Roadha Mihaaru
އުއްތަމަ ފަނޑިޔާރުގެ މައްސަލާގެ ރިޕޯޓް ފޮނުވައިފި

އުއްތަމަ ފަނޑިޔާރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވައިފި

07 ނޮވެމްބަރ 2019

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި މައްސަލާގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި މައްސަލާގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެކަމާ ދެކޮޅަށް އެމަނިކުފާނު ބަޔާން ނެރުއްވުމުން އެ މައްސަލަ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ވަނީ ބަލަން ނިންމައިފަ އެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލައިގެ ތަހުގީގު ރިޕޯޓް އެމަނިކުފާނާ ހަވާލުކުރަން ސުޕްރީމް ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ތަހުގީގު ރިޕޯޓް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީގެ ޓްވީޓް

އުއްތަމަ ފަނޑިޔާރުގެ މައްސަލާގެ ތަހުގީގު ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވިއިރު، އެ ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.