12 ނޮވެމްބަރ 2019
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަނޑިޔާރުންނާ ގުޅޭގޮތުން 200 އެއްހާ މައްސަލަ ބަލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ބުނެފި އެވެ.
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަނޑިޔާރުންނާ ގުޅޭގޮތުން 200 އެއްހާ މައްސަލަ ބަލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޖޭއެސްސީގެ ގާނޫނަށް މިދިޔަ ސެޕްޓެމްބަރު މަހު އިސްލާހު ގެނައި ފަހުން ބެލި 200 އެއްހާ މައްސަލައިގެ ތެރޭގައި ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ. ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލަތައް ޖޭއެސްސީގެ އުސޫލުތަކުގެ ތެރެއިން ބަލަމުންދާނެ ކަމަށާއި އެކަމުގައި ކޮމިޝަންގެ ގާނޫނީ ބާރުތަކުގެ ބޭރުން އަމަލު ނުކުރާނެ ކަމަށް ބަޔާނުގައި ވެ އެވެ. އަދި އެއްވެސް ފަނޑިޔާރަކު ކުރި ހުކުމަކާ ދެކޮޅަށް ހުށަހެޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ނުބަލާނެ ކަމަށާއި އެ ކޮމިޝަނުން ބަލަނީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފް މައްސަލަތައް ވެސް ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އުއްތަމަ ފަނޑިޔާރުގެ 18 މައްސަލައެއް ބަލަމުންދާއިރު ފަނޑިޔާރު އަބްދުﷲ އަރީފްގެ 14 މައްސަލަ އަކާއި ފަނޑިޔާރު އާދަމް މުހައްމަދާ ދެކޮޅަށް 16 މައްސަލައެއް ލިބިފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާ ގުޅޭ ތިން މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި، ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިިންމާފައިވާ ނިންމުންތަކުގެ މައްސަލަތަކަކީ ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ހެދި ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކެކެވެ. ރައްޔިތުންގެ މަޖިލީހާއި ދަށު ކޯޓުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގެންފައިވާ ކަމަށް އެ ރިޕޯޓްގައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރީ އޭނާ ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯއެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަން ނިންމައި، އެ ކޮމިޝަނަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރެއްވުމުން ކަމަށް ޖޭއެސްސީން ބުނެ އެވެ.
އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ގޮންޖެހުންތައް ކުރިމަތިވިޔަސް، ޖޭއެސްސީގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި އެދެވޭ ނަތީޖާތަކެއް ނެރެދޭނެ ކަމަށެވެ.
ސަސްޕެންޝަން ބަލައެއްނުގަންނަން: އުއްތަމަ ފަނޑިޔާރު
"ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް"
ވަކި ވަގުތަކު ފިޔަވަޅު ނޭޅޭނެކަމަށް ނުދެކޭތި: ހިސާން
އުއްތަމަ ފަނޑިޔާރުގެ ތަހުގީގު ރިޕޯޓް ބަލައެއް ނުގަތް
އުއްތަމަ ފަނޑިޔާރުގެ މައްސަލާގެ ރިޕޯޓް ފޮނުވައިފި
އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟
ބަޔާން ނެރުމުން އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބަލަނީ
"ހުކުމްތަކުގެ މައްސަލަތައް ޖޭއެސްސީއަކަށް ނުބެލޭނެ"