16 އޮކްޓޯބަރ 2019
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ބަލަމުން ދަނީ އެ ކޮމިޝަނަށް ބެލުމުގެ ބާރު ލިބިފައިވާ މައްސަލަތަކެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ބަލަމުން ދަނީ އެ ކޮމިޝަނަށް ބެލުމުގެ ބާރު ލިބިފައިވާ މައްސަލަތަކެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތައް ބަލަން ނިންމައި ޖޭއެސްސީން ގެންދަނީ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރަން ފަށައިފަ އެވެ. އެކަމާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރުވާން ވަނީ ނޯޓިސް ވެސް ނެރެފަ އެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަން އަންގައި، ޖޭއެސްސީން ފޮނުވި ނޯޓިސްގައި 15 ކަމެއް ހިމަނާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި އެ ކޮމިޝަނަށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް، އުއްތަމަފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.
އެމަނިކުފާނު ވަނީ ޖޭއެސްސީގެ އެ ބެލުންތައް ހުއްޓުވައިދެއްވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ނަޝީދު އިންނަވަ އެވެ.
ވަރަށް މަދުން ނޫނީ އުއްތަމަފަނޑިޔާރުގެ ފަރާތްޕުޅުން މިކަހަލަ ބަޔާނެއް ނެރުއްވާފައެއް ނުވެ އެވެ. ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންނަށް ފޮނުވި ނޯޓިސްގައި ފާހަގަކުރަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ ވާހަކަ ކަމަށާއި ކޯޓަކުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްސަލަ ޖޭއެސްސީއަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
"ސުޕްރީމް ކޯޓުން ވިޔަސް، އަދި އެހެން ކޯޓަކުން ވިޔަސް ނިންމާފައިވާ އެފަދަ ގަޟައީ ނިންމުމެއް މުރާޖާ ކުރުމާއި އޭގެ ސައްހަކަން ބެލުމާއި އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތް ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ޖުޑީޝަލް އެއްވެސް އިޖްރާއާތެއް ހިންގުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ތަންދޭ އަދި ގާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ،" އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން ފަނޑިޔާރަކު އޭނާގެ ޒިންމާ އަދާކުރުމުގެ ގޮތުން ކުރާ ހުކުމެއް ނުވަތަ ނެރޭ އަމުރަކާ ގުޅިގެން ސުލޫކީ މައްސަލަ ބެލުމަކީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ބައިނަލްއަގްވާމީ ހަމަތަކާއި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުތަކާ ޚިލާފް ކަމެކެވެ.
ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގަ އާއި ޝަރީއަތުން ބަލާ އެ ނޫން މައްސަލަތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަން ފާހަގަކުރައްވައި، އެ ބަޔާނުގައި ސިފަކުރެއްވި ގޮތުގައި އެ ކޯޓުގެ ނިންމުމަކާ ގުޅިގެން ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރާ އަމަލެކެވެ.
ވެރިކަން ހިންގާ ފަރާތުންނާއި ގާނޫނު ހަދާ މަޖިލީހުން ކުރާ ކަންކަމުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ނަމަ އެކަމާ މެދު ގޮތެއް ކަނޑައެޅުމާއި ގާނޫނު މާނަކުރުމަކީ ހަމައެކަނި ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަން އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މަޝްހޫރު ދުސްތޫރީ ދެ މައްސަލައެއްގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އެމެރިކާގެ ކުރީގެ ރައީސް ރިޗާޑް ނިކްސަންއާ ދެކޮޅަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމި މަޝްހޫރު މައްސަލައެކެވެ.
މީގެ އިތުރުން ކޯޓަކުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ ބާރު ކެނޑިގެންދާ ގޮތަށް ނުވަތަ އެ ނިންމުމެއް ބަދަލުކުރަން ދައުލަތުގެ އެހެން ބާރުތަކުން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަން ބައިނަލްއަގްވާމީ މުއާހަދާތަކާއި ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމާފައިވާ މައްސަލައެއްގައި ވެސް އޮތް ކަން އެނގޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައި ވެސް، ފަނޑިޔާރަކު ކުރާ ހުކުމެއް ނުވަތަ ނެރޭ އަމުރަކާ ގުޅިގެން އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން މަނާކުރާކަން އެ ބަޔާނުގައި ފާހަގަކުރެއްވި އެވެ.
"ފަނޑިޔާރަކު ނިންމި ނިންމުމެއްގައި އޭނާ އިޖްތިހާދު ކުރި ގޮތަކުން ނުވަތަ ރައުޔު ދިން ގޮތަކުން ނުވަތަ ނިންމި ނިންމުމެއްގެ ސަބަބުން އެ ނިންމުން ގޯސް ކަމުގައި ބުނެ، އެ ނިންމުމުގެ މެރިޓަށް ބަލައިގެން އެ ފަނޑިޔާރަކާ ދެކޮޅަށް އެއްވެސް ކަހަލަ އިޖްރާއާތެއް ވިޔަސް، މަދަނީ އަދި ޖިނާއީ އިޖްރާއާތުތަކެއް ވިޔަސް ހިންގުމަކީ މި މިންގަނޑުތަކުން ކަނޑައެޅިގެން މަނާ ކުރާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އެގޮތަށް ބަޔާން ނެރުއްވިއިރު، ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، އެ ބޭފުޅުންނަށް ނަސޭހަތް ދޭން ދާދި ފަހުން އެ ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އޭގެ ކުރިން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ފަނޑިޔާރު ކަމުން ވަނީ ވަކިކޮށްފަ އެވެ.
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައެއް ނެތް
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!