓީގައި ހަނދާންކޮށް ދެއްވާފައިވެ އެވެ.
އެ މައްސަލަތަ ބަލަން ފެށުމުން، އެކަމާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު މީގެ ކުރިން ބަޔާން ނެރުއްވުމުން އެކަން ވެސް ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަން އޮތީ ނިންމައިފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސަސްޕެންޝަން ބަލައެއްނުގަންނަން: އުއްތަމަ ފަނޑިޔާރު
ފަނޑިޔާރުންނާ ގުޅޭ 200 މައްސަލަ ބެލިން: ޖޭއެސްސީ
ވަކި ވަގުތަކު ފިޔަވަޅު ނޭޅޭނެކަމަށް ނުދެކޭތި: ހިސާން
އުއްތަމަ ފަނޑިޔާރުގެ ތަހުގީގު ރިޕޯޓް ބަލައެއް ނުގަތް
އުއްތަމަ ފަނޑިޔާރުގެ މައްސަލާގެ ރިޕޯޓް ފޮނުވައިފި
އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟
ބަޔާން ނެރުމުން އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބަލަނީ
"ހުކުމްތަކުގެ މައްސަލަތައް ޖޭއެސްސީއަކަށް ނުބެލޭނެ"