05 ޑިސެމްބަރ 2019
ދިރާސީ އާ އަހަރު ނިމުމާ އެކު ދަރިވަރުން އެންމެ އިންތިޒާރުކުރާނީ ސްކޫލު ބޮޑު ޗުއްޓީއަށެވެ. އެ ޗުއްޓީ ހެޔޮ ގޮތުގައި ބޭނުންކުރުމާއި ކިޔެވުމުގެ ކަންކަން ބަހައްޓާނެ ގޮތް ރަނގަޅަށް އެނގުން ވަރަށް މުހިއްމެވެ. މި ގެނެސްދެނީ، ތައުލީމީ ގޮތުން ކާމިޔާބު ބައެއް ދަރިވަރުންގެ ކަންކަން ބަހައްޓާ ގޮތުގެ ބައެއް މައުލޫމާތެވެ.
ދިރާސީ އާ އަހަރު ނިމުމާ އެކު ދަރިވަރުން އެންމެ އިންތިޒާރުކުރާނީ ސްކޫލު ބޮޑު ޗުއްޓީއަށެވެ. އެ ޗުއްޓީ ހެޔޮ ގޮތުގައި ބޭނުންކުރުމާއި ކިޔެވުމުގެ ކަންކަން ބަހައްޓާނެ ގޮތް ރަނގަޅަށް އެނގުން ވަރަށް މުހިއްމެވެ. މި ގެނެސްދެނީ، ތައުލީމީ ގޮތުން ކާމިޔާބު ބައެއް ދަރިވަރުންގެ ކަންކަން ބަހައްޓާ ގޮތުގެ ބައެއް މައުލޫމާތެވެ.
ކަލާފާން ސްކޫލުގައި ގްރޭޑު ނުވެއް ނިންމުމަށް ފަހު ނާއިލްއަށް ދެން އޮތީ ތައުލީމީ ހަޔާތުގެ ފުރަތަމަ 10 އަހަރު ތެރޭގައި ކުރިމަތިލާ އެންމެ ބޮޑު އިމްތިހާނަށެވެ. އެހެންކަމުން ބޮޑު ޗުއްޓީއަށް ދިޔަ ކަމުގައި ވިއަސް ކިޔެވުން ދޫނުކޮށެއް ނުލާނެ އެވެ.
ސައިންސް ސްޓްރީމް ކިޔަވަމުން އަންނަ ދަރިވަރު ބުނާ ގޮތުގައި އޭނާއަށް އެންމެ އުނދަގުލީ ހިސާބެވެ. ތަފާތު އެކި ފޯމިއުލާތައް ހިތުދަސްކުރަން ޖެހޭތީ އެވެ. އެހެންވެ ފޯމިއުލާތައް ވަކިން ދަސްކުރުމުގެ ބަދަލުގައި ވީހާވެސް ގިނައިން ތަފާތު ސުވާލުތައް ހަދައި ދެނެގަތުމަކީ، އޭނާއަށް އެންމެ ފަސޭހަ ގޮތެވެ.
އޯ ލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ކެމިސްޓްރީ އާއި ޓްރެވެލް އެންޑް ޓޫރިޒަމްގެ ކުރީގެ ޕޭޕަރުތައް އޭނާ ގެންދަނީ ހަދަމުންނެވެ.
ނާއިލަކީ ކަލާފާންގެ ޕްރިފެކްޓެއްގެ އިތުރުން ބޭންޑުގައި ވެސް ވަރަށް ހަރަކާތްތެރި ދަރިވަރެކެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފައިދާކުރާ ކަމަށް ބުންޏެވެ.
