Roadha Mihaaru
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ

އުއްތަމަ ފަނޑިޔާރުގެ ވަރުގަދަ ބަޔާނެއް: ތި އުޅެނީ ޝަރުއީ ނިޒާމު ޕެރެލައިޒް ކުރަން!

04 ނޮވެމްބަރ 2019

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވަނީ ފަނޑިޔާރުގޭގެ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެކަށައެޅިފައި އޮތަސް ގާނޫނުއަސާސީގެ މާއްދާތަކުގެ ބާރު ކެނޑޭ ގޮތަށް ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅަން ޑީޖޭއޭ އިން މަސައްކަތް ކުރާ ކަމަށެވެ.

ޑީޖޭއޭ އިން ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތް ބާނައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލިހުގެ ބާރު ކަނޑުވާލައި ކޯޓުތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް އެ އިދާރާގެ ބެލުމުގެ ދަށަށް ބަދަލުކުރަން އުޅޭ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން، އަދުލު އިންސާފުގެ އެންމެ އިސް ފަރާތް ކަމަށްވާ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމު، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް، ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވި އިރު، ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޑީޖޭއޭ އަށް ސުޕްރީމް ކޯޓުން ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ. ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ދިޔަ ޑީޖޭއޭ މި ފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހެއް ދަށުން ވަނީ ޖޭއެސްސީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

"ގާނޫނުއަސާސީން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެވޭ ގޮތަށް ދުސްތޫރީ ގޮތުން ހެޔޮ އަސާސްތަކުގެ މަތީގައި ހެދޭ ގާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ އިދާރީ އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްވެސް އުސޫލެއް ހެދުމަކީ ނުވަތަ ގޮތެއް ކަނޑައެޅުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމަކީ ޖޭއެސްސީ ވިޔަސް ޑީޖޭއޭ ވިޔަސް އަދި ދައުލަތުގެ އެހެން އެއްވެސް ފަރާތަކަށް ނުވަތަ އިދާރާއަކަށް ވެސް ލިބިގެންވާ ބާރެއް ނޫނެވެ،" އުއްތަަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ނެރުއްވި އަށް ސަފްހާގެ ބަޔާނުގައި ވަނީ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި އިދާރީ ނިޒާމަކީ ފަނޑިޔާރުންގެ ބާރު ނުހިނގާ ނިޒާމަކަށް ވެއްޖެނަމަ އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާ ނުކުރެވޭނެ ފަދަ ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ އިދާރީ، ނިޒާމީ އިންޓެގްރިޓީ ގެއްލި ކޯޓާއި ފަނޑިޔާރުންގެ މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އެކަށައެޅުމާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަ ފަނޑިޔާރަށް ގާނޫނުތަކުން ދީފައިވާ ބާރެއްކަން އެނގެން އޮންނަ ކަމަށާއި އެއާ ހިލާފަށް އެކަން ކުރަން އުޅުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމުގެ ބާރެއް އެއްވެސް ގާނޫނަކުން ޖޭއެސްސީއަށް ވެސް ޑީޖޭއޭއަށް ވެސް އަދި އެހެން ކޮމިޓީއަކަށް ވެސް ދީފައި ނެތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ނެރުއްވި ދިގު ބަޔާނުގައިވެ އެވެ.

"ގާނޫނުއަސާސީން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެވޭ ގޮތަށް ދުސްތޫރީ ގޮތުން ހެޔޮ އަސާސްތަކުގެ މަތީގައި ހެދޭ ގާނޫނުތަކުގެ އިތުރުން ކޯޓުތަކުގެ އިދާރީ އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްވެސް އުސޫލެއް ހެދުމަކީ ނުވަތަ ގޮތެއް ކަނޑައެޅުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމަކީ ޖޭއެސްސީ ވިޔަސް ޑީޖޭއޭ ވިޔަސް އަދި ދައުލަތުގެ އެހެން އެއްވެސް ފަރާތަކަށް ނުވަތަ އިދާރާއަކަށް ވެސް ލިބިގެންވާ ބާރެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ކޯޓުތައް ހިންގާނެ އުސޫލުތައް ކަނޑައެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައި ކޯޓުތަކުގެ މަސައްކަތް ދަތިކޮށް ހުރަސް އަޅައި ދިވެހި ދައުލަތުގެ އިންސާފު ގާއިމު ކުރުމުގެ މަސައްކަތް ހުއްޓުވައި ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނެ ފަދަ ބިރުވެރިކަމާއި ނުފޫޒާއި ދަތިކުރުމުގެ މާހައުލެއް އުފެއްދުން ފިޔަވައި އެހެން އެއްވެސް ނަތީޖާއެއް ނުނިކުންނަ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކެއް ކަން ހަމަ ވިސްނުމުން ވިސްނާ ކޮންމެ މީހަކަށް ޝައްކެއް ނެތް މިންވަރަށް ސާފުވާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންކަމުން މިހާރު ޑީޖޭއޭގެ އަމަލުތައް ހުރި ގޮތުން ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިވެ އަދުލްއިންސާފު ގާއިމް ކުރުމުގެ މުޅި ނިޒާމް ފުނޑުފުނޑުވެގެން ދާނެ ކަމަށް ބަޔާނުގައިވެ އެވެ.

އަދި ނިޒާމް ޕެރެލައިޒްކޮށް ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.