ނާއިލް ސްކޫލްގައި: ޗުއްޓީގައި ވެސް ކިޔެވުން ކުރިއަށް ގެންދާނެ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ބޭންޑުގައި އުޅެގެން އެންމެ ބޮޑަށް ދަސްވީ ވަގުތަށް ފަރުވާތެރިވުމާއި އެ ކުރާ މަސައްކަތަކަށް ކަމޭހިތުން. މިހާރު ބޭންޑުގައި އުޅެގެން ދަސްވާ ކަންކަމުގެ ސަބަބުން ކްލާހުގައި ޓީޗަރުން ދޭ ފިލާވަޅުތައް ވަގުތުން ނިންމަން ފަސޭހަވެގެންދޭ،" ނާއިލް ބުންޏެވެ.
"ކްލާސް ތެރެއިން މިހެން ދިރިއުޅުމަށް އެތަކެއް ހުނަރުތަކެއް އަޅުގަނޑަށް ދަސްވޭ. ލީޑަޝިޕާއި އެހެން ކުދިންނާ ގުޅިގެން އުޅެން އެނގޭ."
ގްރޭޑު 10ގައި، ދެ އަހަރުގެ ފިލާވަޅުތައް ދަސްކުރަން ލިބޭނީ އެންމެ ހަ މަސް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެހެންވެ ބޮޑު ޗުއްޓީގައި އެންމެ އިސްކަމެއްދޭން ބޭނުންވަނީ އިސްލާމާއި ހިސާބުގެ އިތުރުން ފިޒިކްސް އަށެވެ.
އާ އަަހަރު އޯ ލެވެލް ހަދާ ދަރިވަރުންނަށް ނާއިލްގެ ނަސޭހަތަކީ މިއީ އެވެ: ޗުއްޓީގައި މަޖާކުރުމާ އެކު ވެސް ކިޔެވުމަށް ކޮންމެވެސް ވަގުތެއް ހޭދަކުރާށެވެ. ސިކުނޑި ހަމަޖައްސާލަން އެކި ކަންކަމުގައި މަސްއޫލުވެ އުޅުނު ކަމުގައި ވިއަސް، ގްރޭޑު ނުވެއްގައިި ކިޔަވައިދިން އެއްޗެހި ހަނދާން ނައްތާނުލާށެވެ.
ހިރިޔާ ސްކޫލުގެ ލައިބްރަރީގައި ސުމާ ފޮތްތަކެއް ބަލަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުމާ އެންމެ އިސްކަންދެނީ އެ ދުވަހަކު ކިޔަވައިދޭ ފިލާވަޅުތައް ދަސްކުރުމަށެވެ. އަދި ޓެސްޓެއް ކައިރީގައި އޮތް ނަމަ، ވަކިވަކި މާއްދާތަކަށް ސަމާލުކަން ދީގެން ކިޔަވަ އެވެ.
އަދަބީ ހިޔާގެ ރައީސަކަށް އުޅުމުގެ އިތުރުން ވާހަކަދެއްކުމާއި ގައުމީ ގުރުއާން މުބާރާތްތަކުގައި ބައިވެރިވުުގެ އިތުރުން ސްކައުޓުގައި ވެސް ސުމާ އުޅެ އެވެ.
އޭނާ ބުނީ އިތުރު ހަރަކާތްތަކުގެ ސަބަބުން ވަރަށް ފައިދާކުރާ ކަމަށެވެ. ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވުމުން އެކި ކަންކަމާ ގުޅޭ މައުލޫމާތު ލިބޭތީ ބައެއް މާއްދާތަކުގެ ޓެސްޓް ހެދުމަށް ފަސޭހަވާ ކަމަށް ބުންޏެވެ.
ސުމާ: އޯ ލެވެލް އިމްތިހާނަށް ވަނީ ތައްޔާރުވާން ފަށާފައި.- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ދެކޭ ގޮތުގައި ބައެއް ދަރިވަރުން ސުވާލު ކުރުމަށް އަދިވެސް ފަސްޖެހެ އެވެ. އެކަމަކު އޭނާ ދޭ ނަސޭހަތަކީ އޮޅުންއަރާ ކަމެއް އޮވެއްޖެ ނަމަ ޓީޗަރާ ގިނައިން ސުވާލުކުރުމެވެ.
ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު ލުމާކް-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އޯ ލެވެލް ނިންމާލީ ރާއްޖޭގެ ގަދަ ހަތް ވަނައިގައި ހިމެނިގެންނެވެ. ރަނގަޅު ނަތީޖާއެއް ހޯދުނު ކަމަށް ވިއަސް އޭ ލެވެލް މާ އުނދަގުލެވެ. ފިލާވަޅުތައް ދުވަހުން ދުވަހަށް ދަސްނުކުރާ ނަމަ ފަހުން މާ އުނދަގޫވާނެ ކަމަށް ލުމާކް ބުންޏެވެ.
އޭނާގެ ތަޖުރިބާއަކީ ކިޔަވާ ވަގުތު އުނދަގޫވެދާނެ އެއްވެސް ކަމެއް ކުރިމަތިވިޔަނުދިނުމެވެ. ކިޔަވަން ނަފްސާނީ ގޮތުން ވެސް ތައްޔާރުވާން ޖެހޭނެ ކަމަށާއި އެހެން ނޫނީ ރަނގަޅަށް ނުކިޔެވޭނެ ކަމަށް، އަމިއްލަ ތަޖުރިބާގެ އަލީގައި، އެހެން ކުދިންނަށް، ލުމާކް ނަސޭހަތްތެރިވެ އެވެ.
"ސުވާލެއް ނުވަތަ ކަމެއް އުނދަގޫވިއަސް ގިނަގިނައިން އެ ސުވާލެއް ހަދައިގެން މަސައްކަތްކުރީމަ އެކަމެއް ދަސްވާނެ،" ލުމާކް ބުންޏެވެ.
އޭ ލެވެލްއަށް ކިޔަވަމުން އަންނަ ލުމާކް-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޯ ލެވެލް އަށް ކިޔެވީ ވެސް ޝެޑިއުލެއް ހަދައިގެންނެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު ދެ ގަޑިއިރު ކިޔަވާލާފައި މެންދުރު ބްރޭކެއް ނަގާލުމަށް ފަހު އަނެއްކާ އިރުއޮއްސޭހާއިރު ކިޔަވާލައިގެންނެވެ. އޭނާއަށް ކިޔަވަން އެންމެ ފަސޭހައީ ވެސް ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގަ އެވެ.
އޭ ލެވެލް އަށް ކިޔަވާއިރު އުނދަގޫވިއަސް ދަސްކުރާ ވަރަކަށް ކަންކަން އަންނަނީ ފަސޭހަވަމުންނެވެ. އެހެންކަމުން އެންމެ ފަހުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ. އަދި އެއީ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ދަރިވަރަށް ވަރަށް މުހިންމު ކަމެއް ވެސްމެ އެވެ.
ސްކޫލު ކުދިން، އެކަމަކު ހީވީ ގޭންގެއް އަރައިގަތްހެން
ކުޅިވަރުގައި ދަރިވަރުންނަށް ނަމޫނާ ދައްކަން އެދެފި
އޭލެވެލްއަށް އެންމެ ރަނގަޅީ ވިލާ: ޕްރިންސިޕަލް ސައީދު
ސްކޫލް ގައިޑް: ކޮންމެ ކުއްޖެއް ވެސް ތަފާތު
ވިލާ ހައި ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހުނަފް
ސައިންސް ފެއާތަކަށް މާލީ އެހީ ދެވޭތޯ ބަލާނަން: މަލީހް
ވިލާ ހައި ސްކޫލުން ބެލެނިވެރިންނަށް ހާއްސަ ޕޯޓަލެއް
ވިލާ ހައި ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ ނާބިހު
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
ވޯލްޑް ސްކޮލާސް ކަޕަށް ދިވެހި ދަރިވަރުން ތައްޔާރުވަނީ